އިނގިރޭސިލާތުގެ އުމުރުން 80 އަހަރުގެ އަންހެނަކާއި ކައިވެނިކުރި މިސްރުގެ 35 އަހަރުގެ ފިރިހެނަކަށް ފާޑުކިޔުން އަމާޒުވުމުން ހަޤީޤީ ލޯތްބަކީ މިއީ ކަމަށް ބުނެ އޭނާ ދިފާޢު ވާން މީސް މީޑިއާގެ ބޭނުން ހިފަން ފަށައިފިއެވެ. އެއާއިއެކު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން އޭނާ އަށް މިހާރު ވަނީ ލިބިފައެވެ.

އައިރިސް ޖޯންސް ނަމަކަށް ކިޔާ އަންހެން މީހާއަށް ވުރެ 45 އަހަރު ހަގު މުހައްމަދު އަހްމަދު އިބްރީހަމް ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެވެ. ދެމީހުން ބައްދަލުވީ މިސްރުގެ ވެރިރަށް ގާހިރާއަށް އައިރިސް ކުރި ދަތުރެއްގައެވެ.

ދެމީހުންގެ ކައިވެނީގެ ފޮޓޯތަކާއި އެކު މިސްރުގެ ބައެއް މީހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކެއްގައި ބުނެފައި ވަނީ މުހައްމަދު އަކީ ފައިސާއަށްޓަކައި މުސްކުޅި އަންހެނަކާއި ކައިވެނި ކޮށްފައިވާ މީހެއް ކަމަށެވެ.

ނަމަވެސް މުހައްމަދު ބުނީ އޭނާގެ އަނބިމީހާ އައިރިސް އަކީ ޕެންޝަނުން ލިބޭ މަދު ފައިސާ ކޮޅެއްގައި ދިރިއުޅޭ މީހެއް ކަމަށާއި ފައިސާއަށްޓަކައި މީހަކާއި ކައިވެނި ކުރާނަމަ އޭނާ ކައިވެނި ކުރާނީ ކޮންމެވެސް އެހެން މީހަކާއި ކަމަށެވެ.

މުހައްމަދުގެ މަންމަ ވެސް އޭނާގެ އަނބިމީހާއަށް ވުރެ ހަގެވެ. މުހައްމަދު މަންމަގެ އުމުރުން އަދިވީ 70 އަހަރެވެ. އައިރިސް މީގެ ކުރިން ކުރި ކައިވެނި ރޫޅުނުތާ މިހާރު 40 އަހަރު ވެއްޖެއެވެ. އެކައިވެންޏަށް އޭނާ އަށް ވަނީ ދެ ދަރިން ލިބިފައެވެ. އޭގެ ތެރެއިން އެއް ދަރިފުޅަށް މިހާރު 54 އަހަރު އަދި ދެވަނަ ދަރިފުޅަށް 53 އަހަރު ވެއްޖެއެވެ.

މުހައްމަދު ބުނީ އުމުރުގެ ފަރަގަކީ ލޯތްބަށް އޮތް ހުރަހެއް ނޫންކަމަށާއި ހަޤީޤީ ލޯތްބަކީ ކިބައިކަން އެނގޭނީ އޭނާ ފަދައިން މިފަދަ ތަޖުރިބާއެއް ކުރަމުން ގެންދާ މީހުންނަށް އެކަނި ކަމަށެވެ.

"ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައި އުޅުން ރަނގަޅު ވާނެ. އެހެން މީހުންގެ ދިރިއުޅުމާއި ބެހި ގޮތް ކިޔައި ހެދުން އެއީ ކުރަންޖެހޭ ކަމެއް ނޫން." މުހައްމަދު ފޭސްބުކްގައި ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އުމަރު

    ކަލޯއަށް ތިޔަހުރީ ދެން ދުނިޔެ ފެނިފައި. ތިކަމުން ހާމަކޮށްދެނީ ކަލެއަށް އަންހެނަކު ނުވާކަން

    12
    37
    • ސަމްވަން212

      ދެން ތިބުނަނީ އަހަރުމެންގެ ރަސޫލާ ޙަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގެންނެވީ ތި ސަބަބާ ހުރެޔޭތަ؟؟ އެއީ މުސްލިމުންނަށް ނުވިކަމަކު އުމުރުން ދޮށީ މީހަކާ ކައިވެނިކުރުމަކީ މައްސަލައެއްނޫން . އެކަމުގެ ނަމޫނާ ރަސޫލާވަނީ ދައްކަވާފައި.

      44
      8
      • އަލިބެއްޔާ

        ކޮންމެ ކަމެއްގެ ތެރެއަށް ދީން ނުވައްދަބަލަ..

        23
        13
        • ދީނޭ

          މިދުނިޔެއަށް އައީ އިސްލާމްދީނުގައި އުޅެން. ދުނިޔޭގެ އުޅެންވީ ގޮތް އައިސްފައިވަނީ އިސްލާމްދީނުން. ދީން ކޮންމެކަމެއްގެ ތެރެއަށްވެސް ވެެއްދިދާނެ. ނުރުހުނަސް ކަލެއާ ކީތް؟

        • އަޒީމާ

          ބަލަގަ ދީނޭ ކިޔަނީ ދިރިއުޅުމުގެ ހުރިހާކަމެއް އަނގަވާފައިވާ އިސްލާމްދީނަށޭ.. ވީމާ ދީން ވަންނާނެ ދިރިއުޅުމުގެ ހުރިހާ ދިމާލަކައަވެސް. ކަލޯ ދޭބަލަ ދީނީތަރުބިއްޔަތު ފޮތްކިޔަން..ސުކޫލައް.

  2. ވީޕީއެން

    ތީ ހަގީގީ ލާރިޔަކީ

    11
    14
  3. މަކިނބޫ އެޓް ދުބާއީ

    ހަމަ ގައިމުވެސް ދިވެހި ބައެއް މިއުޅޭ ކަޑަ ފިރިހެނުންނަށް ވުރެން ރަނގަޅެއް ނުން.. މިތާ އުޅެނީ ހުސް ވަހުށީ ކަންކަމުގަ އަވަދި ނެތިފަ އުޅޭ މީހުން މީހަކާ އިނަސް ނުއިނަސް ހަލާލު ހަރާމެއް ދަރި ކުލުނެއް ބަފައި ކުލުނެއް ނުތިބޭ ވަލު ޖަނަވާރުން.

    44
    2
  4. އުމަރު

    އޭނަޔަށް އަންހެނުން ނުވާންވީކީވެ އަހަރެން ވެސްމިހުރީނު އޭނަކިހާ ފިރިހެންތަ އުމަރު ވެސް މީހަކުދެކެ އެވަރަށް ލޯބިވެވުނީމަ ވާނީހަމަ އެވަރު ތިހެނެއް ނުބުނާނެ

    21
    1
  5. މޯދިީގެ ކާފަ

    އިގިރޭސި ރަށްވެހިކަންލިބޭނެބާ؟ ދައިތަގެ ގެދޮރޮލިބޭނެބާ؟

    17
    8
  6. އަލިބެއްޔާ

    ކަލޮޔަށް ކެއްކޭނެ އިތުރު ރިހައެއްތިޔަކު ނެތް..

    7
    11
  7. ޣޯސް

    ދިވެހިްވެސްދޮންމީހުންފެނުމުންހޭބަލިވޭ

    16
    1
  8. އޯސް

    ކިތައް ދިވޭހީންތަ ދޮންމީހުނާ އިދެގެން އުޅެނީ އިސްލާމްވީމަ ދޮނެއްކަޅެއް އޮވޭތަ ފުރިހަމަ މުސްލިމެއް ގެގޮތު ހުރުމެންނު މުހިމުވާނީ ދޮނެއް ކަޅެއް ނޫނެންނު ބަލާނީ!!!