އުރީދޫއިން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ އިވެންޓްގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ އަގުބޮޑުކަން މީޑިއާތަކުން ފާހަގަ ކުރުމުން އެކަމާއި ނުރުހުން ފާޅުކުރެއްވި ނަމަވެސް ގަމީހުގެ އަގު ވިދާޅުވާން އޭނާ އަށް ކެރިވަޑައިނުގެންނެވިއެވެ.
13400 ރުފިޔާ އަށް ވުރެ އަގުބޮޑުކޮށް އޮންލައިން ވެބްސައިޓްތަކުން ލިބެން ހުރި ވައްތަރުގެ ގަމީހާއި ގުޅޭ ގޮތުން "ވަގުތު" އާއި "ވޮއިސް" ގައި ގެނެސްދިން ޚަބަރަށް ފާޑުވިދާޅުވެ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަމީން ގަތްއިރު "ވަގުތު" އާއި "ވޮއިސް" ގެ ނޫސްވެރިން ތިބި ހަނދާން ނެތް ކަމަށެވެ.
ޚަބަރު ލިޔުމުގެ ކުރިން މަހްލޫފްގެ ބަހެއް ނޫސްވެރިން ނުހޯދާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. މަހްލޫފް އެހެން ވިދާޅުވެ ޓްވީޓް ކުރެއްވިއިރު މަހްލޫފްގެ ފޯނު މިއަދު ވެސް އޮތީ ނިއްވާލާފައެވެ. އެހެންކަމުން ފޯނަށް ގުޅޭނެ ގޮތެއް ނުވިއެވެ. އަދި އޭނާ "ވަގުތު" ގެ ޓްވިޓާ އެކައުންޓް ބްލޮކް ކޮށްފައިވާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ޓްވިޓާ މެދުވެރިކޮށް މަހްލޫފް އާއި ގުޅޭނެ ގޮތެއް ވެސް "ވަގުތު" އަކަށް ނެތެވެ.
ގަމީހުގެ އަގު ވިދާޅުނުވެ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުބާއީ ދެކޮޅު ޓިކެޓް ނަގައިގެން ގޮސް އާއަހަރުގެ ސޭލް އިން އެގަމީސް ގަނެގެން އަޔަސް 800 ޑޮލަރު ނާރާނެ ކަމަށެވެ.
މަހްލޫފް އެހެން ވިދާޅުވިނަމަވެސް ރާއްޖެ އިން ދުބާއީއަށް ދާން އެންމެ އަގުހެޔޮކޮށް ވެސް ދެކޮޅު ޓިކެޓް ލިބެން ހުރީ 881 ޑޮލަރަށެވެ. އެހެންކަމުން މަހްލޫފްގެ ޓްވީޓްގައި ދުބާއީ ދެކޮޅު ޓިކެޓް ނަގައިގެން ގޮސް ގަމީސް ގަނެގެން އަޔަސް 800 ޑޮލަރު ނާރާނެ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއްކަން ސާފުކޮށް އެނގެއެވެ.
އެ ގަމީހަކީ ޑޮލްޗޭ އެންޑް ގަބާނާ ހެރަލްޑްރީ ޕްރިންޓް ގަމީހެކެވެ. އެ ގަމީހުގެ އަގު 870 ޑޮލަރު (13441 ރުފިޔާ) އަށް އަރައެވެ.
ޅޮލް. މި އޮތީ ލައްވާލާފަ
އޭނަ އަގު ނުބުނީމަވެސް އެނގޭ ނުބައެއްއުޅޭކަން
އަގުހެޔޮވިއަސް ބުނަން ލަދުގަންނާނެ. އަގުބޮޑުވިއަސް އެވާހަކަ ބުނަންނުކެރޭނެ.
ޕިސް ޕިސް.... މިނިސްޓަރގެ މުސާރައިން ކުރައްވާ ކަންތަށް.... މިނިސްޓަރ އަކަށް ވެހުރެ ގައުމަށް ފައިދާ ހުރި ކަމެއް ނުކުރައްވާ
ސާބަސް. މަހުލޫފުގެ މުސާރަ އެނގޭތަ؟ މަހުލޫފު އަންހެނުންގެ މުސާރަ އެނގޭތަ؟ ރުފިޔާ ލިބޭ މީހުން ހަރަދުކުރުން މައްސަލައެއްނޫން. ދެން ތިމީހުންނަށް ނުލިބުނަސް ދޯ ހަޖަމޯލާ ބޯލާ.
ކަލޭމެން މިނިސްޓަރުކަން ކުރަނީ ކަލޭމެންގެ ފައިދާއެއްކަން މިހާރު އެގި ހާމަވެއްޖެއް. ދައުލަތުން -/2000ރ ދިވެހިރައްޔިތަކަށް ދޭންވެއްޖެޔާ އެތައްހާސް ފޯމް ފުރައި ނިމޭއިރުވެސް -/2000 ލިބޭނެ އެއްވެސް ޝަރުތެއް ހަމަވެފައި ނޯންނާނެ؟ ކޮބާތޯ އިންސާފަކީ؟ ބޮޑު މުސާރަނަގައިގެން މިނިސްޓަރުކަން ކުރެއްވީމަ ހުރިހާކަމެއް ނިމުނީތޯ؟
މިނިސްޓަރ ގެ އަންބަކު ހުރޭތަ އަނެއްކާ
ނޭގޭތީ އަހާލީ
އެމް.ޑީ.ޕީ ވެރިކަމެއްގެ ކޮންމެއް މިނިސްޓަރެއްގެ އަންބަކު ހުންނާނެ. ޖަޒީރާ ރާއްޖޭގައި އުޅޭ އެންމެނަށް ވެސް އެކަން އެގޭނެ. އަނެއްކާ އަނބިމީހާ އުޅެނީ މިރާއްޖޭގެތައް؟
Aee mahloof amihlla kameh.. vaguthu meehunaa knbeheykameh mahloof kithame agu bodah.. vaguthu meehun kairee mahloof nubunaane kanney ganedheyn
ބޮދަތިވަގުންނައް ތިއައްވުރެންވަސް އަގުބޮޑެތި އެއްޗިހި ގަނެވޭނެ
އާދައިގެ ރައްޔިތު މީހާއަށް 4000 ރުފިޔާ ނުޖެހޭ އިރު، ސަރުކާރުގެ އެންމެ ދަށް ސިޔާސީ މަޤާމުތަކަށް ވެސް 20000 ވިހި ހާސް ރުފިޔާ ދިނުމަކީ، އެއީ ހައްޤު މިންވަރު.. އަދި ތިޔަ މަހްލޫފު މެންނަށް ލައްކައިން ފައިސާ ދޭ...
ހަޖަމް ކުރަން ދަސްކޮށްބަލަ. ލާރި އޮތް މީހުން ގަންނާނީ އަގުބޮޑު އެއްޗެހި. އަހަރުމެން އެކަންކަމާ ވާކަށް ނުޖެހޭނެ
އެއީ ހަޖަމުގެ މައްސަލައެއް ޖެހިގެންވާ ކަމެއް ނޫން. އެކަމު ކުރީން އެހެން މީހުން މާ ޚަރަދުބޮޑުކޮށް ކަންކަން ކުރި ވާހަކަ ދައްކާ މީހުން އަމިއްލައަށް އެކަން ކުރީމަ އެއީ އެކަމާ ބަސްބުނަން ޖެހޭ ކަންކަން.
ހަޖަމް ކުރަން ދަސްކޮށްގެން މިތިބީ؟ ދިވެހިރައްޔިތުންގެ ފައިސާ އަނބި/ފިރި ހުސްކުރާއިރުވެސް؟
ކޮބާ މައްސަލަޔަކީ.
އެއަށްވުރެ ނިކަމެތި މީހުންގެ އަތުގައި 1000 ޑޮލަރުގެ ފޯންވެސް އެބަހުރި.
ބަންގާޅިން ބުރަ މަސައްކަތްކޮށްފަ ހާލާލު ފައިސާއިން -/2000 ޑޮލަރުގެ ފޯނެއް ގަތްކަމުގައި ވިޔަސް އެއީ މައްސަލައެއްނޫން. ދިވެހި ރައްޔިތުންގެ ފައިސާއިން ހަރަދު ކުރީމަ މައްސަލައަކީ؟
ކިތަންމެ އަގުބޮޑުކޮށް ގަތް ގަމީހެއްވިޔަސް ރީއްޗެއް ނޫނޭ ބުނެވޭނީ ?
ޢައްޗީޑި ތިއޮއް ހުތުރު ގަމީސް 5ރުފިޔާއަށް ދިނަސް ނުގަންނާނަން
ގަމީހެއްތަ ނޫނީ ތާޒަން ކާރޓޫންތައް އެއީ.ދިވެހިންނަށް ދެން ރީތި ވެދާނެ ގަޔަށްލާ ސީވެސް
ޢަހަންނަށް ހެޔޮ. ޢެވާނީ އޭގެ ފޭކްޕްރިންޓް ގަމީހަކަށް، އެހެންވެ މަހޭ އެހެންއެބުނީ ކަމަށްވާނީ. ޢެހާ ޗީޕް އެވައްތަރު ގަމީސްވާނީ ފޭކް ޕްރިންޓެއް ވެއްޖެޔާ