ވީނުވީއެއް ނޭނގި ގެއްލުނު އަނބިމީހާ ހޯދަން، 24 ދުވަސް ވަންދެން 600 ކިލޯމީޓަރުގެ ރާސްތާއަކަށް ބައިސްކަލުގައި ދަތުރުކުރި މީހަކަށް އެކަން ކާމިޔާބު ކުރެވިއްޖެއެވެ.

އިންޑިޔާގެ އޮޑިޝާއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މަނޯހަރު ނަޔަކް، އޭނާގެ އަންހެނުން ހޯދުމަށް ބައިސްކަލުގައި ދަތުރު ފެށީ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން، ކޮންމެ ދުވަހަކުވެސް ބައިސްކަލުގައި އޭނާ 25 ކިލޯމީޓަރަށް ދަތުރުކުރާއިރު 65 އަވަށުގެ ތެރެއިން ދަތުރުކުރެވެއެވެ. މިހެން ގޮސް، އޭނާގެ އުއްމީދު ފުރިހަމަވަނީ، ދަތުރުގެ 24 ވަނަ ދުވަހުއެވެ.

މަނޯހަރާ ހަވާލާދީ "ޓައިމްސް އޮފް އިންޑިޔާ" ގައި ބުނެފައިވަނީ، އޭނާގެ އަނބިމީހާ ގެއަށް ނައިސް ދެ ދުވަސްވުމުން ފުލުހުންނަށް އެކަން ހުށަހެޅިކަމަށެވެ. އެހެންނަމަވެސް، ފުލުހުންގެ ފަރާތުން އޭނާ ހޯދުމަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނުކަމަށެވެ.

އޭނާގެ ދަތުރުގެ ވާހަކަ އެތައް ބަޔަކަށް އިވިފައިވާއިރު، އެކަމުގެ ސަބަބުން އަނބިމީހާ ހޯދުމަށް އެތައް އެހީތަކެއް ލިބުނެވެ.

މިއީ، ހަޤީޤީ ލޯތްބަށް ނޫނީ ނުވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ މޭންއެކޭ ދޯ.........

  2. ހޯދީ ކުނި ގޮޑުންތަ ؟

  3. އަނބިގޮއްޔައަށް ވީ ކިހިނެކޯ؟