ނިދާ ވަގުތު ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުމަކީ ދުނިޔޭގެ ވަރަށް ގިނަ ކަންކޮޅުތަކެއްގައި ކުރަމުން އަންނަ ކަމެކެވެ. މިކަން، އާއްމުވެ، މިއީ މިހާރު އާދަކާދައަކަށްވެސް ވެފައިވާ ކަމެއްމެއެވެ.

މިގޮތަށް ވާހަކަ ކިޔުމަށް ނުވަތަ "ބެޑް ޓައިމް ސްޓޯރީ" ކިޔުމަށް ތަފާތެއް ގެނައުމަށް ޖައްވީ ކަންކަމާ ބެހޭ ފަރާތްތަކުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. މިކަމަށް އިންގިލާބެއް ގެނުވާނޭކަމަށް ބެލެވޭ މި ކަމަކީ، މަޝްހޫރު ބެޑް ޓައިމް ވާހަކަތައް، ޖައްވުގައި ތިބެގެން ރެކޯޑު ކުރުމެވެ. ވީޑިޔޯއާއެކު އެސްޓްރޮނޮޓުން ވާހަކަ ކިޔައިދޭ އިރު، ވީޑިޔޯއިން ފެންނާނީ ޖައްވީ އުޅަނދުތަކުގައި އެސްޓްރޮނޮޓުން އުޅޭ މަންޒަރެވެ.

ގްލޯބަލް ސްޕޭސް އެޑިއުކޭޝަން ކުންފުނިން، ނާސާއާ ގުޅިގެން މިކަން ކުރުމަށް އިސް ނަގާފައިވާއިރު، މި ހުރިހާ ވާހަކައެއްވެސް ރިކޯޑުކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ނުވަތަ ބަމިކަން ކުރުމަށް އިސް ނަގާފައިވާއިރު، މި ހުރިހާ ވާހަކައެއްވެސް ރިކޯޑުކުރާ އިންޓަނއިނަލްއަޤުވާމީ ޖައްވީ އިދާރާގައެވެ.

މިކަން ކުރުމުގެ ޚިޔާލު ދިން ހިއުސްޓަންގެ ސްޕޭސް ސެންޓަރުގެ ކުރީގެ ޑިރެކްޓަރ އޮފް އެޑިއުކޭޝަން އާއި ނާސާގެ އެސްޓްރޮނޮޓް އެލްވިން ޑްރޫ ބުނެފައިވާ ގޮތުގައި އެފަރާތްތަކުން ބޭނުންވަނީ ފޮތް ކިޔުމާއި އެކަމުގެ އަހުލާގުގެ ތެރެއަށް "ސްޓެމް" ވެއްދުމެވެ. ސްޓެމް އަކީ ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު އިލްމުގެ ކަންކަމަށް ޖުމުލަކޮށް ކިޔާ ނަމެކެވެ.

ޖައްވުގައި ފޮތް ކިޔަން ތިބުމަކީ ކުދިންނަށް ތަފާތު، އަދި ޝައުގުވެރިވާ ކަމެއްކަމަށް ވާނެކަމަށް ބެލެވުނުކަމުގައިވިޔަސް، މިކަމުގެ ސަބަބުން މީގެކުރިންސުރެ، ޕްރިންޓުކޮށްފައިވާ ފޮތް ކިޔުމުގެ އާދަ ނެތިގެން ގޮސްފާނެކަމަށްވެސް އެތައް ބަޔަކު ބުނަމުން ދެއެވެ. މި މަޝްރޫއުގެ ޕައިލެޓް މަސައްކަތްތަކެއްވެސް މިހާރު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިންސް

    މަމެން ވެސް ބެޑް ޓައިމް ސްޓޯރީ އެއް ކިޔާ ދޭން އޭ މިއުޅެނީ ކުދިންނޭ ޔޭއް ޔޭއް. ސިންސް ޔޫހޭވް ބީން ގޯން މައި ހޯލް ލައިފް ސްޓައިލް ޗޭންޖްޑް ލައިކް ގިވިންގް އަ ރިބާރތް ޓު މައިސެލްފް. ނައު ޔޫ ވުޑް ހޭވް ހާރޑް އޮފް ދިސް ސިންސް ޔޫ ހޭވް ބީން ގޯން އައި ކާންޓް ބްރީދް ހައު ކޭން އައި ޕުޓް އޮން ދިސް ޑްރެސް އިޓްސް ޓޫ ލޫސް މައި ވެއިޓް އިޒް ލޫޒިންގް ސޯ ފާސްޓް ސިންސް ޔޫ ހޭވް ބީން ގޯން އައި ކާންޓް ބްރީދް ސިންސް ޔޫ ހޭވް ބީން ގޯން. އައި ކާންޓް ޓޭކް ޔުއަރ ލަވް ވިދް އެނީވަން އެގެއިން އެިން އެގެއިން ސިންސް ޔޫ ހޭވް ބީން ގޯން އައި ކާންޓް ބްރީދް އޯލް ޓައިމް.. ސިންސް ޔޫ ހޭވް ބީން ގޯން ސިންސް ޔޫ ހޭވް ބީން ގޯން ސިންސް ޔޫ ހޭވް ބީން ގޯން ޑާންސް ޑާންސް ޑާްންސް ޑާންސް ޑާްންސް...