މީގެ އަހަރެއްހާ ދުވަސް ކުރިން ކެނެޑާގެ އަންހެނެއް ކަމަށްވާ ރޮސީ ގެބްރިއެއްލާ ކެނެޑާ އިން ނިކުމެގެން ދަތުރު ފެށީ ދުނިޔެ ބަލާލާށެވެ. އޭނާ އާއި އެކު އެއްވެސް ބައިވެރިޔަކު ނެތެވެ. ދަތުރު ފެށީ އެކަންޏެވެ. ދަތުރުގެ ހުރިހާ މަންޒަރެއް ވީޑިއޯކޮށް ޔޫޓިއުބްގައި އަޕްލޯޑް ކުރަމުން އަދި ބްލޮގެއް ވެސް ލިޔަމުން އޭނާ ގެންދިޔައެވެ.
ރޮސީގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ އޭނާ ޕާކިސްތާނަށް ކުރި ދަތުރެވެ. ސައިކަލެއްގައި ޕާކިސްތާންގެ ލާހޫރާއި، ސްވާތު، މުލްތަން، ވަދަރް އާއި އަދި އެހިހެން އެތައް ސިޓީއަކަށް އޭނާ އެކަނި ދަތުރު ކުރިއެވެ.
ރޮސީ ލިޔެފައި ވެއެވެ. "ޕާކިސްތާނަށް އަހަރެން ކުރި ދަތުރުން ހަމައެކަނި އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދިޔައީއެއް ނޫނެވެ. ޒަމާންތަކެއް ވަންދެން އަހަރެންގެ ހިތުގައި ހުރި ނޭނގޭ ރިހުމަކަށް ވެސް ނިމުން އައީއެވެ. އަހަރެންނަށް ނުފެންނަ އުފާވެރިކަމެއް އިހްސާސް ކުރެވެން ފެށީއެވެ. އަހަރެންނަށް ތެދުމަގު ލިބުނީއެވެ."
ރޮސީ ބުނީ އިސްލާމްދީނަކީ މުޅި ދުނިޔެއަށް ބެލިނަމަވެސް ބައެއް މީހުން ނުރުހުން އަމާޒުވެފައިވާ ދީނެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބަކީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ލިބިފައި ނެތުން ކަމަށް އޭނާ ބުންޏެވެ. މުސްލިމުން ދިރިއުޅުން އަމިއްލަ ލޮލަށް ފެނި ތަޖުރިބާކޮށްލަން ލިބުމުން އިސްލާމްދީނުގެ ރަނގަޅު ކަންކަމާއި އިންސާނިއްޔަތައް އިސްލާމްދީނުގައި ބާރުއަޅާފައި އޮތް މިންވަރު އެނގިގެން ދިޔަ ކަމަށް އޭނާ ލިޔެފައި ވެއެވެ.
ރޮސީ އިސްލާމްވިކަން އިއުލާން ކޮށްފައި ވަނީ ޖަނަވަރީ 16 ވަނަ ދުވަހު އެވެ. އޭނާ ބުނީ އޭނާ އެދުވަހު ޝަހާދަތް ކިޔައި އިސްލާމްކަން އިއުލާން ކުރި ނަމަވެސް އިސްލާމްދީން އޭނާގެ ހިތުގެއަޑިން ގަބޫލު ކުރެވުނުތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
ރޮސީ އިސްލާމްވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އޭނާ އަށް މަރުޙަބާ ކިޔަމުންނެވެ.
ކީރިތި ރަސޫލާ ދުނިޔެ ފަތަހަ ކުރެއްވިީ ރަހްމާ އޯގާ ތެރިކަމުންނެވެ އެ މިސާލު ބަލައި ގަންނާށެވެ އަމިއްލަ ދުޝްމަންވެސް ކުޑަކަކުލަށް ތިރިކުރަން ބޭނުންނަމަ ރަހްމާ އޯގާ ތެރިކަމުން އެކަން ކުރެވޭނެއެވެ.
ތިއަންނަނީ މުޅި ދުނިޔެ މައްޗަށް ރަހުމާ ހަމްދަރުދީ. ބޯކެނޑުމެއް ދެން ނޯންނާނެ
ﷲ އަކްބަރު
މަރުހަބާ ކިޔާމީހުންނަށްވުރެ ނުކިޔާމީހުން ގިނަވާނެ!
އަލްޙަމްދު ލިﷲ... ތެދުމަގު ފެންނަން އޮއްވައި ގުދުމަގުން ދާނީ މޮޔައިން....
الحمد الله
މަރުހަބާ