އެމެރިކާގެ ފްލޮރިޑާގައި އަންހެން ކުދިންތަކެއްގައި ޕިކަޕެއް ޖައްސަން އުޅުމުން އެކުދިން ދުރަށްކޮށްޕާލާ އޭނާގެ ރަހުމަތްތެރިން ސަލާމަތް ކުރި ނަމަވެސް އޭނާ އައިސީޔޫގައި ބާއްވަންޖެހިއްޖެއެވެ.

ބާރު ސްޕީޑްގައި ދުއްވާފައި އައި ޕިކަޕެއް 14 އަހަރުގެ މިއަންހެން ކުދިންތަށް މަގުގެ ދުވާރު މަތިން ހިގާފައި އަންނަނިކޮށް ފަހަތުން ޖައްސަންކުރި މަސައްކަތް ނާކާމިޔާބުކޮއްލީ ބުއްދިވެރި އަދި ރައްޓެހިންނަށްޓަކައި ގުރުބާންވި އެންމެ 14 އަހަރުގެ އަންހެން ކުއްޖެކެވެ.

މި އަންހެން ކުއްޖާ ފަހަތައް އެނބުރި ބަލާލިއިރު ޕިކަޕް ބާރު ސްޕީޑްގައި ދުއްވާފައި އަންނަތަން ފެނިގެން އަވަސްކޮށްލާފައި އޭނާ އޭނާގެ ރަހުމަތްތެރިން ކޮށްޕާލީއެވެ. އެ ކުދިން ކޮށްޕާލާފައި އޭނާއަށް ސަލާމަތްވާނެ ވަގުތެއްވަނީ ނުވެ ޕިކަޕްގައި ޖެހި އޭނާގެ ކަރު ބިދިފައެވެ. އަދި ގައިގެ އެތަން މިތަނުންވަނީ ހަންމަށައިގެން ދިޔުމުގެ އިތުރުން ފައިގެ އިގިލިތައްވެސް ވަނީ ބިނދިފައެވެ.

މި ކަމުގައި ކޮއްޕާލި ކުދިންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތަށްވެފައެވެ. ނަމަވެސް އެކުދިންނަށްވަނީ ހޮސްޕިޓަލުގައި ފަރުވާދީ ދޫކޮށްލާފައެވެ.

ޕިކަޕް ޖެއްސުމަށްފަހު ޕިކަޕް ދުއްވަން އިންމީހާވަނީ ފިލާފައެވެ. ނަމަވެސް ހޯދުމަށް ކުރި މަސައްކަތުން އެމެރިކާގެ ފުލުހުން މިހާރު ވަނީ އޭނާ ހޯދާފައެވެ.

ފްލޮރިޑާގެ ފުލުހުން ބުނީ ޕިކަޕް ދުއްވަން އިން މީހާ މިއަމަލު ހިންގީ ކީއްވެ ކަމެއް އަދި ނޭނގެއެވެ. ނަމަވެސް މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވުން ދުރުކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލާރާ

  ތހިޔައީ އަހަރެންގެ ރައްޓެއްސެއްނަމަ އިންނާނީ އެ ޕިކަޕު ދުއްވަން..

  7
  10
 2. moosa

  Thikankuree muslim akah nuveema dho terrorism amalkah nuvaanekamah thibunanee

  19
  2