މަރުވެގެން އަންދާލާ މީހުން އަލުން ދިރިގެން އަންނަނީ ފިލްމުތަކުގައެވެ. އެހެންނޫންނަމަ، ވާހަކަ ތަކުގައެވެ. ކަނޑަށް ގެއްލިގެން މަރުވިކަމަށް ކަނޑައެޅި މީހަކު، އަބްދުﷲ ޞާދިޤުގެ "ޤުދުރަތުގެ އަޖައިބު" ވާހަކައިގައިވެސް އަލުން އާދެއެވެ.

މިފަދަ ކަމެއް ހަމަ ހަޤީޤަތުގައިވެސް އިންޑިޔާގައިވަނީ ހިނގާފައެވެ. މީގެ ދެ އަހަރުކުރިން މަރުވިކަމަށް ބުނާ އަދި ހަށިގަނޑު އަންދާލިކަމަށް ބުނާ މީހަކު، މިދިޔަ ބުދަ ދުވަހު ވަނީ އޭނާގެ އަމިއްލަ ގެއަށް ގޮސްފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

ދެ އަހަރު ފަހުން އަލުން ގެއަށް ގޮސްފައިވަނީ ނީތޫ ނަމަކަށް ކިޔާ ކުއްޖެކެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ ނީތޫ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީއެވެ. ފުލުހުން ކުރި މަސައްކަތުން މަރުވެފައިވާ ހަށިގަނޑެއް ފެނުނުއިރު، އެއީ ނީތޫގެ ހަށިގަނޑުކަމަށް ކަނޑައެޅިއެވެ. އޭރު ނީތޫގެ އާއިލާއިން ތުހުމަތުކުރީ، ނީތޫ މަރާލީ އޭނާގެ އަނިޔާވެރި ފިރިމީހާ ކަމަށެވެ. އެހަށިގަނޑު އާއިލާއިން އަންދާވެސްލިއެވެ.

އެހެންނަމަވެސް، ހަޤީޤަތުގައި ނީތޫ، ފިރިމީހާއާ ވަގަށް، އަނިޔާތަކަށް ކެތް ނުކުރެވިގެން ގޮސް އުޅުނެ ފެށީ ވަކިންނެވެ.

މިކަމާ ގުޅިގެން ފުލުހުންވެސް ބޮޑެތި ސުވާލުތަކެއްގެ ތެރެއަށް ވަނީ ގެނބިފައެވެ. ހަމައެހެންމެ، އެތައް ތުހުމަތެއް އެފަރާތްތަކަށްވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، އިނގިލީގެ ނިޝާނާއި ޑީއެންއޭ ޓެސްޓު ނުކޮށް، މީހެއް މަރުވެފައިވާ ހަށިގަނޑު ދެނެގަންވެސް ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލާލާ

    ނީތޫގެ ޑުބްލިކޭޓް އެއް ކަންނޭނގެ އަންދާލީ ...

    20
    4
  2. ސީތޫ

    ނީތޫ ކަމަށް ހީކޮށް އެހެން މީހެއްގެ ހަށިގަނޑު ތި އަންދާލީ! ޖަނަވާރަށް އަޅުކަންކުރާ ބައެއްގެ ވާހަކަ ތި ދައްކަނީ އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮވާނެތަ

    17
    5
  3. އީސާ ތައްކާނު ބެ

    އަސްލު ނީތޫ އަދި މަރެއް ނުވޭ

    17
  4. މަހްމޫދު

    ނިތޫ މަރެއްނުވޭ.........

    13
  5. ބޮޑު ހަސަންބެ

    ތިވާނީ އޭކްތާ ކަޕޫރުގެ ޑުރާމާގަ އުޅޭ ތަރިއަކަށް

    14
  6. ދިދަ ދަނޑި

    އިންޑިއާގައި ކޮންމެފަދަ ކަމެއްވެސް ހިނގާފާނެ ...

    4
    4
  7. ހަސަންކޮޔާ

    ނީތޫ ވީތަނެއް އެނގޭނީ ރިޝީކަޕޫރަށް އަހާބަލަ އެސޮރު ކުރެން،