އަމީތާބަކީ ބޮލީވުޑްގެ ރަސްގެފާނެއެވެ. އޭނާ ވަނީ އެއް އިރެއްގައި މުޅި ބޮލީވުޑް ފަތަހަ ކޮށްފައެވެ. އޭނާއަކީ ބޮލީވުޑްގެ ބައްޕައެވެ. އެންމެންވެސް ނުހަނު އިހްތިރާމްކުރާ ގިނަ ފަންނާނުން އޭނާ ނަމޫނާ އަކަށް ބަލައެވެ.

އުމުރުން މިހާރު 75 އަހަރު ވެފައިވާ އިރުވެސް އަމީތާބް އަދިވެސް ފެންނަނީ ސިއްޙަތު ރަނގަޅު ކޮށެވެ. އަދި ފިލްމް ތަކުން ލިބޭ ތަރުޙީބް ވަކި ކުޑައެއް ނޫނެވެ. މިހާރުވެސް އަމީތާބު ވަނީ "102 ނޮޓް އައުޓް" ގެ އިތުރުން "ތަގްސް އޮފް ހިންދުސްތާން" ގައި މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތަށް ބުނާގޮތުން ކަންގަނާ އާއި އެކީގައި އަމީތާބް އަދި އިތުރު ފިލްމަކުން ވެސް މިއަހަރު ފެނުން އެކަށީޣެންވެއެވެ. "ޕެޑް މޭން"ގެ ޑައިރެކްޓަރ ރ. ބަލްކީ ވަނީ ކަންގަނާ ކައިރިއަށް ބައިޕިކް ފިލްމެއް ހެދުމަށް ގޮސްފައެވެ. އެއީ އިންޑިއާގެ ފުރަތަމަ މައުންޓް އެވަރެސްޓް އަށް އެރި އަރުނިމާ ސިންގ ގެ މައްޗަށް ކުޅޭ ފިލްމެކެވެ.

ރިޕޯޓްތަށް ބުނާގޮތުން މި ފިލްމްގައި އަމީތާބް ހަރަކާތްތެރިވާނީ ކަންގަނާގެ ކޯޗެއްގެ ހައިސިއްޔަތުންނެވެ. އަދި މި އަހަރަގު މެދު ތެރޭގައި މި ފިލްމްގެ ޝޫޓިންތަށް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރިޕޯޓްތަށް ބުނާ ގޮތުން އަމީތާބް އާއި ކަންގަނާ މި ފިލްމް ކުޅުމަށް މި ހަފްތާ ތެރޭގައި ސޮއިކުރާނެއެވެ. އަދި މި އަންނަ މަސް ތެރޭގައި ރަސްމީކޮށް ފިލްމާއި ގުޅޭ މައުލޫމާތު މީޑިއާއާއި ހިއްސާ ކުރާނެއެވެ.

މި ފިލްމް ކުޅުމަށް ޓަކައި ކަންގަނާގެ ބަސްމަގު ގެންގުޅޭގޮތް ބަދަލު ކުރުމަށްޓަކައި އޭނާ އަށް ދެ މަސް ދުވަހުގެ ތަމްރީން ތަކެއް ދިނުމަށް އަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.

އަމީތާބް ފިލްމް ކުޅުމުގެ އިތުރުން މިހާރުވެސް އެތަށް މަސްހޫރު ޓީވީ ޝޯތަކެއް ހުށައަޅަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަމީތާބެއްކަމަކު ހުއްޓޭނެކަން ޔަގީން.... މުސްކުޅިވެ ހަންޓޯޓޯ ވީމަވެސް ކެމެރާ ކުރިމަތިން ދުރަށް ނުދެވިގެން އުޅެނީ އަމިއްލަ ގޭގަ ލައިގެންކާނެ ފަދަވެސް ނެތީމަ އުތަ... ތީނަ އިރެއްގަ މަޝޤހޫރުވިޔަސް މިހާރު ތީ ހަމަ ސުމެއް..

  2. އަމިތާބަކީ ކެރޭމިހެއް އޭގެ ނަތީޖަމިފެންނަނީ.އެއްގޮތެއްގަ ތިމާކުރާކަމެއްގަ ދެމިހުންނަމީހާއަށް އަބަދުވެސް ކާމިޔާބު ފެންނަނެ. ދުވާލަކު ލަވައެްކިޔާމިހުން ނަކަށް ގޮތެއް ނުފެންނަނެ އެހެންމީހުނަށް ފާޑުކިޔުމުގަ ދުވަސްތަށް ހޭދަ ކުރަން ޖެހޭނީ. އަމީތާބު ، ސާހު ރުހު ،ލަތާ، ރަފީ،ކިޝޯރު އެއީ އިންޑިޔާ ގެ ނަން ދުނިޔެގަ ދަމަހަށްޓަދޭ މިސާލުތަކެއް.