ޕާކިސްތާނުގެ ޕަންޖާބުގައި ފިރިހެނަކު އުމުރުން 25 އަހަރުގެ އަންހެނަކު ރޭޕް ކޮށްލަން އުޅުމުން އެމީހާގެ ކުރިމަތިފަރާތް ބުރިކޮށްލައިފިއެވެ.

ޕާކިސްތާނުގެ މީޑިއާތަކާއި ހަވާލާދީ އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާ އެކަނި ގޭގައި ހުރި ވަގުތެއްގައި އެ ފިރިހެން މީހާ ގެއަށް ވަދެ އޭނާ ރޭޕްކުރަން މަސައްކަތް ކުރުމުން އޭނާ އަވަސްވެގަތީ އަވަހަށް ބަދިގެ އަށް ގޮސް ވަޅިއެއް ނެގުމަށް ކަމަށާއި އެއަށްފަހު ވަޅިން އޭނާގެ ކުރިމަތިފަރާތް ބުރިކޮށްލީ ކަމަށެވެ.

ޕަންޖާބުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ދެމީހުންނަށް އެކަކު އަނެކަކު އެނގޭ ކަމަށާއި އަދި އެ ފިރިހެން މީހާ އޮތީ އެހެން މީހަކާއި ކައިވެނި ކުރަން އެންމެ ފަހުގެ ތައްޔާރީތައްވެސް ވެފައި ކަމަށެވެ.

ފިރިހެން މީހާގެ ކުރިމަތިފަރާތް ވަޅިން ބުރިކޮށްލުމާއި އެކު އޭނާ ވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. މި ހާދިސާގައި އޭނާ މަރުވެފައި ނުވާ ކަމަަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގެ ފުލުހުން މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރުގައި ޕާކިސްތާނުގައި ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ އަންހެނުންނެއް ރޭޕް ކުރެއެވެ. އަދި މިކަމަށް އެ ގައުމުގެ ގާނޫނުތަކުން އެދެވޭ ހައްލެއް ނުލިބޭތީ އާއްމު ރައްޔިތުން އިންސާފު ހޯދަން ނިކުންނަކީ އެމީހުން އަމިއްލައަށެވެ.

ނަމަވެސް މިއީ އެ ގައުމުގެ ސަރުކާރުން މިކަމަށް ބާރު ނާޅާ އިރުގައި، އެކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިއުޝާ

    ރަގަޅަށް ތިހެދީ

    54
    2
  2. އަލްޖިބްރާ

    ޖިންސީގޯނާއޭ ތިގޮވާ ކަންތަކުގައި އިންސާފު ހޯދާދީ އެކަން ހުއްޓުވާފައިވާ ޤައުމެއް ބުނެދީބަލަ !

    20
  3. -_-

    މަ ނަމަވެސް މަގޭ ދަރިއަކާ ބެހުނު ނަމަވެސް ހަދާލާނަން ތިކަހަލަ ކޮންމެސް ގޮތެއް. އެގަޑީގައި އަތުނުވިޔަސް ފަހުންވެސް.

    10