މި ދެމަފިރިން ކައިވެނިކުރީ ލޯބިންނެވެ. ލޯބީގެ ގޮތުން ގުޅިގެން އެކުގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހުއެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަހެއް ނުވިއެވެ. އަނބިމީހާ ފިރިމީހާ ދޫކޮށްލާފައި މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ.

ކެލިފޯނިއާއަށް ނިސްބަތްވާ ނިކް ނަަމަކަށް ކިޔާ އެފިިރިހެންމީހާ އާއި މަރުވި އޭނާގެ އަނބިމީހާއާ ދިމާވެފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. މިދިޔަ އަހަރު ތެރޭގައި ދެމަފިރިން ކައިވެނިކުރީ ދެ ދަރިން ލިބޭކަމުގެ އުފާވެރި ޚަބަރަކާއެކީއެވެ.

އެއަންހެން މީހާއަކީ މީގެ ކުރިން ކައިވެންޏެއްކޮށް ފަސް ދަރިން ތިބި އަންހެނެކެވެ. މި އަންހެން މީހާ އެއްމާބަނޑު ދެކުދިން ވިހެއީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. މި ދެމަފިރިންނަށް ލިބުނީ އަންހެން ދެ ކުދިންނެވެ. ދެ ކުދިންގެ ހާލުވެސް ރަނގަޅެވެ.

އެހެންނަމަވެސް، ނިކްއަށް ލިބުނީ އޭނާގެ ހިތް ކުދިކުދިވި ހަބަރެކެވެ. ލޯބިވާ އަނބިމީހާ މި ދުނިޔެއާ ވަކިވެގެންދިޔަ ހަބަރެވެ. ނަރުހުންނާއި ޑޮކްޓަރުން އެ އަންހެން މީހާ ސަލާމަތް ކުުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެެވެ.

ފަޔާ ޑިޕާޓްމެންޓްގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ނިކް، ހިތްވަރު އެލުވާލާކަށް ބެނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ އޭނާގެ ދަރިންނަށް ލޯބި ދީގެން ދަރިންގެ ހައްގުގައިވެސް މަސައްކަތްކޮށްގެން އުޅުމަށެވެ.

މިކަމުން އޭނާއަށް އަރައިގަންނަ ދުވަސްތަކެއް ނެގިޔަސް، އުއްމީދަކީ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުންކަމަށް އޭނާ ވަނީ ބުނެފައެވެ.