ދުނިޔެ މަތީގައި ވަރަށް ހިތްހެޔޮ މީހުން އުޅެއެވެ. އަނެކާއަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާހިނދުގައި، އެންމެ ގާތުގައި ނުދަންނަ މީހަކުވެސް ހުރެދާނެއެވެ. އެއީ މިހާރުވެސް ކަން ހިނގާފައިހުރި ގޮތެވެ. އަދި ވަރަށް ފަހުންވެސް ކަންތައް ވެގެންގޮސްފައިވާ ގޮތެވެ.

އެ ހާދިސާއަށް ބަލާއިރު، ކިޑްނީއެއް ބޭނުންވެފައި ހުރި ނުވެސް ދަންނަ މީހަކަށް މި މީހާ އެހީތެރިވެދިނީއެވެ.

ބެތް ރަމިރޭޒް ނަމަކަށް ކިޔާ މި މީހާގެ ދަރިފުޅުވެސް މީގެ ދެ އަހަރެއްހާ ދުވަސްކުރިން އުޅުނީ ވަރަށް ހާލުގައެވެ. އޭނާއަކަށް އޭނާގެ ދަރިފުޅަށް އެހީއެއް ނުވެވުނެވެ. ނަމަވެސް އޭނާ ބޭނުންވީ އެހެން މީހަކަށް އެހީތެރިވުމަށެވެ.

އެގޮތުން އޭނާއަށް ފެނުނު އާޓިކަލްއެއް ކިޔައިިގެން މީހަކަށް ކިޑްނީ ހަދިޔާ ކުރަން އޭނާ ބޭނުންވިއިރު، ގާތް މީހުން ތިބީ އެކަމާއި ވަރަށް ބޮޑަށް ދެކޮޅުވެފައެވެ. އެހެން ނަމަވެސް އެ އެންމެން ބުނި ވާހަކަތައް އަޑުއެހުމެއް ނެތި އޭނާ ވަނީ އެ މީހާއަށް އެހީތެރިވެފައެވެ.

އެރިޒޯނާއަށް ނިސްބަތްވާ މި އަންހެން މީހާއަކި، އެ އެހީތެރިކަން ބޭނުންވެފައިވާ މީހާއާ ދިމާ ނުވެއެވެ. ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށް ނިމި މިހާރު ހޮސްޕިޓަލުން ވެސް އޭނާ ވަނީ ދޫކޮށްލާފައެވެ.

ރަމްރިއޭޒް އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އޭނާއަށް ބައްދަލުވެވޭނެ ކަމަށެވެ.