ނިދާފައި އޮންނައިރު ބައެއް މީހުން ވަރަށް އަޑުގަދަކޮށް ގުގުރި ދަމައެވެ. އެހެންވުމުން ކައިރީގައި ތިބި މީހުންނަށް އުނދަގޫވެއެވެ. އެކަމާއި ރުޅިއައިސްގެން މީހަކު މި ވަނީ ބާރަށް ގުގުރިދިމާ މީހަކަށް ބޮޑު އަދަބެއް ދީފައެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. އިންޑިއާގެ ރޭލެއްގެ ތެރޭގައި ދިމާވި ރަމެޗަންދްރާ ނަމަކަށް މީހަކު މާބާރަށް ގުގުރިދަމާތީ އެ ރޭލުގައި އޭނާއާއެކު ތިބި ބައެއް މީހުން ތިބީ ނިދަން އުނދަގޫވެފައެވެ.

ރޭގަނޑުގެ ވަގުތުކަމުން އެހެން މީހުންވެސް ނިދަން ބޭނުންވިނަމަވެސް އެ މީހުންނަށް އެކަމެއް ނުވިއެވެ. އެންމެ ފަހުން އެ މީހުން ނިންމީ އެ މީހާ ހޭލައްވާފައި ބެހެެއްޓުމަށްފަހު އެހެން މީހުން ނިދާށެވެ.

ރަމެޗަންދްރާ ކައިރީ، އޭނާއެކު ތިބި އެހެން މީހުން ބުނީ 6 ގަޑިއިރުވަންދެން ނުނިދާ ތިބުމަށެވެ. އެކަމާއި ގުޅިގެން އެ ފަސެންޖަރުންނާއި ރަމެޗަންދްރާ ދޭތެރޭ ކުޑަހަމަނުޖެހުމެއް ވެސް ހިނގިކަމަށް ވެއެވެ.

އެހެން ނަމަވެސް އެކަމާއި ރަމެޗަންދްރާ ކަމާ ބެހޭ ފަަރާތްތަކަށް މައްސަލަ ހުށަހަޅާފައެެއްް ނުވެއެވެ.

ރޭލުގައި ކަންކަން ހިނގާގޮތް ބެލުމުގައި ހަރަކާތްތެރި ވަމުންދާ މީހާ ކައިރީ އެކަން ހިނގާދިޔަ ގޮތް ރަމެޗަންދްރާ ކިޔާދިނެވެ. ނަަމަވެސް، ފަހުން އެ މައްސަލަ ހައްލުވެ، އެ ފަސެންޖަރުންނާއި ގުޅިގެން ރަމެޗަންދްރާ ދިޔައީ އުޅެމުން ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯކޭ

    ތީ ހަމަ ފައްކާ ޖޯކެއް..