ރާއްޖޭގެ މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަބްދުﷲ މުއާޒު (މުއާ) އާއި މަރިޔަމް އައްޒަ ކައިވެނި ކުރުމަށް މިއަދު ރަން ކިޔައިިފިއެވެ.

އައްޒަ ރަން ކިޔާފައިވާ 30 ރުފިޔާ އަށެވެ.

އައްޒަ ރަން ކިޔާފައި ވަނީ، މިއަދު ވިލިމާލޭގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ. އެ ހަފްލާގައި ދެ އާއިލާގެ މީހުންނާއި،ދެ އާއިލާގެ ގާތް މީހުން ވަނީ ބައިވެރިވެފައެވެ.

މި ހަފްލާގައި ދެތަރިން ހެދުން އަޅާފައި ހުރިގޮތުން އެތައް ބަޔަކު ދަނީ ކޮމެެންޓް ކުރަމުންނެވެ. ދިވެހި ވަންތަ ގޮތަކަށް އެ ހަފްލާ ކުރިއަށްގެންދިޔައިރު، ދެ މީހުންވެސް ތިބީ ދިވެހިވަންތަ ހެދުމުގައެވެ. އައްޒަ ހުރީ ހުދު ލިބާހެއް ލައިގެންނެވެ. މުއާ ހުރީ ހުދު މުންޑަކާއި ހުދު ގަމީހެއް ލައިގެންނެވެ.

އައްޒަ އާއި މުއާ ދާދި ފަހުން ވަނީ ދިވެހި ފިލްމު "ލީނާ" އިން ފެނިގެން ގޮސްފައެވެ. އައްޒައަކީ މިހާރު ދިވެހި ސިނަމާގައި އެންމެ ބިޒީއެއް ތަރިއެވެ. އައްޒަ އާއި މުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއް ހާ ދުވަސްވެފައިވާއިރު، ދެ މީހުން އަބަދުވެސް ދަނީ މީސް މީޑިއާ މެދުވެރިކޮށް ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ހާމަ ކުރަމުންނެވެ.

މި ދެތަރިން ކައިވެނި ކުރަން ނިންމާފައި ވަނީ މި މަހުގެެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ފޫޅުދިގު ހަންޑި ސަންތިމަރިޔަބަަށް ރަން ކިޔައިފި. އެއްވެސް ތާކުންތާކުން ނުޖެހޭ ބައެއް.

    163
    7
  2. ތަކުރު

    10 ރުފިޔާއަށް ރަންކީނަމަ?

    117
    6
    • ފާނު

      1 ކީނަމަ މާ ރަނގަޅުވީސް ލޮލް

      54
      2
  3. ކުރިމަތި

    ވަރަށް ވަރުދައްކާފައި ސާޔަން އާވެސް އިނީ ދެތިންމަސްވީތަނާ ހިތި ހަބަރަށްވެ ވަރިކޮށްފި

    167
  4. ބުރިޓޯ

    މަރުހަބާ

    24
    39
  5. Anonymous

    ކުލަގަދަކޮން އަރާ ތަރި އޮއްސޭލެއް ވެސް އަވަސް ވާނެއޭކިޔާވިއްޔާ

    173
    1
  6. އަލިފުޅު

    ތީ އަހުރެން ދަންނަ ދިވެހިވަންތަ ދިވެހި ހެދުމެއްނޫން

    77
    6
  7. Anonymous

    މީ ވެސް ހަބަރެކޯ

    69
    7
  8. ވަރިކުރި ފުޅު

    2މަސް ވިޔަސް ރަގަޅު؟؟؟؟؟

    74
    2
  9. ޢެޑްމުންޑޯ

    ކޮޕީ ކޮއްލީދޯ ، މީގެ 15 ވަރަކަށް ދުވަސް ކުރިން ކުއްޖަކު ވައިޓް ލިބާހެއްގައި ރަންކީ ހަފްލާގެ ފޮޓޯތަށް މީސްމީޑިޔާގައި ވަނީ ދައުރުވެފައި ،

    75
    1
  10. Anonymous

    ކޮބާ ތަ ދިވެހިވަންތަ ގޮތެއް ތިކަމުގައި؟ ދިވެހިން ނުބާއްވާ ރަންކިޔުމުގެ ހަފްލާއެއް! މަ މާ ގަޅީ ކަންނޭގެ މަށަށް ފެންނަނީ ދިވެހިވަންތަ މަންޒަރެއްނޫން.

    48
    2
  11. މުހައްމަދު

    މިހުރިހާ ދުވަހު އެކީގަ އުޅުނީ ކައިވެނި ނުކޮށް. އަދިވެސް އުޅެވިދާނެ ނޫންތޯ. އަދި ރަން ކިޔާކަށް ނުވޭ

    21
    1
  12. މަ

    ބެންކޮކުން ލަންކާ އިން މި އުޅެނީ ނީނދެތަ ? ކަލޯގަޔާ. މައިންބަފައިން ކޮބާ.

    49
  13. ބެޑުސީޓު

    އަގެއްނެތް ބަޔެއް

    22
    1
  14. ާާާޢަލީ

    ތިމުއާޒު ކޮންމެވެސް ޓީވީ އެއްގަބުނި ތިޔައަންހެނާޔާ އެއްވެސް ގުޅުމެއްނޯވެޔޭ..ދެންތިކޮންކަމެއް...އަނެއްކާ މީނަގެ ދަރިގެމަންމަޔާ ކައިވެނިކޮަްފަވެޒް ހާދަފޮންޏެއް ކެނޑިޔޭ ޓީވީ އެއްޗިހީގެ...ތިފެންކޮންބައެއްތަ؟؟؟ފޫހިކަމެއް

    18
    1
  15. ޙިމީ

    ތިއީ ދެން މާބޮޑު ރަނެއް ވީއްޔާ.ސުރުހީ ބަލާފައި މަހީކުރީ އެއް މިލިއަން ރުފިޔާގެ ވވވ ވަރުގަދަ ރަނެއް ކަމަށް އެކަމަކު މިވީ މަ ހީކުރި ގޮތަކަށް ނޫން. ޢެންމެ 30ރ.ހެހެހެ.މިވެސް ދެން ހަބަރެއްތަ. ޗީޗީ.

    18
    1
  16. ޜަން

    ތިއީ ދެން މާބޮޑު ރަނެއް ވީއްޔާ.ސުރުހީ ބަލާފައި މަހީކުރީ އެއް މިލިއަން ރުފިޔާގެ ވވވ ވަރުގަދަ ރަނެއް ކަމަށް އެކަމަކު މިވީ މަ ހީކުރި ގޮތަކަށް ނޫން. ޢެންމެ 30ރ.ހެހެހެ.މިވެސް ދެން ހަބަރެއްތަ. ޗީޗީ.

    13
    1
  17. ޓޮމާޓޯ

    ކަލޯ އައްޒަ ކޮލުގަ ޓޮމާޓޯ ކާއްތާފަ ބަހައްޓަން ވީނު... ތަންފުކެއް ބޮޑު ވަރު ތޯއްޗެއް ދެން ފިޔާތޮށި ކުލަ ނޭރުވިގެނޯ ހުވާ މިބުނީ

    16
  18. Anonymous

    ޙަޖަމް ކުރަން ދަސްކުރޭ !! ބެހޭ ކަންކަމާ ބެހޭނީ

    5
    16
  19. މަ

    ކޮބާތަ ރަވީ ތިހުރިހާ ކަމެއްކުރީރުވެސް

    12
  20. މަވެސް

    ދިވެހިންގެ ކޮމެންޓްތައް ހާދަ ހަޑިއޭދޯ!
    ކީކޭ ބުނާނީ އަބަދުވެސް އެހެންމީހުންގެ ޒާތީކަންކަން ބަލާ ފާޑުކިޔާ މަލާމާތް ކުރުންކަމަކީ ދޯ. ވިސްނާލަބަ! ފަތުގަލިޔާނެ އެމީހެއްގެ/ސަވާބަކަށްވެރެ ބޭނުމީ ޖަޒާތަ. ހެޔޮބަސްބުނެ އަދި ހެޔޮބަސްލިޔަން މަސައްކަތްކޮބަލަ. ދިވެހިންނޭ.

    6
    2