ބުޅާ އޮޅުކޮށްގެން ގެންގުޅުމަކީ މިހާރުވެސް އަދި ކުރިންވެސް ކުރަމުން އަންނަ ކަމެކެވެ. ދިވެހިންގެ ތެރޭގައި ވެސް ބުޅާ ދެކެ ލޯބިވާ ބުޅާ އޮޅުކޮށްގެން ގެންގުޅެން ބޭނުންވާ މީހުން ވަރަށް ވެސް ގިނަ އެވެ.

ނަމަވެސް ދިރާސާއަކުން މިވަނީ ބުޅާގެ އިތުރުން އެހެނިހެން ޖަނަވާރުތައް އޮޅުކޮށްގެން ގެންގުމަކީ ސްޓްރެސް ބޮޑުވެ މީހާގެ ނިދި ގެއްލޭ ކަމެއް ކަން ސާބިތުކޮށްދީފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ބުޅާ ނުވަތަ އެހެނިހެން ޖަނަވާރު އޮޅުކޮށްގެން ގެންގުޅޭ ކޮންމެ ދެމީހަކުން އެކެއްގެ 90 މިނިޓްގެ ނިދި ގެއްލެއެވެ. މިހެން ވާން މެދުވެރިވަނީ ބުޅާ ނުވަތަ އެހެނިހެން ޖަނަވާރެއް ވިޔަސް އެކި އަޑު އަޑުން ގޮވުމާއި ދަންވަރު ގަޑީގައިވެސް ހެލި ފެލިވެ އުޅޭތީއެވެ.

1000 ޖަރަވާރު އޮޅުކޮއްގެން ގެންގުޅޭ ވެރިފަރާތް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ބައިވެރިގެން 54 އިންސަތަ މީހުން ބުނަނީ އެމީހުން އޮޅުކޮއްގެން ގެންގުޅޭ ޖަނަވާރުގެ ސަބަބުން އެމީހުންގެ ނިދީގެ ދެބައި ކުޅަ އެއްބައި ނިދި ގެއްލޭ ކަމަށެވެ.

ބުޅާ ގެންގުޅެގެން ގެއްލުން ތަކެއް ވިޔަސް ފައިދާ ވެސް ކުރުވައެވެ. އެގޮތުން ޔުނިވާސިޓީ އޮފް މިޒޯރީގެ ދިރާސާތަކުން އެނގުނު ގޮތުގައި އޯޓިސްޓިކް ކުދިން ހެދިބޮޑުވާ އިރު ކައިރީ ބުޅަލެއް އުޅެންޏާ އެ ކުދިން މުޖުތަމައަށް ހޭނެން ފަސޭހަވެ އެވެ.

އަދި ކޮންމެ ކުޑަކުއްޖަކަސް، ބުޅަލަކާއި އެކު ބޮޑުވެއްޖެ ނަމަ، އެ ކުދިން މުޖުތަމައުގައި އެހެން މީހުނަށް އޯގާތެރިވެ އަދި ހިތްހެޔޮ ބަޔަކަށް ވުން އެކަށީގެންވާ ކަމަށް އެ ދިރާސާތަކުން ދައްކައެވެ.

ކޮންމެ ބާވަތެއްގެ ޕެޓެއް ގެންގުޅުނަސް، އެއީ ޖަނަވާރަކަށް ވާތީ، ރައްކާތެރި ފިޔަވަޅުތައް އަޅައިގެން އުޅުން ބުއްދިވެރިއެވެ. ހައްލަކީ ސާފުތާހިރުކަމެވެ. ބުޅާ ފެންވަރުވައި، އެ އުޅޭ ތަން ސާފުކުރަން ޖެހޭނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޙުސް ދޮގު

  2. މަސްރަހް

    ހުސް ދޮގު. ދެން ބަލާލާ ނިއުޓަން ގެ ތާރޑް ލޯ.

  3. މަސްރަހް

    ތެދު ވެސް އެބަހުރި

  4. ދިރާސާ

    ދިރާސާ ހަދާފައިވަނީ ކޮން ފަރާތަކުންތޯ؟؟؟

  5. ކެޓް ލޭޑީ

    ވަގުތު ހަބަރު ކިއުމަކީ މާބޮޑަށް ސްޓްރެސް ބޮޑުވާ ކަމެއް!