މޮރޮކޯގެ ރަސްގެފާން މުހައްމަދުގެ އަގުބޮޑު ގަޑތަކެއް ވަގަށްނެގި ގަނޑުވަރުގެ މަސައްކަތު މީހަކު 15 އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު މިމައްސަލައިގައި ދައުވާ އުފުލީ ގަނޑުވަރު ކުނިކަހައި ސާފު ކުރަން އުޅުނު 46 އަހަރުގެ އަންހެނެއްގެ މައްޗަށެވެ. ހޮނިހިރު ދުވަހު ވަނީ މައްސަލައިގެ ޙުކުމް އިއްވާފައެވެ. ޝަރީޢަތުގައި ބޭއްވީ އެންމެ ދެ އަޑުއެހުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން މީހާ ވަނީ ރަސްގެފާންގެ އެންމެ އަގުބޮޑު ލަގްޒަރީ 36 ގަޑިއެއް ވަގަށް ނަގާފައެވެ. ވަގަށް ނެގި ބައެއް ގަޑިތައް އޭނާ ވަނީ ރަން ވިއްކާ މީހުންނަށް ވިއްކާފައެވެ.

ރަން ވިއްކާ މީހުންނަށް ގަޑިތައް ވިއްކުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރި މީހުންނާއި، ގަޑިތައް ގަތް ރަންވިއްކާ މީހުން ހިމެނޭ ގޮތައް އިތުރު 14 މީހެއްގެ މައްޗަށް ވެސް މިމައްސަލައިގައި ދައުވާ އުފުލިއެވެ. އެ އެންމެންގެ މައްޗަށް ވެސް ވަނީ ޙުކުމް އިއްވާފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ޙުކުމެކެވެ. ދެން ތިބި މީހުންނަށް އިއްވީ އެއަށްވުރެ ކުރު މުއްދަތެއްގެ ޖަލު ޙުކުމެވެ.

މޮރޮކޯ ރައީސްގެ ގަޑިތައް ވަގަށްނެގި މައްސަލަ ފެންމަތިވީ 2019 ވަނަ އަހަރު އެވެ.

ވަގަށްނެގި ގަޑިތަކުގެ ތެރެއިން އެންމެ ގަޑިއެއްގެ އަގު ވެސް 1.2 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު އެހުރިހާ ގަޑިއެއް ވަނީ އަނބުރާ ހޯދާފައެވެ.

2014 ވަނަ އަހަރު ފޯބްސް އިން ބުނެފައި ވަނީ މޮރޮކޯގެ ރަސްގެފާން މުހައްމަދުގެ މިލްކިއްޔާތުގައި 2.5 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލި ރަސްގެފާނު

    ދެން އެގޭނެ ގަޑިއަށް ފަރުވާތެރިވާން

  2. ކުނބު

    ދައުލަތުގެ މިލްކިއްޔާތުން ގަންނަ ގަޑިދެއްތޯ

    5
    1
  3. މޫސާ ޢަލީ

    ރައްޔުތުންގެ ފައިސާއިން ތިގޮތަށް ހޯދާ ގަޑިތަކަކީ ރައްޔުތުން އެއްޗެތި. ގަޑިތައް ނެގިމީހާ އެކުރީވެސް ކުށެއް. އެކަމަކު މުޙައްމަދުވެސް ވިސްނާލަންޖެހޭ. ތިމާގެ ޤައުމުގައިވެސް އެތައް ނިކަމެތި ފަޤީރުންެއް ތިއްބައި ތިމާ އެތައް މިލިޔަން ރުފިޔާގެ ގަޑިތައް ފޮރުވައިގެން އުޅެން ހެޔޮނުވާނެކަން. މުޙައްމަދަށްވެސް އެޅޭނީ ފަހަރަކު އެއްގަޑި. ދެން އެހެން ގަޑިތައް މީހުންނަށް ޞަދަގާތްކޮށް ނުވަތަ އެ ވިއްކާލާ މީހުންނަށް ގެދޮރު އަޅައިދީ ޙައްޖަށް ފޮނުވައި ހެދިއްޔާ މާރަގަޅުވާނެދޯ. މުޙައްމަދުވެސް މަރުވެގެން ދާނީ ހަމަ 3 ފިލަޔާ ކަފުންކޮޅެއް ހިފައިގެންނެވެ. ރަސްކަލަކަށް ނޯކަރަކަސް މީޒާނުން ކިރާ ވަޒަންކޮށް އެހެންޏާ ޖަންނަތެވެ. އެހެންޏާ ޖަހަންނަމައެވެ. އޭ ކުދިންނޭވެ ހޭއަރާ ތިބާށެވެ.

    14
    4