އިންޑިއާ އަންހެނަކު 5.9 ކިލޯ ހުރި ކުއްޖަކު ވިހައިފިއެވެ. އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.

ޖެނުއަރީ 18 ވަނަ ދުވަހުގެ ހެނދުނު އެ ކުއްޖާ ވިހާފައި ވަނީ ބެންގަލޫރްގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ ވަނިވިލާސް ހޮސްޕިޓަލަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ކުއްޖާ ވިހެއުމާއެކު ގިނަބަޔަކު އެ ކުއްޖާ ބަލަން ހޮސްޕިޓަލަށް ދިޔައެވެ. ބައެއް މީހުން ބުނާގޮތުގައި، މިއީ މިހާތަނަށް އެ މީހުންނަށް ފެނުނު އެންމެ ބަރު ކުއްޖާއެވެ. އަދި އެ ކުއްޖާގެ ފޮޓޯތައް ގިނަބަޔަކު ނަގާ މީސް މީޑިއާގައިވެސް ހިއްސާކޮށްފައި ވެއެވެ.

އެ ކުއްޖާ ވިހެއުމުގައި އެެއްވެސް ކަހަލަ އުނދަގޫތަކެއް ކުރިމަތިވެފައެއް ނުވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ހީކުރީ އެ އަންހެން މީހާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެ ކުދިން ކަމަށެވެ. އެއީ އެ އަންހެން މީހާގެ ބަރުދަނުގައި 80 ކިލޯ ހުރުމުންނެވެ.

އެހެން ނަަމަވެސް ޑޮކްޓަރުންނަށް އެއީ އެންމެ ކުއްޖެއްކަން އެނގުނީ އެއަންހެންމީހާ ވިއްސި ފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކުއްޖާބޮޑުކަމުން އެ ޑޮކްޓަރުންވެސް ތިބީ ހައިރާން ވެފައެވެ. އަދި އެކުއްޖާގެ ބަރުދަން ބަަލަން އެ މީހުން ބޭނުންވިއެެވެ. ޑޮކްޓަރުން ބުނީ، އެ ކުއްޖާގެ އިސްކޮޅުގައި 56 ސެންޓިމީތަރު ހުރި ކަމަށެވެ.

އެ އަންހެން މީހާ ވިހާފައި ވަނި ބާރަބާރު ބަނޑަށް 40 ހަފްތާ ވީފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު