އިންޑިއާގެ ޓީވީ އެކްޓަރ ސެޖަލް ޝަރްމާ އަމިއްލައަށް މަރުވި ހަބަރު ވެގެން ދިޔައީ ގިނަބަޔަކަށް ކުއްލި ޝޮކެއް ޖެހުނު ހަބަރަަކަށެވެ. އޭނާ އަމިއްލައަށް މަރުވިއިރު، އޭނާ ލިޔެފައި ކަމަށް ބެލެވޭ ސޫސައިޑް ނޯޓަށް ބަލާ، ގިނަބަޔަކު ބުނަމުންދަނީ އޭނާ އުޅެމުންދިޔައީ ޑިޕްރެޝަންގައި ކަމަށެވެ.

އޭނާ އަމިއްލައަށް މަރުވީ މިދިޔަ ހޮނިހިރު ދުވަހު މަހަރަޝްތްރާގައި އޭނާ ކުއްޔަށް ހިފާފައި ހުރި އެޕާޓެމެންޓުގެ ތެރެއިންނެވެ.

ސެޖަލް ގެ މަންމަ ބުނާގޮތުގައި، ދަރިފުޅު އުޅުނީ ޑިޕްރެޝަންގައެއް ނޫނެވެ. އަދި އޭނާ ބުނާގޮތުގައި ދަރިފުޅަށް ދާދި ފަހުން ސެޖަލްއަށް ލީޑް ރޯލެއް ކުޅެންވެސް ފުރުސަތު ލިބުނެވެ. އޭނާ ބުނީ، ދަރިފުޅު އަމިއްލައަށް މަރުވާން މެދުވެރިވި ސަބަބު އޭނާއަށްވެސް ނޭނގޭ ކަމަށެވެ.

ސެޖަލްގެ ސޫސައިޑް ނޯޓުގައި ބުނެފައި ވަނީ، އޭނާއަށް ދެން މި އުނދަގޫބޮޑު ދިރިއުޅުމުގައި ކެތެއް ނުވާނެ ކަމަށެވެ.

އެއީ ވަރަށް އަރުވައިލައިގެން ލިޔެފައިވާ ސޫސައިޑް ނޯޓެކެވެ. މިހާރު އެ ނޯޓު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު، ތޭންގެ ފުލުހުން ދަނީ އެކްޕާޓުންނާއި ގުޅިގެން އެ ނޯޓު އިތުރަށް ތަހުގީގުންނެވެ. އަދި އެ ނޯޓުގައި މައިންބަފައިން ކައިރިން މައާފަށް އެދިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"އެ ނޯޓުގައި އޭނާ އެފަދަ ކަމެއް ކުރުމުގައި އެއްވެސް މީހެެއްގެ އިހުމާލު އޮތް ކަމަށް ބުނެފައެއް ނެތް"

އޭނާ މަރުގެ ހަބަރު ލިބުމުން އާނާއާއެކު މަސައްކަތް ކުރި ބައެއް ތަރިންވެސް ތިބީ ޝޮކެއްގައެވެ.

އޭނާ މަރުވެފައި ވަނީ ދަން ޖެހިގެންނެވެ. އޭނާ މަރުވިއިރު ދިޔައީ ޓީވީ ސީރީސް ޑިލް ޓޯ ހެޕީ ހެއިން ޖީ ގައި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުއްލި

    ތިޔައް ވުރެ ބޮޑައް ކޯބީ ޑެޑް ވި ހަބަރު އެންގުނީމަ ދެރަވި

    16
    5