ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި މަނާކޮށްފައިވާ ބާވަތެއްގެ ގެރިއެއްގެ މަސް، މެހުމާނުންނަށް ދީފައިވާކަމަށް ބުނެ، ގުރޫޕަކުން މީހަކަށް ހަމަލާ ދީފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ޖަރުކަންދު ސްޓޭޓުގެ ކޮޑެރުމާ އަވަށުގައެވެ.

ޖަރުކަންދު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހާއަށް ހަމަލާ ދިނުމުގެ މައްސަލައާ ގުޅިގެން ހަތް މީހަކުވަނީ މިހާރު ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި، އެޤައުމުގެ ޕެނަލް ކޯޑުގެ 144 ގެ ދަށުން، އިތުރު މައްސަލަތަކެއް ނުނިކުންނާނޭ ގޮތަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ހަތް މީހުންގެ ގުރޫޕަކުން ހަމަލާ ދީފައިވަނީ 50 އަހަރުގެ މީހަކަށެވެ. ޖުމަން މިޔާ ނަމަކަށް ކިޔާ މި މީހާއަކީ އަންނައުނު ފެހުމުގެ މަސައްކަތް ކުރާ މީހެއްކަމަށާއި އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ހުރީ ބޮވައިން ގެރީގެ މަސްކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މި ކައިވެނި ހަފްލާ އޮތް އިރު، ޖުމަން އަށް ހަމަލާ ދީފައިވަނީ ޖެހިގެން އައި އަންގާރަ ދުވަހުގެ ހެނދުނުކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި، އެމީހުންނަށް ހަފްލާގައި މި ބާވަތުގެ ގެރި ތައްޔާރުކޮށްފައިވާކަން އެނގުނީ، ހެނދުނުގެ ވަގުތު ޖުމަންގެ ގޭގެ ސަރަޙައްދުގައި ގެރި ކަތިލައިފައި ހުރި ނިޝާންތައް ފެނުމުންނެވެ.

ހަތް މީހުންގެ ގުރޫޕުން ޖުމަންގެ ގެއަށާއި އެސަރަހައްދުގެ އެހެން ގެތަކަށާއި އެތަނުގައި ހުރި ބައެއް އެއްގަމު އުޅަނދުފަހަރަށްވެސް ހަމަލާ ދީފައިވެއެވެ.

ޖަރުކަންދު ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، ހަމަލާ ދޭން ފެށުމުން، އެތަނަށް ފުލުހުންނަށްވަނީ ގަޑިއަށް ދެވިފައެވެ. އަދި، ހަމަލާ ދިނުން ރޫޅާލެވިފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އެވަގުތު ޖުމަން އަށް ހަމަލާ ދީފައިވާކަމަށާއި ފަހުން އޭނާ ހޮސްޕިޓަލަށް ގެންދެވުނުކަމަށް ފުލުހުން އާއްމުންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާސިރު

    ކިހާ ދެރކަމެއް.. އިންޑިޔާ އަކީ އަދިވެސް ސްޓޯން އޭޖް އުޅޭބައެއް ދޯ..

  2. ދެރަ

    މި އިންޑިއާގައި ގިނައީ ޖާހިލުން. ބަލަ ކަލޭމެންގެ ކަލާގެ ނުކާ ބަޔަކު ދުނިޔެއަކު ނެތެވެ. މުސްލިމުންނަށް އަނިޔާކުރިއަސް ތި ޖަނަވާރު ވާނީ ހަމަ ޖަނަވާރަކަށެވެ. ކަލާގެއަކަށް ނުވާނެއެވެ. ހިލައަށް ބުދަށް ގެރިއަށް އަޅުކަންކޮށްގެން ކުރި ނައަރާނެއެވެ.

  3. ޗަކަޗަކަ

    ހިންދޫން ކިތަންމެ ރުޅިއަޔަސް ގެރިމަސް ކާންބޭނުންވާމީހުން ގެރިމަސް ކާނެ.ހިންދޫންނަކީ އަޅުކޮއްފަ ނުކުރާނެ އެއްޗެއް ނޭނގިގެން އުޅޭބައެއް.މިމީހުންގެ ހަބަރުތައް އަބަދު ފެނިފެނި މަމިހުރީ ބޯގޮވާވަރުވެފަ....