އިންޑިޔާގައި ކަންތައްވަމުންދާ ގޮތުން އިންޑިޔާގެ މަޝްހޫރު ކިރު އުފައްދާ ކުންފުންޏެއް ކަމަށްވާ އަމުލްގެ އިޝްތިހާރު ތަކުގައި ބޭނުން ކުރަމުންދާ އަމުލް ގާލް ރޮއްވާލައިފިއެވެ.

އަބަދުވެސް ހިނިތުން ވުމަކާއެކު ޕޯސްޓަރުތަކުން ފެންނަ އަމުލް ގާލް މިފަހަރު ރޮނިކޮށް އިން ޕޯސްޓަރެއް އާއްމުކޮށްފައިމިވަނީ އިންޑިޔާގައި އަންހެނުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުންނެވެ.

އަމުލްގެ ޕޯސްޓަރުގައި ލިޔެފައިވަނީ "ޒާރާ އާންކޮން މެއިން ބަރލޯ ޕާނީ" މިހެންނެވެ. މިޕޯސްޓަރު ޚާއްސަ ކުރެވިފައިވަނީ އިންޑިއާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ގިނަ ބަޔަކު ބައިވެރިވެގެން ރޭޕްކޮށް މަރާލާފައި އޮއްވައި ފެނުނު އާސިފާގެ މަރާއެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އާސިފާ ވަގަށް ނަގައިގެންގޮސް މަރާލީ، އަށް މީހަކު ވެގެން އޭނާ ރޭޕްކޮށްލުމަށްފަހުއެވެ. މި ޢަމަލުގައި ފުލުހުންގެ އަތެއްވެސް ވާކަމަށް ބެލެވިފައިވާއިރު، އިންޑިއާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ ބައިވެރިވުންވެސް މި ހާދިސާގައި ހިމެނޭ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އިންޑިޔާގައި ރޭޕްކަލްޗަރ އެއް އާއްމުވަމުންދާއިރު، ވަރަށް ފަހުންވެސް ވަނީ އުމުރުން 5 އަހަރުގެ ކުއްޖަކާއި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައުންސެލަރު

    އިންޑިޔާ! (ޖީއެމްއާރު) ރާއްޖެއިން ޑޮލަރު ހޯދަންނޫޅެ ކަލޯމެން އެންމެފުރަތަމަވެސް މިކަމެންނު ހައްލުކުރާންވީ. ކިހާބޮޑު ދުއްޕާނެއްމީ!!!!!!!!!