އިންޑިއާގެ ޓަމިލްނެޑޫ ކޮލެޖެއްގެ ޕްރޮފެސަރަކު އެ ކޮލެޖްގެ ދަރިވަރުންނާއި ޖިންސީ ގުޅުން ހިންގަން ދައުވަތުދެމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޕްރޮފެސަރު މަސައްކަތްކޮށްފައި ވަނީ އެ ކޮލެޖްގެ އޮފިޝަލުންނާއެކު އެ ކޮލެޖްގައި ކިޔަވަމުންދާ ދަރިވަރުން ޖިންސީ ގުޅުން ހިންގުވުމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އެ ކުދިންނަށް މަތިން މާކްސް ދިނުމާއި ފައިސާ ދިނުންވެސް ހިމެނެއެވެ.

ދަ ޑެވަންގެ އާޓް ކޮލެޖުން މިހާރު ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މި ޓީޗަރު ކުދިންނަށް ގުޅާފައި، އެފަަދަ ކަންކަމަށް އެދެމުންދާ ފޯން ރެކޯޑިންގ އެއް ލީކްވުމާއި ގުޅިގެންނެވެ. އޭނާ އެ ކުދިންނަށް ގުޅައި، ޖިންސީ ގުޅުން ހިންގައިފިނަމަ ފައިސާ އެކައުންޓަށް ޖަމާކޮށް އެ ކުދިންނަށް އެ މީހުންގެ ޑިގްރީ ސެޓްފިކެޓް ހޯދައިދިނުމުގައި އެހީތެރިވެދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޖިންސީ ގުޅުން ހިންގުމަށް ދަރިވަރުންނަށް ދައުވަތުދެމުން ދިޔަ ޓީޗަރު

އެ ޕްރޮފެސަރަކީ ނިރްމަލާ ޑޭވީ ނަމަކަށް ކިޔާ، ހިސާބު މާއްދާ ކިޔަވައިދެމުންދާ ޓީޗަރެކެވެ. އޭނާ އެ ކޮލެޖްގައި މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ރެކޯޑިންގައި އެއްވެސް މީހަކާއި އެވާހަކަތައް ޙިއްސާ ނުކުރުމަށް ޓީޗަރު އެދުނެވެ. ނަމަވެސް އެކަން އެ ކުދިންގެ މައިންބަފައިންނަށް އެނގި މައްސަލަ ވެއްދި ހިސާބުން، އޭނާ ވަނީ ކޮލެޖުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެ ޓީޗަރު އެކަމަށް އިންކާރު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ގެރިތަކާއެކު ތިކަން ކުރޭ.

    • ގަނޑިޔާ!!!

      ހަހަހާ.. މާތްކަމާއެކު ކުރެވޭނެދޯ..

  2. ކުނިކަހާ ޙަސަންބެ

    ކުނި ވަރަށް ގިނަ.