ރަނގަޅު އެވަކާޑޯއެއް ހޯދުމަކީ އެހާފަސޭހަ ކަމެއް ނޫނެވެ.

ބޭނުންވާވަރަށް ދޮންވެފައިވާ، މީރު އެވަކާޑޯއެއް ގަންނަން އެނގެނީ އެތައް ދުވަހެއްގެ ތަޖުރިބާއަށް ފަހުގައެވެ.

ދެން ދިމާވާ މައްސަލައަކީ އެވަރުން ގަންނަ އެވަކާޑޯ ބޭނުން ނުކުރެވެނީސް ހަލާކުވާ މައްސަލައެވެ.

ޚާއްސަކޮށް، އެއްބައި ކާލުމަށްފަހު، ފަހުން ކާން ބާއްވާ އެވަކާޑޯގެ ބައި، މުށި ކުލައަށް ބަދަލުވެ، ތާޒާކަން ގެއްލިގެން ދިއުމަކީ، އެވަކާޑޯ ކާހިތުން ހުންނަ މީހާއަށް ވަރަށް ހިތްދަތި ކަމަކަށް އޮންނަނީވެފައެވެ.

ޕްލާސްޓިކް ރެޕްއަޅައިގެންނާއި އެހެން ގޮތްގޮތުންވެސް އެތައް މަސައްކަތެއް ކޮށްގެންވެސް، އެވަކާޑޯ ތާޒާކަން މަތީ ބަހައްޓާނެ ގޮތެއް ހޯދިފައެއް ނެތެވެ.

އެކަމަކު މިފަހަރު އާއްމު މީހަކު މިވަނީ އެވަކާޑޯ ތާޒާކަމާއި އެކު ބަހައްޓަން، ވަރަށް ފައްކާ އަދި އެހާމެ ފަސޭހަ އުކުޅެއް ބުނެދީފައެވެ.

އެއީ އެވަކާޑޯ ފަޅިކޮށްލުމަށްފަހު، ލެޓިއުސް ފަތެއް އެވަކާޑޯގެ ވަށައިގެން އޮޅާލުމަށް ފަހު ފްރިޖަށް ލުމެވެ.

މިހެން ކަންތައް ކުރުމުން ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްވަންދެން ތާޒާ ކަމާއި އެކު އެ އެވަކާޑޯއޮވެއެވެ.

ނަމަވެސް މި އުކުޅު މަސައްކަތް ކުރަނީ ހަމައެކަނި ދޮން އެވަކާޑޯއަށް ކަމެވެ.

ލެޓިއުސްފަތް އެވަކާޑޯގެ ވަށައިގެން އޮޅާއިރު އެންމެ ރަނގަޅީ، ލެޓިއުސްގެ ހަރުކޮށް ހުންނަ ފަތް ބޭނުންކުރުމުވެ.

މި ޓިޕް ވެގެން ދިޔައީ އެވަކާޑޯ މީރު މީހުންނަށް ވަރަށް ބޭނުންތެރި ޓިޕްއަކަށެެވެ. އެވަކާޑޯ ތާޒާކޮށް ބަހައްޓަން ލެޓިއުސްފަތުގައި އޮޅުމަށް ލަފާދިން މީހާގެ ޕޯސްޓަށް 46000އަށް ވުރެ ގިނަ މީހުން ވަނީ ރިއެކްޓްކޮށްފައެވެ.

ލެޓިއުސްފަތް އޮޅާފައި ބެހެއްޓުމުން ޕާނާއި ބަނަސް ފަދަ ތަކެތި ވެސް ތާޒާކަން މަތީ ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަހުމް

    ޕާނާއި ބަނަހުގައި ކިހިނެއް އޮޅަނީ..ލިޓިއުސް އެހާ އަގުބޮޑު ޕާނެއް ގަންނަން ލިބޭ އަގަށްވުރެ ވަށައިގެން އޮޅަންޖެހޭ ލެޓިއުސްގެ އަގު ބޮޑު..ކޮޕީފަތް ގޮތައް ހުންނަ ނަމަވެސް ވެދާނެ އެކަމު އެހާ ފުޅާ ނުވާނެ ލެޓިއުސް.

    10