މަހެއް ބާނަން ބައެއް މީހުން ވަރަށް ގިނައިރު ހޭދަކުރެއެވެ. ބައެއް ފަހަރު އެނބުރި ގެއަށް ދާން ޖެހެނީ ހުސް އަތާއެވެ. ނަމަވެސް ބައެއް މީހުން ނަސީބު ކަންދިމާވާގޮތުން އެތައް މަހެއް ބާނައިގެން ގެއަށް ދެއެވެ. ޔޫއޭއީ އަށް ނިސްބަތްވާ މި މީހާ މަހަށް ގޮސް، އެނބުރި ގެއަށް އައީ ބޮޑު މާސިންގާ މިޔަރެއް ބާނައިގެންނެވެ.

އެ މިޔަރުގެ ދިގުމިނުގައި ތިން މީޓަރު ހުޓެއްވެ.

އީދު އަހުމަދު ސަލައިމާނަކީ އާއްމުކޮށް މަހަށް ގޮސް އުޅޭ މީހެއް ކަމުން އެ ދުވަހުވެސް މަހަށް ދިޔައީ އާދައިގެ މަތިން މަސް ބާނާށެވެ. ނަމަވެސް އެ ދުވަހު ކުއްލިއަކަށް ދޮށީގައި ވަރަށް ބޮޑު އަދި ބަރު އެއްޗެއް ގަތް ކަން އޭނާ އަށް އެނގުނެވެ.

ސުލައިމާން ބުނީ އެއީ ބޮޑު މިޔަރެއްކަން އެނގުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

އަދި އެ މިޔަރު ބާނަން ވަރަށް ގިނަ ވަގުުތު ދިޔަކަމަށް އޭނާ ބުނެފައި ވެއެވެ.

"އެ މިޔަރު ބާނަން ވަރަށް ވަގުތު ދިޔަ، އެ މިޔަރު ބޭނުމުގައި އެހީތެރިވެފައި ވަނީ އަހަރެންގެ ޓީމުން، އަހަރެމުން ބޭނި އެ މިޔަރުގައި 350 ކިލޯ ހުރި" ސުލައިމާން ބުންޏެވެ.

ސުލައިމާން ވަނީ އޭނާ ބޭނި މިޔަރުގެ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު ގިނަބަޔަކު އެ ޕޯސްޓް ޝެއާކޮށް މުޅި މީސް މީޑިއާ ފުރާލިއެވެ.

މީގެ ކުރިންވެސް މަހަށް ގޮސް އުޅޭ މީހުންނަށް ނަސީބު އަތުޖެހިފައި ވެއެވެ. ބައެއް މީހުންނަށް މާވަަހަރު ހޮވައިގެން މިހާރު މުއްސަނދި ވެފައިވެސް އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސީދު

    މިޔަރު ބާނާފޮޓޯ ސާއިރުކުރިޔަސް ކުއްވެރިވާ ގައުމެއްގައި މިކަހަލަ ހަބަރު ޖެހުން މީ މާބުއްދިވަރިކަމެއްނޫ

    42
    1
  2. މުހައްމަދު

    ތިމިޔަރު ދާއިރާގެ އެއްމެން ބާނާމަސްކޮޅު ކާއިހުސްކޮށްލާނެ.
    އެއްމެން ބަލަންތިބޭތި! އިއްޒައްތެރި މަޖިލީހުން ތިމިޔަރު ބޭނިމީހާގެ ގައުމާއިދޭތެރޭ ޒީރޯޓޮލެރެންސުގާ ފިޔަވަޅުއަލާނެ.???

    19
    1
  3. ޝާހް، ރ.ވާދޫ

    ރާއްޖެމީހުން ބޭނީމަދޯ ކަނޑުތަކުން މިޔަރު ހުސްވަނީ؟ ތިތިބީ މިޔަރު ބާނައިގެން ފަހުރުވެރިވެގެން މުޅި ދުނިޔެއަށް އިޝްތިހާރުވާމީހުން.

    28
    2
  4. ޖަހާބެރު

    މިވަރު ހަމަ ބާނަންވީ...

    20
    3
  5. އަލިބިޔާއްކަލޯ

    ސުލައިމާނުވިޔަސް ތިކުރީ ވަރަށް ގޯސްކަމެެތް ތީ އަހަރުމެން ޖަޒީރާ ރާއްޖޭގައި މަހާ ގަންޖާ ހަރާމް ތަކެތީގެތެރޭގައި ހިމަނާފައިވާ އެއްޗެއް އަދި ތީގެ މިޔަރެތް މަޑިއެތް މަރާލިމީހަކު 1 މިލިޔަން އާ ހަމަޔަށް އާމްދަނީ ސަރުކާރަށް ދައްކަންޖެހޭ، އާދަމުގެ ދަރިއަކު މެރީމަ 30 ހާހުންނިމޭނެ. އެހެންވީމަ ސުލެއިމާނުވެސް ތިހިރީ ކުއްވެރިވެ....

  6. އަލިބިޔާއްކަލޯ

    ސުލައިމާނުވިޔަސް ތިކުރީ ވަރަށް ގޯސްކަމެެތް ތީ އަހަރުމެން ޖަޒީރާ ރާއްޖޭގައި މަހާ ގަންޖާ ހަރާމް ތަކެތީގެތެރޭގައި ހިމަނާފައިވާ އެއްޗެއް އަދި ތީގެ މިޔަރެތް މަޑިއެތް މަރާލިމީހަކު 1 މިލިޔަން އާ ހަމަޔަށް އާމްދަނީ ސަރުކާރަށް ދައްކަންޖެހޭ، އާދަމުގެ ދަރިއަކު މެރީމަ 30 ހާހުންނިމޭނެ. އެހެންވީމަ ސުލެއިމާނުވެސް ތިހިރީ ކުއްވެރިވެ.... ?

  7. އީޖާބޭރާއްޖެ

    ކޮބާ ތިޔަބުނާ މިޔަރުބޭނުން ދުނިޔެއިން މަނަލޭ ކިޔާފަ މިގައުމުގެ ރައްޔަތުން ގުނބޯހައްދާފައި މިޔަރުގެ މަސްވެރިކަން ކުރާމީހުން އިނދަ ޖައްސާލީ ދެވަނަ ބޭނުމަކުނޫން ރައްޔަތުން ފަގީރްކޮއް ސަލާންޖަހާ ސިޔާސަތު ދަމަހައްޓާ ފަސޭހަ ކަމާށއެކު ވޯޓް ހޯދަން މިހާރު ތިޔާވީގޮތުން ތިޔަ މިޔަރުގެ ޙަބަރު ލިޔުނުމީހުންނާއި ތިޔަނޫސް ކުއްވެރިވާނެ އެޖެންޓް 19 ގެދަށުން

  8. ޑޮނާލް ޓްރަމްޕް

    ސާބަސް ދަރިޔާ