ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ފެނިގެންދިޔަ އަހުމަދު އިބްރާހިމް (އައްމަޑޭ) ކައިވެނިކޮށްފިއެވެ.

އޭނާ ކައިވެނިކޮށްފައި ވަނީ، މީގެ އަހަރެެއްހާ ދުވަސް ކުރިން ފަށައިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތަހިއްޔާ ޝަރީފް (ތަހީ) އާއެވެ.

މި ދެ މީހުން ކައިވެނިކޮށްފައި ވަނީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދެ މީހުން އިއްޔެ ކައިވެނި ކުރިއިރު، ދެ މީހުން އެންގޭޖް ވެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

އައްމަޑޭއަކީ ރާއްޖޭގެ ލަވަކިޔުމުގެ އިންޑަސްޓްރީއަށް ތަފާތު ލަވަތަކެއް ކިޔާދިން ފަންނާނެކެވެ. ބަރު އަޑެއްގެ ވެރިއެއް ނަމަވެސް، އޭނާގެ ލަވަތައް ދިވެހިންގެ ތެރޭގައި ވަރަށް ހިނގައެވެ.

އައްމަޑޭ އާ ލަވައެއް ނީވޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ މިހާރު ދަނީ އޭނާގެ އަމިއްލަ ބޭންޑާއެކު ރިސޯޓްތަކުގައި މިއުޒިކް ކުޅެމުންނެވެ.

އިއްޔެ އައްމަޑޭ ކައިވެނި ކުރިއިރު ދާދި ފަހުން، ފިލްމީ ތަރި ނުޒޫ އާއި ފިލްމީ ތަރި އާޒިމް (ދޮން އައްޔަ)ވެސް ވަނީ ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މަރްޙަބާ

    14
    14
  2. ޅަނޑާ

    ލަނޑަޔާވާނީ ލަނޑަޔާ.

    32
    2
  3. ރަށިދު

    މަހީކުރީ ތީ ކައިވެނިކޮށްގެން އުޅޭ ބައެއްކަމައް ލޮލް

    27
    1
  4. ހުވަދު

    ތި ވެސް ހަބަރެއްތަ

    17
  5. ޕިސް ޕިސް

    ރަންކޮޅާ ތީ އަދި އަލަތު ކައިވެންޏެއްވެސް ނޫން. އެހެން ކައިވެންޏަކަށް ދަރިއެއްވެސް ހުންނާނެ.މިވެސް ދެން ޚަބަރެއްތަ

    30
    1
  6. ދެމިޔަކަން

    މަސްހޫރު ލަވަކިޔުންތެރިޔާއޭ?
    މމާތްކަލާކޯ ތިކަލޭގެ ކިޔާލަވައެއް އަޑު ނިއުވުނިއްޔާ
    ރަނގަޅީ އެއްވެސް އަސަރެއް ނުހުރޭ
    ލަވަބުނާ މީހެއްތީ އެއްދުވަހު އަހަރެން މީނަ ބުނިލަވައެއް އަޑު އަނހާފަ ބޮލުގަރިއްސާން ފެށި
    ލެއް ބޮޑު ކަމުން 4ގުޅަޕެނެޑޯލު ކައިގެން ވެސް
    ރަނގަޅެއް ނުވި އަދި ތިނޫނަސް ދާދިއެއްފާޑު
    ބައެއް އުޅެނީ އެއްމެވެސްވަށްތަރީ މިނިކާ ވަގުޑޯގު ގޮވާ ކަހަލަ އަޑު ތަކާ ??

    38
    4
  7. ދަރަނި ދަންތުރަ

    ހެވެންނު 100 ދަރިންހުއްޓަސް އެމަންޖެ އެހެރީ ވަރަށްވެފައި ވިއްޔާ 3 މަސްފަހުން ވަރިކުރީމަ އޯކޭނު

    41
    3
  8. ސުހާ

    މިގައުމުގަ ކުރި ފުރަތަމަ ކައިވެނިތަ ތީ؟

    18
    1
  9. ސައިންޓިސްތު

    އަހަރުމެންނަށް ކޮންކަމެއް...

    17
    2
  10. އ. ޖ. އ

    އެއްވެސް ސިފައެއްގައި މަލާމާތް ކޮއްގެން ނުވާނެ

    15
  11. Anonymous

    ހަޖަމު ކުރަން ދަސްކުރާކަށް ނޭންގެންޏާަ ތިކަހަލަ ހަމަނުޖެހޭ ކޮމެންޱު ކުރާނީ!! ލޮލު

  12. ޫ

    ސާބަސް.ތިވެސްތީ ހާމަކުރަން ޖެހޭ ކަމެއްތަ