ބުޅަލަކީ ގިނަ ބަޔަކު އޮޅުކޮށްގެން ގެންގުޅުމަށް ލޯބި ކުރާ ޖަނަވާރެކެވެ. އާއްމު ގޮތެއްގައި ބުޅާތަކުގެ ފަރާތުން އިންސާނުންނަށް އެއްވެސް ފައިދާ އެއް ނުވި ނަމަވެސް ދާދި ފަހުން މީސް މީޑިއާގައި ދައުރުވާން ފެށި ވީޑީއޯ އަކުން ފެންނަ ގޮތުގައި ބުޅަލެއް ވަނީ ތުއްތު ކުއްޖެއްގެ ފުރާނަ ސަލަމާތް ކޮށްފައެވެ.

ކޮލޮމްބިއާގެ ބޮގޮޓާގައި މިދިޔަ އަހަރުގެ ފަހުކޮޅު ހިނގި މި ހާދިސާގައި ތުއްތު ކުއްޖާ އެކަނި ގޭގައި އުޅުނު ވަގުތެއްގައި އެ ކުއްޖާ ވަނީ ފިރުކިފައި ސިޑިއާއި ދިމާލަށް މިސްރާބު ޖަހާފައެވެ. އެ ސިޑި މައްޗައް އެ ކުއްޖާ ވެއްޓެެން އުޅެނިކޮށް ބުޅާ ވަނީ ކުއްލިއަކަށް ފަހަތުން އައިސް އެ ކުއްޖާ ހުއްޓުވާފައެވެ.

އަދި އެ ކުއްޖާ ފިރުކިފައި އެނބުރި ގޭތެރެއަށް ދަންދެން ބުޅާ ވަނީ ސިޑި ކައިރީ މަޑުކޮށްފައެވެ. މިފަދަ ކަންކަން އާއްމުގޮތެއްގައި ފެންނަނީ ކުއްތާތަކުގެ ފަރާތުން ނަމަވެސް، ގަޓުބެލާ ނަމަކަށް ކިޔާ މި ބުޅަލުގެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ވަނީ އެ ބުޅަލަށް ތައުރީފް ކޮށްފައެވެ.

https://www.facebook.com/FoxNews/videos/413893452844027/

އަދި އެ ކުއްޖާ އެހައި ނުރައްކާތެރި ގޮތަކަށް އެކަނި ގޭގައި ބެހެއްޓުމުން މީހުން ވަނީ އެ ކުއްޖާގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. މަތީގައި އެވަނީ ގަޓުބެލާ ތުއްތު ކުއްޖާ ސަލާމަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޫހ

    ލޯޑެއް ނުވޭ

    7
    8
  2. ޝާދް

    ގަޓުބެލާ ސާބަހޭ ކަލޯ ވާ ގަދަ?

    28
  3. ބުރޯ

    މާޝާﷲ

    37
  4. ގަޓްބެލާ

    އެމަންޒަރު ވީޑިއޯކުރީކާކުބާ!

    9
    2
  5. މަ

    ?
    ❤️❤️

  6. ާއައިޝާ

    ވެބް ކެމް އިން ވެސް ރެކޯޑް ވާނެދޯ...

    12
  7. ގަޓްބެލާ

    އިންސާނުންނަށްވުރެ 1000 ގުނަ ރަނގަޅު