ރަޝިއާގެ އުމުރުން އެންމެ 10 އަހަރުގެ ފިރިހެން ކުއްޖެއްގެ ދަރިއަކަށް 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިނދެ ވިހަން ތައްޔާރުވެފައިވާ ޚަބަރު ބައިނަލްއަޤުވާމީ މީޑިއާތަކުން ގެނެސްދެމުން އެބަގެންދެއެވެ.

ދިހަ އަހަރުގެ ފިރިހެން ކުއްޖެއްގެ ފަރާތުން އަންހެނަކު ބަލިވެ އިނދެދާނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އަންހެން ކުއްޖާ ބުނާ ގޮތުގައި އޭނާ ބަލިވެ އިނީ އޭނާގެ 10 އަހަރުގެ ލޯބިވެރިޔާއަށެވެ. ސައިކޮލޮޖިސްޓުން މިހާރު ވަނީ އަންހެން ކުއްޖާ އާއި އިތުރަށް ސުވާލުކޮށް އެކުއްޖާ ދައްކަނީ ތެދު ވާހަކައެއްކަން ކަށަވަރު ވެސް ކޮށްފައެވެ.

މި ދެކުދިން މިހާރު ވަނީ ރަޝިއާގެ ޓީވީ ޝޯވ އަކަށް ވެސް އަރާފައެވެ. އަދި އެމީހުންގެ ހުރިހާ ވާހަކައެއް އެ ޝޯވގައި ކިޔައިދީފައި ވެއެވެ.

ޝޯވގައި ވާހަކަދައްކަމުން ފިރިހެން ކުއްޖާ ބުނީ މިފަދަ ކަމެއް ވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

އަންހެން ކުއްޖާ ބުނީ އޭނާ އަށް އޭނާގެ ލޯބިވެރިޔާ ފުރަތަމަ ފެނުމާއި އެކު ވެސް ލޯބިވެވިއްޖެ ކަމަށާއި ނަމަވެސް ދެމީހުންނަށް މިހައި އަވަހަށް ދަރިއަކު ލިބިދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

"އެކަމަކު އަހަރެމެން މިތިބީ އަހަރެމެންގެ އާއިލާ އަށް ލިބެން އުޅޭ އާ މެހެމާނު ވަރަށް ދެކިލާ ހިތުން." އަންހެން ކުއްޖާ ބުންޏެވެ.

އުމުރުން އެންމެ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކުދިންގެ އާއިލާއަށް ވެސް އަމާޒުވެފައެވެ. ގިނަ ބަޔަކު އަންނަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބުމުގެ މައްސަލަތަކާއި ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލަމުން ދާއިރު މިފަދަ ކަންކަމަށް ތަރުހީބު ނުދެވޭނެ ކަމަށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޮޔަެބެ

    ޑީ އެން އޭ ޓެސްޓް ހަދަން ޖެހޭނެ ' އަންހެން ކުއްޖާގެ އާއިލީ ގޯނާ އަކަށް ވުންވެސް ކައިރި

    75
    21
  2. ބަކުރު

    ކުޑަ ކުއްޖަކަށް ކުޑަ ކުއްޖަކު ޖިންސީ ގޯނާ ކޮއްފި އެވެ.

    104
    21
  3. ޙިޔާލް

    ޔަގީނުންވެސް ކުޑަކުއްޖަކު ބަނޑު ބޮނޑެއް ނުވާނެ...

    148
    22
  4. ކުޑަ އަބްދޯ

    ދިވެހި ސަރުކާރު ހަމަ ރަނގަޅަށްވެސް ފެއިލް ވެއްޖެ!

    69
    38
    • ފުރޭތަ

      ދިވެހި ސަރުކާރާ އަޅައިގަނެގެން ތަ ކަލޭ؟

      116
      30
  5. ހޫ

    އެކަމަކު ހާދަ ގަބޫލު ނުކުރެވެއޭ ތީ ފިރިހެން ކުއްޖާގެ ދަރިއެއްހެން.

    71
    15
  6. ވިސްނާލުމަށް އެދެމޭ

    ފިރިހެން ކުއްޖެ ބާލިޢުވާނީ 15އަހަރުގަކަމަށް އިސްލާމްދީނުގަވަނީ އަންހެންކުއްޖާ 9އަހަރުގަ ބާލިޢުވާނެ.އެހެންވީމަ ބާލިޢުނުވާއުމުރުގެ ފިރިހެންކުއްޖަކަށް ދަރިޔަނުލިބޭނެ..އަހަރެމެންގެ ދީން ދޮގެނުވާނެ..އަންހެންކުއްޖާ ބަލިވެއިދެދާނެ ޝައްކެއޮތްކަމެނޫންއެއީ އެކަމަކު ފިރިހެންކުއްޖާގެ ދަރިއެއްކަމަށް ހެދުމަށް އޮޅުވާލުމުގެ ބޭނުމެވާނެ..އާއިލާގެ މައްސަލައެއްއެބަވޭ ނޫނީ އަންހެންކުއްޖާގެ މައްސަލައެއް އެބަވޭ...

    56
    37
  7. ޙުއެޔާ

    15އަހަރުގަ ބާލިޢު ވާނެ ކަމަކަށް ނޯން ނާނެ

    60
    9
  8. ޒައިދު

    ނުބައިކޮށް އެނގިލައްވާފަ ތިއޮތީ
    ބާލިޣުވާނެ ފެން (ދަރިފަނި) ފޭބުމުން ނުވަތަ ކުރިމަތިފަރާތާއި ކިހިލަފަތްދަށާ މޫނުގައި އިސްތަށި ފަޅައި ފިރިހެން ވަންތަ ކަމުގެ އަލާމާތްތައް އައުމުން. މިއިން އެއްވެސް ކަމެއް 15 އަހަރު ވުމުގެ ކުރިން ނުވެއްޖެނެމަ ކުއްޖާ 15 އަހަރު ވީމާ އެ ހުރީ ބާލިޣު ވެފަ

    46
    11
  9. ޔސރ

    މިއީ މުސްލިމު ގައުމެއްގައި ހިނގި ކަމެއް ނަމަ ހުންނާނެ ފޯރި އަރުވާލާފަ މިއުޅޭ ޔޫރަޕް އެންޑް ލާދީނީ ބައިގަނޑު

    89
    15
  10. ބުންބުން

    ޑޮކްޓަ ރުން އެ ފި ރެހެން ކުއްޖާ ޓެސްޓް ކޮއްފަ އަދި އެ ކުއްޖާގެ ދަ ރިފަނި ނުއުފައްދާ ވާހަކަ ވެސް ބުނެފަ އެބައިން އެމީހުން

    7
    1
  11. ޢެސްކޮބާ

    (ވިސްނާލުމަށް އެދެމޭ) އިސްލާމް ދީނުގަ 15 އަހަ ރުގަ
    ފި ރިހެން ކުދިން ބާލިޤް ވާކަމަށް އޮތީ ކޮން ފޮތެއްގައިކަން ބުނެލަދީފާނަންތަ؟ ގައިމުވެސް އަހަ ރރެން ބާލިޤްވީ 11
    އަހަ ރުގަ.

    18
    2
  12. ދިރާސާ

    ހުރިހާ ކަމެއްވެސް އެންމެމޮޅަށް ދެނެވޮޑިގެންވާނީ ޚާލިޤުވަންތަ މާތްﷲ އެހެންވީމާ މިފަދަކަންކަމާމެދު ވަކާލާތުކޮށް ހަދާނެކަމެނެތް ދަރިން ލިބުމާއި، ދަރިން ނުލިބުންފަދަ ކަންކަމާއި، އަދި ބާލިޣު ވުމާއި، ޙައިޟުވުން ފަދަކަންކަމަކީ މާތްﷲ އިރާދަކުރެއްވި ވަގުތަކު މެދުވެރިވާނެ ކަންތައްތައް

    32