މިއަދު 02/02/2020 ގެ ރީތި ތާރީޚް ފާހަގަ ކުރަން ހަމައެކަނި މާލޭގައި ވެސް 41 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން މައުލޫމާތު ދީފިއެވެ.

މިއަދު މެންދުރާއި ހަވީރު ބައިވެނިތައް ކޮށްފައި ވާއިރު ބައެއް ކައިވެނި މިރޭ ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ރާއްޖޭގެ އެހެން ރަށްރަށުގައި ކައިވެނި ކުރި އަދަދުތައް އަދި ސާފުނުވާތީ މިއަދު ރާއްޖޭގައި ކުރީ ކިތައް ކައިވެނި ކަމެއް ނޭނގެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި ކުރި ކައިވެނިތަކުގެ އަދަދު ސަތޭކައަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެއެވެ.

ފެމެލީ ކޯޓު މެދުވެރިކޮށް އާއްމުގޮތެއްގައި ދުވާލަކު ކުރަނީ 10 ކައިވެންޏާއި 15 ކައިވެންޏާއި ދެމެދުގެ އަދަދެއްގެ ކައިވެންޏެވެ. ނަމަވެސް މީގެ ކުރިން ވެސް ރީތި ތާރީޚްތަކާއި ދިމާކޮށް ގިނަ ކައިވެނިތައް ކޮށްފައި ވެއެވެ.

މިއަހަރު އަންނާނެ ކައިވެނި ކުރަން ރީތި ތާރީޚްތައް

04/04/2020 (04 އޭޕްރީލް، އާދީއްތަ)
06/06/2020 (06 ޖޫން، ހޮނިހިރު)
08/08/2020 (08 އޮގަސްޓް، ހޮނިހިރު)
10/10/2020 (10 އޮކްޓޯބަރ، ހޮނިހިރު)
12/12/2020 (12 ޑިސެމްބަރ، ހޮނިހިރު)

މިއަހަރު ކައިވެނި ކުރަން އެންމެ ރީތި ތާރީޚްތައް އެންމެ ގިނައިން އަންނަ ހޮނިހިރު ދުވަހު ކައިވެނި ކޮށްނުދޭން މީގެ ކުރިން ފެމެލީ ކޯޓުން ނިންމާފައި އޮތްނަމަވެސް މިހާރު ވަނީ އެނިންމުން ބަދަލުކޮށް ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދޭން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިއަދު ކައިވެނި ހުރިހާ ބޭފުޅުން ވެސް 2022 02 22 ގައި ރީތި ތާރީހަކަށް ވީތީ ވަރިކުރަންވާނެ ނިމިދިޔަ އަހަރުވެސް 5000 ވަރި ސާބަސް...

    10
  2. ޙހހހސ

    ކޮބާ 20.02.2020

    11
  3. ޙަސަން

    ކޚޮބާ 22/02/2020 ރީތި ނޫންތަ

  4. ްއާސިފު

    ތިޔައް ވުރެ ރީތި
    05.10.20

    10
    1
  5. ޥަގުތުމޮޔަ?

    20/2/2020
    22/2/2020