އުމުރާއި އެއްވަރަށް ކުޑަކުދިންނަށް ނިދި ނުލިބޭނަމަ، ފަލަބަލީގެ މައްސަލަތަކާއި ކުރިމަތިވުމަށް މަގުފަހިވާނެ ކަމަށް ދާދި ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނެފައިވަނީ ކުޑަކުދިންނަށް އުމުރާ އެކަށޭނަ ވަރަށް ވުރެން މަދުން ނިދި ލިބޭނަމަ، އެކުދިން އުމުރުން ދުވަސްވާ ވަރަކަށް ބަރުދަން އިތުރުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްކުޅިވާ ދުވަހު ފަލަބަލީގެ ޝިކާރައަކަށް ވުން ވެސް ގާތް ކަމުގައެވެ.

"ކާޑިއޯވަސްކިއުލާ އަދި ޓައިޕް 2 ޑައިބެޓިކްސް ނަމަކަށް ކިޔާ މި ދެ ބައްޔަށްވެސް މަގުފަހިވެދާނެ މި ކަމުގެ ސަބަބުން" ދިރާސާ ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވެފައިވެއެވެ.

ޖުމްލަ 75499 ކުދިން ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާ ކުރުމަށް ކުދިންތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. އެއީ މަދު އިރުކޮޅަކަށް ނިދާ ކުދިންނާއި އާދަވެގެން ކޮންމެ ދުވަހަކު ގިނައިރު ވަންދެން ނިދާ ކުދިން ވަކި ކޮށްލުމަށެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ގިނަ ތަހުޤީޤުތަކެއް ނިދުމުގެ ވައްޓަފާޅި އާއި ގުޅިގެން ހިންގުމަށްފަހު، ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި މަދު އިރުކޮޅަކު ނިދާ ކުޑަކުދިންގެ ބަރުދަން ދުވަހަކަށް ވުރެ ދުވަހަށް ދިޔައީ އިތުރުވަމުންނެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހިފައި އޮތް ކަމެއް. ޅަ ދަރިންގެ ކުރިމަގު އެ ގެއްލިގެން ދަނީ ކުރެވޭ ކުޑަކުޑަކަމަކުން. ހަމަ ނިދި އެ ކުދިންނަށް ލިބޭނެ ގޮތް ހަދައިދޭން އެބަ ޖެހޭ" ދިރާސާގެ ރިޕޯޓްގައި ވެއެވެ.

ފަލަބައްޔަކީ މީހާގެ ސިފަ ހުތުރު ކަމަށް ދައްކާ ސިއްހީ ގިނަގުނަ ގެއްލުންތަކެއްވެސް ލިބިގެންދާ ބައްޔެކެވެ.