ލޯތްބައްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ތިބޭ މީހުން އުޅެއެވެ. ކިޔައިދެން މިއުޅެނީ ޗައިނާ އަށް ނިސްބަތްވާ މީހަކަށް ތަންކޮޅެއް ކުރިން ކުރިމަތިވެފައިވާ ހިތާމަވެރި ކަމެއްގެ ވާހަކައެވެ.

މި ފިރިހެން މީހާ ދިރިއުޅެނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާ އާއި 2،400 ކިލޯމީޓަރު ދުރުގައެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ އުފަންދުވަހު އޭނާގެ ލޯބިވެރިޔާ ނިންމީ ”ސަޕްރައިޒް“ އެއް ދިނުމުގެ ގޮތުން އަންހެން ކުއްޖާ އަށް ނާންގައި އެ ސިޓީއަށް ދިއުމަށެވެ.

ދިގު ރާސްތާ އެއް ކަޑައްތު ކުރުމަށް ފަހުގައި ލޯބިވެރިޔާ އުފާކޮށްލަން އެ ފިރިހެން މީހާ ދިޔައީ ބޮޑު ޓެޑީ ބެއާ މެސްކޮޓެއްވެސް ގަނެގެންނެވެ. ނަމަވެސް، ލޯބިވެރިޔާ ފެނުނުއިރު ކަމަކުދާކަށް ނެތެވެ.

އަންހެން ކުއްޖާ ހުރީ އެހެން ފިރިހެނަކާއި އެކުގައެވެ. ދެމީހުން ތިބި ގޮތުން އެއީ ދެ ރަހުމަތްތެރިން ނޫންކަން ވަރަށް ސާފެވެ. ފިހާރައެއް ކުރިމަތީގައި އަންހެން ކުއްޖާ ވަގު ބިޓާއި އެކު ހުރިތަން ބަލަން އޭނާގެ އަސްލު ލޯބިވެރިޔާ ހުރީ ބަސް ހުއްޓިފައެވެ.

އިރުކޮޅަކު ހުރުމަށް ފަހުގައި އޭނާގެ ޓެޑީ ބެއާ މެސްކޮޓުގެ ބޯ ނަގައި، އޭނާގެ އަސްލު މޫނު ދެއްކުމާއި އެކު އަންހެން ކުއްޖާ ވަގުބިޓު ފޮޅާލާފައި އޭނާގެ އަސްލު ބިޓު ކައިރިއަށް ދުއްވައިގަތެވެ.

ނަމަވެސް އެ ފިރިހެން މީހާ ވަނީ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮރުވަން އަނެއްކާވެސް ބޯ ނިވާކޮށް އެތަނުން ގޮސްފައެވެ. އަދި އަންހެން މީހާ ފަހަތުން އައި އިރު އޭނާ އަޅައިވެސް ނުލައެވެ.

މިއީ ކުޑަކުޑަ ދުނިޔެއެކެވެ. މި ޒަމާނުގައި މީހަކަށް މަކަރެއް ހެދިޔަސް އެ މަކަރު އަބަދު ފޮރުވިފައި އޮންނާނެކަމަށް އުއްމީދު ނުކުރާާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާޅު

    ސައިފު ވަރަށް އިބްރ

    ވަރަށް އިބުރަތްތެރި ފިޅާވަލެއް.

    68
  2. ރޯންގް

    ޓެޑީ ބެއާ އާއި އޭނާގެ ބިޓު

    33
    1
  3. ޓެޑީބެއަރ ވީއާ ވިތްޔޫ

    އެތައްމޭލެއް ހުރަސްކޮށްފަ ލޯބިވެރިޔާއަށް ސަޕްރައިޒް ދިނުމަށް މީހަކު އަންނާނީ ހާދަ ފޮނި އުންމީދު ތަކަކާއެކީގައި ކަން އިންތިޒާރު ކުރާމީހަކަށް އެނގޭނެ. ޓެޑީ ބެއަރ ގައި ހުރި މީހާ އިރުކޮޅެއްވަންދެން ބަލަންހުރެފަ އޭނަގެ ޓެޑީބެއާގެ މާސްކް ނެގުމުން އެއަންހެން ކުއްޖާއަށް ހުރެވުނީ ސޮކެއްޖެހިފައި އަދި އޭނަކައިރީގައި ހުރިމީހާ ހުރީ ވާނުވާނޭގިފަ އިރުކޮޅެއްވަންދެން ބަލަންހުރެފައި އެއަންހެންކުއްޖާ ދުއްވައިގަތީ ޓެޑީބެއަރ ކައިރިއަށް. އެވަގުތު ޓެޑީބެއަރ ދެރަވާނެވަރު އިހްސާސްވާނެ އެވީޑިއޯއިން އޭނަ މޫނު އަނބުރާލި ގޮތްފެނިފަ، ހިތައްވަރަށް އަސަރުކުރި ތަންކޮޅެއް. ފަހަތުން އޭނަގައިގަ ބައްދާތަން ވީޑިއޯއިން ފެނިގެންދާއިރު ޓެޑީބެއަރ ކެތްތެރިކަން އިސްކޮށް މަޑުމައިތިރިކަމާއެކީގަ ހުރިކަން އަދި އެ ކުދިކުދި ވެފައިވާ ހިތަށް އެވަގުތު ކުރާނެ އިހްސާސް ދުލުން ބުނާކަށްވެސްނޭނގެ.

    50
    1
  4. ާައަލީ

    ލިޔާނޭޙަބަރެެެެެއް ނެތީތަ

    19
    22
  5. އާދަނު

    ސއިފުﷲ ތީ ޓިކް ޓޮކް އަށް ކުޅެފަ އިން ވީޑިއޯއެއް ނޫންތަ އަނެއްކާ

    6
    2
    • ޓިކްޓިކް

      މިއީ ޓިކްޓޮކް ޒަމާނުގެ ކުރިން. ވީޑިއޯ ކުރީ އެއީ އުފާވެރި ވަގުތުކޮަޅަކަށް ވާނެކަމަށް ބަލައި