މަލަޔަލަމް ތަރި ޕްރިޔާ ޕްރަކާޝް ވާރިއާއަކީ މިހާރު އިންޓަނެޓްގެ ރާނީއެވެ. އެތައް ބަޔަކު އޭނާ ދެކެ ލޯބި ވެވިއްޖެއެވެ. އެންމެ ވީޑީޔޯއެއް މީސްމީޑިޔާގަައި ދައުރުވުމުންނެވެ.

ޕްރިޔާގެ އަލަށް ކުޅުނު ފިލްމްގެ ލަވައަކުން ފެންނަ އެ ވީޑިޔޯގައި ހިމެނޭ ތަންކޮޅަކުން އޭނާ މަޝްހޫރުވެގެން ދިޔައިރު، އެއީ އޭނާ ހީވެސް ނުކުރާ ކަމެއް ކަަމަށް ޕްރިޔާ ބުންޏެވެ.

އެންޑީޓީވީއަށް ޕްރިޔާ ދިން އިންޓަވިއުއެއްގައި ބުނީ، އެ ފިލްމްގައި އޭނާގެ ހީރޯގެ ގޮތުގައި ފެންނަ މީހާއާއެކު ރީތި ޝޮޓެއް ނެގުމަށް ޑައިރެކްޓަރު ބޭނުންވިކަމަށާއި، އެގޮތަށް ނެގި އެ ޝޮޓް މީހުންނަށް ކަމުދިޔައީ ކަމަށެވެ.

"ޑައިރެކްޓަރު ބުނީ، އޭގައި އުޅެ ފިރިހެން ކުއްޖާއާ ދިމާލަށް ކަތިނަޒަރުން ބަލަން. އެ ޝޮޓަށް ރެޑީ ވެވޭތޯ އަހަރެން ދެން ބެލީ". ޕްރިޔާ ބުންޏެވެ.

އޮރޫ އަދަރް ލަވްގައި ހިމެނޭ އެ ލަވާގައި ޕްރިޔާއާއެކު އިތުރު ބައެއްވެސް ފެނިގެން ދެއެެވެ. ނަަމަވެސް އެންމެންގެ ލޮލުގައި އަޅައިގަތީ އޭނާއާއި ރޯޝަންއެވެ.

"އަހަރެންގެ އެއްވެސް ވަރަކަށް އުއްމީދެއްް ނުކުރަން އެ ތަންކޮޅު މިހާ މަޝްހޫރުވެދާނެކަމަަށް. އެންމެންވެސް ބުނީ އެ ޝޮޓް ސަޅިކަމަށް. އެކަމަކު މިހާ ބޮޑު ހިޓަކަށް ވެދާނެކަަމަށް ޙީވެސް ނުކުރަން". އުމުރުން 18 އަހަރުގެ ޕްރިޔާ ބުންޏެވެ.

އެ ކްލިޕް ވައިރަލް ވެފާވަނީ ނޭޝަން ނިއު ކްރަޝްގެ ގޮތުގައެވެ. ޕްރިޔާ ބުނީ، އޭނާ އެ ހުރީ ވަރަށް އުފާވެރިކަމަށެވެ. އެއީ އެތައް ބަޔަކު އޭނާ ދެކެ ލޯބިވާކަން އިނގޭތީކަމަށް އޭނާ ބުންޏެވެ.