އިންޑިއާގެ ގުޖްރާތްގައި ފިިރިހެނަކު އޭނާގެ އަނބިމީހާ ކުދިކޮށް ކޮށާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ޝަހްވަނާޒް ޝެއިޙް ނަމަކަށް ކިޔާ އެ މީހާ އޭނާގެ އަނބިމީހާ ކޮށާލުމަށްފަހު އެއްލާލަން އުޅެނިކޮށް ފުލުހުންނަށް ފެނިގެން ހައްޔަރުކޮށްފައިވާކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ކުދިކޮށް ކޮށާލާފައި ވަނީ އޭނާ ދެވަނައަށް ކައިވެނި ކުރި އަންހެނާއެވެ.

އަދި އެކަން އެގޮތަށްކުރަން ދިމާވީ ދެމީހުން ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަމަށް އޭނާ ބުނެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ޝަހްވަނާޒް ވަނީ އޭނާގެ އަނބިމީހާގެ ހަށިގަނޑު 11 ބަޔަކަށް ކޮށާފައެވެ. އަދި އޭނާ ވަނީ އެ އަވަށުގެ އެކި ހިސާބުތަކަށް އަނބިމީހާގެ ހަށިގަނޑުން ބުރިކޮށްލާފައިވާ ބައިތައް އުކާލައިފައެވެ.

މި ދެ މީހުން އާއްމުކޮށް މައްސަލަ ޖެހެނީ ފުރަތަަމަ އަނބިމީހާގެ އެކި ކަންތައްތަކާއި ކަމަށް ޝްވަނާޒް ބުނެފައިވެއެވެ. އަދި އަމބިމީހާ މަރާލީވެސް އެގޮތުން ޖެހުނު މައްސަލައެއް ހޫނުވެ ރުޅި ކޮންޓްރޯލް ނުކުރެވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުންނަށް ޝަހްވަނާޒް އޭނާގެ އަނބިމީހާ ކޮށާލިކަން އެނގުނީ، މަގުމަތިން ހިނގާފައި ދިޔައިރު އޭނާގެ ޢަމަލުތައް ހުރިިގޮތުން ޝައްކުވެގެން ގޮސް ބަލައި ފާސްކުރުމުން، އޭނާގެ އަތުން އަނބިމީހާގެ ހަށިގަނޑުން ބުރިކޮށްލާފައިވާ ބައެއް ފެނުމުންނެވެ.