އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންއާއެކު ސެލްފީއެއް ނަގަން އުޅުނު މީހަކަށް ވަރުގަދަ ލަނޑެއް ދީފިއެވެ.

މިއަދު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ގޯއާ އެއާޕޯޓުގައި ސަލްމާންއާއެކު ސެލްފީއެއް ނަގަން އުޅުނު އޭނާގެ ސަޕޯޓަރަކައި މެދު އޭނާ ކަންތައް ކުރާ ގޮތެވެ. އޭނާ ވަނީ އެ ސަޕޯޓަރު އޭނައާއެކު ސެލްފީ ނަގަން އުޅުމުން، އޭނާގެ ފޯނު ޖަހައިގަނެފައެވެ.

ސަލްމާން އެ ސަޕޯޓަރުގެ ފޯނު ޖަހައިގަނެފައި ވަނީ، ހުއްދަ ހޯދުމެއް ނެތި އޭނާގެ ފޮޓޯއެއް ނަގަން އުޅުމުންނެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވިީޑިއޯއިން ފެންނަނީ ސަލްމާން އެ ސަޕޯޓަރުގެ ފޯނު ޖަހައިގަނެގެން ގޮސް ރުޅިއައިސްގެން އެއާޕޯޓުން ނުކުންނަން ދާ މަންޒަރެވެ.

https://twitter.com/SAV_1i/status/1222085731927175168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1222085731927175168&ref_url=https%3A%2F%2Fwww.ndtv.com%2Fentertainment%2Fviral-salman-khan-snatches-phone-from-fan-trying-to-take-unauthorized-selfie-2171010

ސަލްމާން ގޯއާއަށް ފުރީ މިއަދު އެވެ. އޭނާ ގޯއާއަށް ފުރާފައި ވަނީ، އޭނާގެ ފިލްމް ރާދޭގެ މަސައްކަތަށެވެ.

އޭނާ މީގެ ކުރިންވެސް ވަނީ ސަޕޯޓަރުންނާއި މެދު ވަރަށް ދެރަކޮށް ކަންތައްކޮށްފައެވެ. އެގޮތުން ބައެއް ސަޕޯޓަރުންނާއެކު ފޮޓޯ ނަގަން ބޭނުން ނުވެގެން ސަޕޯޓަރުން ދުރަށްވެސް ޖައްސާފައި ވެއެވެ.

ސަލްމާން އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އަދި އެންމެ ޑީމާންޑްބޮޑު އެއް ތަރިއެވެ.

ސަލްމާން ފެނިގެން ދާ ރާދޭ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ. އަދި އޭނާ ގެންދަނީ އިތުރު އިތުރު ފިލްމްތަކެެއްގައި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮހޮދު

    އެހެން ސެލްފީ އެއް ނަގަންކަމަށް ހަދާ އެބަހުރި ބައެއް ސަޕޯޓަރުން ވަރަށް ގޯސްއަމަލުތަށްވެސް ހިންގާފަ.

    9
    1
  2. އެމަންޖެ

    މީހެއްގެ ފޮޓެއެއް ނަގަންޔާ ވަ ރަށް ރަނގަޅު ހުއްދަ ހޯދައިގެން ކު ރިއްޔާ.. ރިޢާނު ވިޔަސް.

    17