ދިޕިކާ ޕަދުކޯންގެ މަޝްހޫރުކަން ދުވަހެއް ދުވަހަަށް ދަނީ އިތުރު ވަމުންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމް ޕަދްމަވާތު އާއެކު އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. އެ ފިލްމް މިހާރު ބޮކްސް އޮފީހުގައި ވެސް ފިޔަޖަހަނީއެވެ. އެކަމާއި ދިޕިކާ އާއި "ޕަދްމަވާތު" ޓީމުން ތިބީ ވަރަށްވެސް އުފަލުންނެވެ.

ދިޕިކާ ވަރަށް ފަހުން މި ވަނީ ނެހާގެ ޝޯވ "ބީއެފްއެފް ވިތު ވޯގިއު" ގައި އޭނާގެ ކޮއްކޮ އަނިޝާ ޕަދުކޯންއާއެކު ފެނިގެން ގޮސްފައެވެ. އެ ޝޯވގައި ވަަރަށް ހުޅުވާލެވިގެން އޭނާ ވަނީ ވާހަކަ ދައްކާފައެވެ.

އެގޮތުން މީގެ ކުރިންވެސް އޭނާ ދައްކާހުރި ވާހަކަތަކަށް އަލިއަޅުވާލިއެވެ. އޭގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ރަންވީރުގެ މޮޅު ކަމާއި، ކެޓްރީނާ ކައިފް އޭނާގެ ކައިވެނީގެ ހަފްލާއަށް ނުގެންނާނެކަމަށް އަނެއްކާވެސް މި ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ހާމަކުރިގޮތުގައި، އޭނާއަކީ ރިލޭޝަންޝިޕްތަކުގައި ކާމިޔާބު މީހެއް ނޫނެވެ. އަބަދުވެސް މީހަކާއި ރައްޓެހިވާ ފަހަަރަކު އޭނާގެ ހިތައް ތަދުކޮށް އެ މީހަކު ދަނީކަމަށް ދިޕިކާ ސިފަކުރިއެވެ. އެގޮތުން މީގެ ކުރިން ވަރަށް ސީރިސްކޮށް ރަންބީރް ކަޕޫރްއާއެކު އުޅުނު ރިލޭޝަން ރޫޅިގެންދިޔަ ވާހަކަ އޭނާ ވަނީ ކިޔާދީފައެވެ.

ރަންބީރާ އާއި ދިޕިކާގެ ގުޅުމަށް ބުރޫ އެރީ އެދޭތެރެއަށް ކެޓްރީނާ ވަދެގެންކަން ދިޕިކާ ގަބޫލުކުރެއެވެ. އެއީ ދިޕިކާ ކެޓްރީނާ ދެކެ އެންމެ ރުޅި އަންނަ އެއް ސަބަބުކަމަށް މި ވަނީ ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުއްޑީ

    ޖާދޫ ދައްކާނުލެވެންޏާ އެއަށްވުރެ ޖާދުލަށް މޮޅު މީހާ ގާތަށް ދާނެޔޭ! ދީޕިކާ.

  2. ނަޖްވާ

    ދީޕިކާ އަކީ ވަރަށް އެމްބިޝަސް ކުއްޖެއް! ވަރަށް ގަދަ އެހެން ވީމަ!

  3. އެއަރޯ

    ސީނޫ ޖިނާ ވެސްތަ؟

  4. ހުސޭނުބޭ

    ތިކަން އެނގޭނީ ތި ދީޕިކާއެއް ކިތައް ފިރިހެނުންގެ އެންގަނޑުގައި ގަނެފައި ވޭތޯ ބަލައިލުމުން.