އިންޑިއާގެ ބައެއް ފިލްމްތަކުން ފެނިގެން ގޮސްފައި ނަސީރުއްދީން ޝާހްގެ އަންެހެން ދަރިފުޅު ހީބާ ޝާހް މުމްބާއީގައި ހުންނަ ޖަނަވާރުގެ ކްލިނިކެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޭނާ އެ ދެ މުވައްޒަފަށް އަނިޔާ ކުރާ ވީޑިއޯއެއްވެސް މިހާރު ވަނީ އާއްމުވެފައެވެ. މިކަން ހިނގާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަން ނިންމާފައެވެ.

އެ ކްލްނިކްގެ ސީސީޓީވީ ފޫޓޭޖަށް އެ މަންޒަރު އަރާފައިވާއިރު، މިހާރު އެ ފޫޓޭޖްވެސް ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ހީބާ އެ ކްލްނިކަށް ދިޔައީ އޭނާގެ ދެ ރަހުމަތްތެރިއެއްގެ ދެ ބުފާ ހިފައިގެން ކަމަށެވެ. އޭނާ ދިއުމުން، އޭނާ ކައިރީ ބުނީ ފަސް މިނިޓް ވަންދެން މަޑު ކުރުމަށެވެ. އެއީ އެހެން ސާރޖަރީއެއް އެވަގުތު ކުރިއަށްދާތީ ކަމަށް އެ ކްލްނިކް ހިންގާ ފައުންޑޭޝަނުން ބުންޏެވެ.

"އޭނާ ދެ ތިން މިނިޓް މަޑުކުރުމަށްފަހު އައިސް ބުނީ ތިމަންނައަކީ ކާކުކަން ނޭނގޭ ހެއްޔޭ....ކީއްވެހޭ އޭނާ މަޑު ކުރަންވީ.. ކީއްވެހެއްޔޭ އެއްވެސް އަހަރެންނަށް އެހީތެރިނުވާންވީ"، އޭނާ ބުނެފައި ވެއެވެ.

އޭނާ އެގޮތަށް ވާހަކަދެއްކުމުން އެތަނުގައި މަސައްކަތް ކުރާ ސީނިއާ މުވައްޒަފަކު ވަނީ އޭނާގެ ދެ ބުޅާ ހިފައިގެން އެތަނުން ދިއުމަށް އެދިފައެވެ. އެކަމާއި ހީބާ ރުޅި ގަދަވީއެވެ. އަދި އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންގެ ގައިގައި ޖަހާފައެވެ. އަދި މުވައްޒަފުންނާއި ޒުވާބުކޮށްފައެވެ.

ހީބާ ވަނީ އޭނާއަށް އެގޮތަށް ކަންތައް ކުރެވުނުކަން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލިިތިލިލް

    ކުރިން އިނީ ނުބައި މީހެއްގެ ފޮޓޯ އެއް ދެއްތޯ؟

  2. އަވަަސްް

    އެއީ އަވައްޓެރި ސައިޓުގަ! ވަގުތު ނުޖަހާނެ ނުބައި މީހެއްގެ ފޮޓޯއެއް.