ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކާރޓޫން "މިނިއަން"ގެ އައު ބައި "މިނިއަން: ދަ ރައިސް އޮފް ގުރޫ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ސީކުއަލް ވެގެންދާނީ ގިނަބަޔަކަށް ކަމުދާ ބޮޑު މަގުބޫލުކަމެއް ލިބިގެންދާނެ ފިލްމަކަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މި ފަހަރު ފެނިގެންދާނީ ގުރޫގެ ދިރިއުޅުމުގައި ކުރިން ހިނގައިދިޔަ ކަންތައްތަކާ އޭނާ ބާރުތަށް ހޯދާގޮތުގެ ވާހަކައެވެ.

މި ފިލްމުގެ ޓްރެއިލާއިން ފެށިގެންދަނީ ގުރޫ އިންޓަވިއުއަށް ދިއުމުން އޭނާގެ އިސްކޮޅަށް މަލާމަތްކުރާ މަންޒަރެވެ. އޭނާގެ ބާރުތައް ބެލުމަށް ޓެސްޓުކުރާ މަންޒަރުވެސް ފެނިގެންދެއެވެ.

"މިނިއަން: ދަ ރައިސް އޮފް ގުރޫ" އަކީ ވެސް މިނިއަންއެކޭ އެއް ފަދައިން ވަރަށް މަގުބޫލު ފިލްމަކަށްވެގެން ދާނެ ފިލްމެކެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ މި ފިލްމުގެ ޓްރެއިލާއަށް ބެލުންތެރިން އަންނަނީ ތައުރީފުކުރަމުންއެވެ. އަދި ބެލުންތެރިން ތިބީ މި ފިލްމު ސިނަމާއަށް ނިކުންނާނެ ދުވަހަކަށް ކެތްމަދުވެފައެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަަހަރު ޖުލައި 20 ވަނަ ދުވަހުއެވެ. ހޮލީވުޑްގެ ޑައިރެކްޓަރ ކައިލް ބަލްޑާ ނެރޭ މި ފިލްމަކީ ކުޑަ ކުދިނަށް ހާއްސަކޮށް ނެރޭ ފިލްމެކެވެ. މި އަހަރަކީ ހޮލީވުޑުގެ ފިލްމުތައް ވަރަށް ތިޔައިގި އަހަރެކެވެ.

"ދަ ގޮރަޖް"، "ބުލެކް ވިޑޯ"، "ދަ ބާޑް އޮފް ޕުރޭ"، "ޑޫލިޓިލް" ގެ އިތުރުން "ބޭޑް ބޯއީސް ފޯރ ލައިފް" ގިނަ ފިލްމުތަކެއް ސިނަމާއަށް ނެރުމަށްވަނީ ތާވަލުކުރެވިފައެވެ. މިދިޔަ އަހަރު ނެރުނު "ފުރޯޒެން 2" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ފިލްމަކީ [ފޮރޯޒެން 2] 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ބޮކްސް އޮފީސްގައި މި ފިލްމަށް 350.2 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.