މިދިޔަ އަހަރު އޮލިމްޕަހުގައި ދެއްކި އެއްމެ ކާމިޔާބު އެއް ފިލްމްކަމަށްވާ "40 ޕްލަސް" ބައިސްކޯފުން ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މި ފިލްމަކީ ހެއްވާމަޖާ ގިނަ ކަންތައްކަކާއި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ 27 ޝޯ އޮލިންޕަހުގައި ވަނީ ދައްކާފައެވެ. އޭގެ ތެރެއިން 24 ޝޯ އަކީ ހައުސްފުލް ޝޯ ތަކެވެ.

ބައިސްކޯފަށް "40 ޕްލަސް" މިއައީ ގިނަ ބެލުންތެރިންތަކެއް މި ފިލްމް އަލުން ބަލަން ބޭނުންވެފައިތިއްބައެވެ. ފިލްމްގެ ޕްރޮޑިއުސަރ ބުނިގޮތުގައި އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށް ބަލާ ފިލްމް އާންމުންނަށް ދޫކޮށްލީކަމަށެވެ. އަދި ބައިސްކޯފުން ބޭނުން ކޮންމެ ގަޑިއަކު ފިލްމް ބަލާލުމުގެ މަގު މިހާރު ފަހިވެފައިވާކަމަށް އިސްމާއިލް ޝަފީގު ބުންޏެވެ.
މި ފިލްމަކީ ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޔޫސުފް ޝަފީއުއެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ތ.ބުރުނީގައެވެ.

ފިލްމްގެ ތަރިންގެ ތެރޭގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު "40 ޕްލަސް" ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާން

    މަ ޙިކުރީ ހިލޭ ކަމައް ބެލެނީ، ބަލާލި އިރު ކަމަކުދާކައް ނެތް، މަހަކު 111ރފ ދައްކަން ޖެހޭ... ލޮލް،
    ނަހުލާ އައް ސަލާމް، އަދި އަހަރެން ބުއްދި ފިލައިނުދޭ، 111ރފ މަހަކު ދީފަ ދިވެހި ފިލްމް ބަލަން.