ބޮލީވުޑްގެ އާއިލާއަކަށް ނިސްބަތްވާ ސޯނަމް ކަޕޫރްގެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނެތެވެ. ސޯނަމް އާއި ވިޔަފާރިވެރިޔާގެ ކައިވެނި އޮތީ ކުރިއަށެވެ. އެ ހަފްލާއަށް ބޭނުންވާ ކަންކަން ތައްޔާރު ކުރަމުންދާއިރު، ގިނަ ފިލްމީ ތަރިންނަށްވެސް އެ ކައިވެންޏަށް ދައުވަތުދެމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ކައިވެންޏަށްފަހު ސޯނަމް ލަންޑަންގައިވެސް ދުވަސްތަކެއް ހޭދަ ކުރާނެއެވެ. އަދި ލަންޑަންގައި ޕާޓީއެއް ބާއްވާނެ ކަމަށް ބެލެވެއެވެ. ސޯނަމްގެ ކައިވެނީގެ ބޮޑު ޕާޓީ އޮންނާނެކަމަށް ބެލެވެނީ އިންޑިއާގެ މުމްބާއީގައި ކަމަށް ރިޕޯޓްތައް ބުނެެއެވެ.

ސޯނަމް ލަންޑަނަށް ބަދަލުވާތީ ގިނަ ބަޔަކު މާޔޫސްކަމެއްގައި އެ ތިބީ އޭނާ ބޮލީވުޑް ދޫކޮށްލަފާނެތީއެވެ، އެހެން ނަމަވެސް އިތުބާރު ހިފޭ މަސްދަރަކުން އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ސޯނަމް އެެއްވެސް ވަރަކަށް ފިލްމީ ދާއިރާއާ ދުރަށް ދާކަށް ނޫޅެއެވެ. އަދި ކައިވެންޏަށް ފަހުވެސް ފިލްމީ ދާއިރާއިން އޭނާ ފެންނާނެއެެވެ.

އަދި ލަންޑަންގައި އޭނާ މަޑުކުރާނެ ކަމަށް ބެލެވެނީ ވަރަށް މަދު ދުވަހެއްގައިކަމަށްވެސް ވެއެވެ. އޭނާ އައިސް ދެން މަސައްކަތް ފަށާނީ އެންމެ ފަހުން ނިންމާލި ފިިލްމް ފީރް ޑި ވެޑިިންގ ޕްރޮމޯޓް ކުރުމަށެވެ.

ސޯނަމްގެ ގިނަ ފިލްމްތަކެއް މި އަަހަރު ތެރޭ ކުރިއަށް އެބަހުރިކަން ފާހަގަކޮށްލަން ޖެެހެއެވެ.