މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ރިސޯޓެއްގައި ޗައިނާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް އާއި އޭނާގެ އަނބިކަނބަލުން ޗައިނާގެ އާއަހަރުގެ ޗުއްޓީ ހޭދަކުރައްވަމުން އެބަގެންދަވައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްޗުގެ ދައުވަތަކަށް ޗައިނާ ސަފީރުގެ ދެކަނބަލުން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ ޗަޕްމާ ބްރަދާސްގެ ކުޑަދޫ ރިސޯޓްގައެވެ.

އުއްޗުގެ ދައުވަތަކަށް ޗައިނާ ސަފީރުގެ ދެކަނބަލުން ކުޑަދޫގައި ހޭދަކުރައްވާ ޗުއްޓީގައި އުއްޗު ވަނީ ޗައިނާ ސަފީރާއި ބައްދަލު ކުރައްވާ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ގުޅިގެން ޗައިނާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރާނެ އަސަރާއި، ޗައިނާ އިން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާ ސަފީރުގެ ދެކަނބަލުން މާދަމާގެ ނިޔަލަށް ކުޑަދޫގައި ޗުއްޓީ ހޭދަކުރައްވާނެއެވެ.

ޗައިނާ ސަފީރުގެ ދެކަނބަލުން އުއްޗު އާއިއެކު - ވަގުތު އިމޭޖްސް
ޗައިނާ ސަފީރުގެ ދެކަނބަލުން އުއްޗު އާއިއެކު - ވަގުތު އިމޭޖްސް

ޅ.އަތޮޅުގައި އޮންނަ ކުޑަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމެ ރީތި އެއް ރިސޯޓެވެ. އެރިސޯޓަށް ވަނީ މިދިޔަ އަހަރުގެ އެންމެ ފުރިހަމަ ލަގްޒަރީ ރިސޯޓްގެ އެވޯޑް ވެސް ލިބިފައެވެ. އޭގެ އިތުރުން ވެސް ގިނަ އެވޯޑްތަކެއް އެރިސޯޓަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޯޑައުޓް

    އުއްޗު މީ މޭން އެކޭ.. އައިލައިކް ދިސްވަން..

    20
    10
  2. މާކުންބެ

    ޗައިނާ ސަފީރު ސަރުކާރަށް ދަންވައިގެން ރޔާމީން ޖަލުން ސަލާމަތްކޮއްދޭން މަސައްކަތްކޮއްދީބަލަ..މިއީ ވަރަށް އަނިޔާވެރި ހުދުމުހުތާރު ސަރުކާރެ...މިސަރުކާރަށް ޗައިނާގެ އެއްވެސް އެހީތެރިކަމެ ފައިސާއިންނުދޭތި..ފެންގޮދަކާނުލާ ދިރުވާލާބައެއް ސަރުކާރުގަތިބީ....ވަރަށް ވިސްނާތި ސަފީރޫ...ރނަޝީދުގެ ތުހުމަތުތަކަށް ކޮމެންޓްކޮށްކޮށް 2ކިލޯ ކުރިން ލުއިވީ ދެން ޗައިނާއިން އެއްވެސް އެހީއެއް މިސަރުކާރަށް ދީފިނަމަ ސަފީރު 5ކިލޯލުއިވެ އަނަރޫފަވެދާނެ...މިސަރުކާރަކީ ރައްޔިތުންގެ ލޭބޯ ސަރުކާރެ..އެކިނަންނަމުގަ ރައްޔިތުންފެލަނީ...ކައުންސިލް އިންތިހާބު ނިމުން ރައްޔިތުންގެ ހަންވެސް ނޭގެ ބަހައްޓާނެކަމެ..މިވާހަކަ ސަފީރަށް ދައްވާދީބަ ކޮއްމެވެސްމީހަކު...

    10
    2
  3. ހަސަނު

    ޔަޤީން ބަޤާވާތެއް ރާވަނީކަން. މިއީ ދުނިޔޭގެ އެހެން ޤައުމެއްނަމަ ރިޝުވަތުގެ އަމަލެއް. ތިކަން ތަހުޤީޤު ކުރަންޖެހޭނެ ހަމަ ވަގުތުން.

    7
    40
    • އަލީ

      ހަސަނަށް ހީވާނެ ކެޔޮގަނޑު ކަޑާލާނެހެން. ދެމީހަކު އެއްވާ އިރަށް ބަޢާވާތެއްތަ؟ ލޮލް. އެހެން ނޫނަސް ކަލެއަށް ވެސް ސަފީރަށް ދައުވަތު ދެވޭނެ. ސަފީރުގެ ކަމެއް ގަބޫލު ކުރުމާއި ނުކުރުން. ބަޔަކު މޮޔަވަނީ ހަމަ.

  4. މަލޑިނީ

    ރ މީދޫ ކައިރީ އޮން ރަށެއް ނޫންތަ މީ؟

    6
    2