މި ލޯބިވެރިންގެ ދުވަހުގައި އަނުސްކާ ގެ "ޕަރީ" ގެ ޓީޒާ ނެރެ ގިނަބަޔަކު ބިރުގަންނަވާލައިފިއެވެ. ހަމަ ގައިމުވެސް އެބަލާފައި ރޭގަނޑު ނިދަން އުދަގޫވި މީހުން އުޅޭނެއެވެ. މީ ހަމަ އެކަނި ޓީޒާ އަކުން ބަޔަކަށް ގެނުވި ބިރުވެރިކަމެކެވެ. އަދި ފިލްމް އެެއްކޮށް ބަލައިފި ނަމަ ހާލަކީ ކޮބައިބާއެވެ.

އަނުސްކާގެ "ޕަރީ" އެޅުމަށް ހަމަޖެހިފައިވަނީ މި އަންނަ މާޗް މަހުގެ 2 ވަނަދުވަހުއެވެ. ހަމަ އެ ދުވަހު ޖޯން އަބްރަހަމްގެ "ޕަރުވާނު" ވެސް ނެރުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ރިޕޯޓްތަށް ބުނާގޮތުން ޖޯން ވަނީ މިހާރު އޭނާގެ ފިލްމް އެހެން ދުވަހަކަށް ލަސްކުރުމަށް ނިންމާފައެވެ. ޖޯންގެ ގިނަ ފިލްމްތަކެއް ފްލޮޕް ވުމާއި ގުޅިގެން "ޕަރީ" އާއި ވާދަކޮށް އެއްދުވަހެއްގައި އަޅުވާ "ޕަރުމާނު" ފްލޮޕް ވެދާނެތީ އެވަރުގެ ރިސްކެއް ނަގަން ޖޯން އަށް ނުކެރުނީއެވެ.

މިހާރު އޮތް ގޮތުންނަމަ ޖޯންގެ "ޕަރުވާން" އަޅުވާނީ އޭޕްރީލް 6 ގައެވެ. މިއީ މި ފިލްމް އަޅުވާ ތާރީޙް ލަސްކުރި 4 ވަނަ ފަހަރެވެ. އެންމެ ކުރިން ޑިސެމްބަރ 15 ގައި އަޅުވާގޮތަށެވެ. އޭގެ ފަހުން "ޕަދްމާވަތް" ގެ ކަންތަކާއި ހެދި ޖެނުއަރީ 25 އަށް ތާރީޙް ބަދަލު ކުރީ އެވެ. އޭގެ ފަހުން "ޕެޑް މޭން" އާއި "އައްޔާރީ" އަޅުވާ ދުވަހާ ކްލޭޝް ވާތީވެ ފެބްރުއަރީ 9 އަށް ބަދަލުކުރީއެވެ.

"ޕަރުމާނު" ގައި ދައްކައިދެނީ 1998 ގައި ޕޮކްރަމްގައި ކުރިއަށް ގެންދިޔަ ނިއުކުލިއަރ ޓެސްޓް ތަކަކާއި ގުޅިގެން ދިމާވާ ހާދިސާތަކެވެ. އެއީ އިންޑިއާއިން 2 ވަނަ ފަހަރަށް ނިއުކުލިއަރ ޓެސްޓް ކުރި ފަހަރެއެވެ. މި ފިލްމް ކުޅެފައިވަނީ ހަގީގީ ހާދިސާތަކަކަށް ބިނާކޮށްފައެވެ.

އަނުޝްކާގެ "ޕަރީ" އަކީ ތަފާތު ބިރުވެރި ވާހަކަ އަކަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޕްރަސިޓް ރޯއީ އެވެ.