ކޮންމެ އާއިލާ އެއްގައިވެސް އެންމެން ހެއްވާލައި މޫނުމައްޗައް އުފާވެރިކަން ގެނުވައިދޭ މީހަކު ހުންނާނެއެވެ. އެކަން ކުރުމުގެ ނިޔަތާއި ނުލައިވެސް އެފަދަ މީހުން ކަމެއް ކޮށްފިނަމަ ގިނަ ފަހަރަށް އެންމެން ހޭން ފަށާނެއެވެ. އެންމެ ފަހުގެ ދިރާސާތައް ދައްކާގޮތުން މިގޮތަށް އާއިލާގައި އެންމެ މަޖާ ވާނީ އެންމޭ ހަގު ކުއްޖާއެވެ.

އެންމެ ފުރަތަމަ ދަރިއަކު ލިބޭއިރު މައިންބަފައިންނާއި އާއިލާގެ ހުރިހައި އެންމެންވެސް ވަރަސް ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ނަގާނެއެވެ. ނަމަވެސް ފަހުން ފަހުން އައިސް ކުދިން ގިނައިން ވިހާ ވަރަކަށް މި ސީރިއަސް މޫޑުވެސް ބަދަލުވާނެއެވެ.

ފުރަތަމަ ދަރިފުޅުގެ ބޮލުގައި ބޮޑު ޒިންމާތަކެއް އެޅޭ އިރުގައި އެންމެ ހަގު ދަރިއާއި ހަމައަށް ދާއިރު އެކަންވެސް އޮންނާނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ދިރާސާގެ ނަތީޖާތައް އިއުލާން ކުރުމާއި އެކު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ދިރާސާއެއް ހަދަން ޖެހޭ ކަމެއްވެސް ނޫން ކަމަށާއި ހަގީގަތުގައިވެސް އެއީ ކަންތައް އޮންނަ ގޮތް ކަމަށެވެ.

”ޔޫގޮވް” އިން އޮންލައިން ކޮށް ސުވާލުތައް އަހައިގެން ކުރި މި ދިރާސާގައި އިތުރަށް ބުނެފައި ވަނީ އާއިލާގައި އެންމެ ސިޔާސަ ވާނީ މެދު ކުއްޖާ ކަމަށާއި އަދި އެންމެ ހަރުދަނާ ވާނީ އެންމެ ދޮށީ ކުއްޖާ ކަމަށެވެ.