ސްކޮޓްލޭންޑަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ވިލިއަމް ރުސެލްއަކީ އާދައިގެ އިންސާނެއް ނޫނެވެ. އޭނާގެ ހިތްވަރުގަދަކަމުގެ ވާހަކަ ދައްކަމުންދާ މީހުން މަދެއް ނޫނެވެ. ރުސެލް ކުޑައިރު އޭނާއަށްއަށްޓަކައި، އޭނާގެ މަންމަ ވީ ގުރުބާނީގެ އަގު އޭނާ މިއަދު އަދާކޮށްފި ކަހަލައެވެ.

ރުސެލް ވަނީ މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް، އޭނާގެ ކިޑްނީ ހަދިޔާކޮށްފައެވެ.

ރުސެލް ބުނީ، އޭނާގެ މަންމަ ލިންޑާ ކިޑްނީ ބަލީގައި އުޅެމުންދާތާ 30 އަށް ވުރެ ގިނަ އަހަރުވެއްޖެ ކަމަށެވެ.

"މަންމަ އެ ބަލީގައި ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ އަހަރެންގެ ފަސް ވަނަ އުފަންދުވަސް އަންނަން އެއް ރެއަށް ވަފައިވަނިކޮށް. އަހަަރެން ބޮޑުވަމުން އައިރު، މަންމަ ހޮސްޕިޓަަލަށް ގެންގޮސް ގެއަށް ގެނައުމަކީ އަހަރެންނަނަށް އާކަމެއް ނޫން. އެކަމަކު ފަހުން ފަހުން އައިސް މަންމަ ވަރަށް ބޮޑަަށް ބަލިވި" އޭނާ ބުންޏެވެ.

އެގޮތުން، 2018 ވަނަ އަހަރު ޑޮކްޓަރުން ވަނީ ލިންޑާ ކިޑްނީ ޓްރާންސްޕްލާންޓް ނުހަދައިފިނަމަ މަރުވެދާނެ ކަމުގެ ހިތާމަވެރި ހަބަރު ދީފައެވެ. އެންމެ ފަހުން އާއިލާގެ ތެރެއިން ރުސެލް އާއި އޭނާގެ އައިލާއިން ވަނީ މަންމައަށް ކިޑްނީ ހަދިޔާ ކުރުމަށް ހުރިހާ ޓެސްޓުތައް ހަދާފައެވެ. އޭގެ ތެރެއިންވެސް އެންމެ ރަނގަޅު މެޗްއަކަށް ދިމާވީ ރުސެލްއެވެ.

އަދި ޑިސެމްބަރު މަސް ތެރޭގައި ރުސެލް އާއި ލިންޑާގެ އޮޕަރޭޝަން ކުރެވިއްޖެއެވެ. ލިންޑާގެ ސާޖަރީ ވަރަށް ކާމިޔާބެވެ.

"އަހަރެން ބޭނުންވީ އަހަރެންގެ މަންމަ ދުނިޔޭގައި ބަހައްޓަން އެހީތެރިވާން، އަހަރެން ވަރަށް އުފާވޭ ސާޖަރީ ކާމިޔާބުވީމަ.އަދި މަންމަ އެ ބަލީގައި އެތައް ދުވަހަކު ވޭނުގައި އުޅުމަށްފަހު ރަނގަޅުވުމުން ވަރަށް އުފާވޭ". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާޝާﷲ