މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކަށް ގިނަބައެއްގެ ސަމާލުކަން އަބަދުވެސް ލިބެއެވެ. ވަކިން ހާއްސަކޮށް ކުޑަކުއްޖެއްގެ ވީޑިއޯއެއް ނަަމަ އެ ބަލާ މީހުންނާއި، ޝެއާ ކުރާ މީހުންވެސް ގިނައެވެ. މިއީވެސް އެފަދަ ވީޑިއޯއެކެވެ.

އެއީ އުމުރުން އެންމެ ނުވަ މަހުގެ ކުއްޖެއްގެ ވީޑީއޯއެކެވެ. އެ ވީޑީއޯއިން ފެންނަނީ އެ ތުއްތު ކުއްޖާ އައިސް ކޯނު ބޯން ފޯރިއަރުވާފައި ހުރި ވަރެވެ.

އެ ކުއްޖާ އަނގަ ހުޅުވީ އައިސް ކޯނެއް ބޯށެވެ. ފުރަތަމަ ފަހަރަށް އައިސް ކޯންގައި އަނގަ ޖެހުމަށްފަހު ދެ ލޯ ބޮޑުކޮށް ހުޅުވާލީ، ހައިރާންވެފައި ހުރި ކުއްޖެއްހެންނެވެ.

މިއީ ހަމަ މީރު އެއްޗެއްތަ؟ މިއީ ހަމަ އެ ތުއްތު ކުއްޖާ ހިތައް އަރާފާނެ އެއްޗެކެވެ.

އެންމެ ފަހުން އެ ކުއްޖާ ދެން ބޭނުންވީ އެ އައިސް ކޯނު އޭނާއަށް ނުދީފާނެތީ، އަވަހަށް އޭތި ކާލާށެވެ. އެހެންވެ ދެ އަތުން އޭގައި ހިފާ އަނެއްކާވެސް އައިސްކޯނުން އެތިކޮޅެއް ކާލިއެވެ. އަދި އެ އައިސް ކޯނު ދޫކޮށްލަންވެސް އެ ތުއްތު ކުއްޖާ އެހުރީ ބޭނުން ނުވެފައެވެ.

އެ ކުއްޖާއަށް ލިބުނު ނަސީބަކީ، އައިސް ކޯން ކާލަން އޭނާއަށް ފުރުސަތު ދިނުމެވެ. އެ މަންޒަރު ފެނިފައި މައިންބަފައިން ތިބީ ވަރަށް ބޮޑަށް ހިނި އައިސްފައެވެ.

އެ ވީޑިއޯއިން ފެންނަނީ އުމުރުން ނުވަ މަހުގެ ބްލޭކްލީ ބާސްކިން ރޮބިންސްގެ އައިސް ކޯނެއް ބޯ މަންޒަރެވެ. އެ ވީޑިއޯ ހިއްސާކޮށްފައި ވަނީ ބްލެކީގެ މަންމަަ އެވެ. އޭނާ ޓިކްޓޮކްގައި ހިއްސާކުރި އެ ވީޑިއޯ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދަނީ ދައުރުވަމުންނެވެ.

އަދި ގިނަބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބެމުން އަންނައިރު، އެތައް ބަޔަކު ކޮމެންޓްވެސް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސްނޯ

    މީއެއްނު ޚަބަރަކީ

  2. އައިސްކަރީމް

    'ފުރަތަމަ ފަހަރަށް އައިސްކަރީމް ބުއި ތުއްތުކުއްޖާ' އޭ؟ މީ މިދުނިޔެއިންވެސް އެންމެ ފުރަތަމަ އައިސްކްރީމް ބުއި ކުއްޖާ؟

    11
    4
    • Anonymous

      ލޮލް

      5
      1
    • ކިކި

      ????????

  3. ނޮނީ މައުސް

    އޯ ޕްލީޒް.. ކޮބާތަ މައްސަލައަކީ؟ ނުލާހިކު ލޯބި ކުއްޖެއް ނޫންތަ އެއީ؟

  4. ސާބަސް

    ހަބަ ރު ކިޔާބަލަ ރަނގަޅަށް.... އެކުއްޖާ އަލަށް އައިސްކް ރީމް ބުއި ވާހަކަ އެ އޮތީ..... ކޮންމެހެން ދުނިޔޭގަ އަލަށް ކު ރިކަމެއްގެ ވާހަކަ އެއްނެތް...

    4
    1