ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމާދަކީ އަޅުކަންތަކުގެ ތެރެއިން މާތްﷲގެ ހަޒްރަތުގައި އެންމެ މަތިވެރިވެގެންވާ އަޅުކަންވެސް މެއެވެ.

ގަޑިން ގަޑިއަށް ނަމާދުކުރުމަކީ އަހަރުމެން އެންމެ މައްޗަށް ކުރަން ޖެހޭ ކަމެއް ނަމަވެސް، އެކަންތަކަށް މާބޮޑަށް ފަރުވާ ބެހެއްޓާކަމަކަށް ނުވެއެވެ. މިއީ އަހަރުމެން އެންމެން ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. އެނަމާދުގެ ޖަމާޢަތަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުންގެ ސިފަތަކުގެ ތެރެއިންވާ ކަމެއްކަންވެސް ކީރިތި ގުރުއާނުގައި ވަނީ ބަޔާންކޮށްފައެވެ.

ގަޑިން ގަޑިއަށް، ޖަމާއަތުގައި ނަމާދު ކުރުމަށް އިސްކަން ދޭންޖެހޭއިރު، ބަންގި ގޮވުމަށްފަހު އެއަށްވުރެ އިސްކަންދޭން ޖެހޭ އެހެން އެއްވެސް ކަމެއް ނޯންނާނެއެވެ. އަހަރުމެން އެންމެންވެސް މަސައްކަތުގައި އުޅޭއިރު، ނަމާދަށް ސަލާމުކަން ދިނުން މުހިންމެވެ. އަދި އެއީ ކުރެވިދާނެ ކަމެކެވެ. މަސައްކަތަށް ވަގުތު ދޭހެން ނަމާދަށް ވަގުތު ދެވެން ޖެހޭއިރު، އެކަމުގައި ސާބިތުވެ އުޅޭ މީހުންވެސް މަދެއް ނޫނެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއް

ދާދި ފަހުން މީސް މީޑިޔާއިން ފެނުނު ފޮޓޯތަކެއްގައި ވަނީ ދިވެހިންގެ ބަޔަކު މަސް ދޯންޏެއްގައި ޖަމާއަތުގައި ނަމާދު ކުރާ މަންޒަރެވެ. މިއީ ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ؟.

އޭގެންވެސް ދައްކުވައިދެނީ މަސައްކަތުގައި އުޅުމަކީ ނަމާދަށް ނުގޮސް ހުރުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމެވެ. އެތައް ބަޔަކަށް އެ ފޮޓޯ ކަމުގޮސްގެން އެ ޝެއާ ކުރަމުން އެބަދެއެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯއެއް

އެއްވެސް ޝަރުޢީ އުޒުރެއް ނެތި ނަމާދު އަޅާ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަން ވަރަށް ރަނގަޅަށް ކީރިތި ގުރުއާނުގައި ވަނީ އަންގަފާއެވެ. އެ ފަދަ މީހުންނަށް ހުރި އަޒާބުގެ ވާހަކަވެސް ވަރަށް ރަނގަޅަށް ގުރުއާނުގައި އެގެން އެބައޮތެވެ.

ނަމާދު ނުކުރުމުގެ ސަބަބުން ލިބޭ އަޒާބުން ސަލާމަތްވަމާ ހިނގާށެވެ. ގަޑިން ގަޑިއަށް ނަމާދުކޮށް، ދީނީ އަޅުކަންތަކުގައިވެސް އަހަރުމެންގެ ބިޒީ ޝެޑިއުލްއިން ވަގުތު ކޮޅެއްދެމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރަކި

    ނަމާދު ކޮއް ވަގުތުގެ ކުދިން ވެސް ރަންގަޅައް އުޅެ ބަލަ ރީއާން ރަސީދުވެސް ވިސްނަން ޖެހެނީ ވަގުތުގަ އުޅޭ ކުދިންނައް ވިސްނަދީގެން ވެސް ދޮގު ހަބަރު ނުޖަހާ މުޖުތަމައު ފަސާދަ ނޮކޮއް އުޅުން ނަމާދު ކޮއްފަ ދޮގުހަބަރު ލިޔުނީމަ ލިބޭ ސަވާބުން ކެންޑި ހުސް އަތާ މަހުސަރައްދާން އެއްވެސް މީހަކު ނޭދޭނެ އެވެ

  2. ިބުރޯ

    ފޮޓޯ ނެގި މީހާ ނަމާދު ނުކުރަނީތަ؟

    • ޙަގސގ

      ދޯ??

  3. ސްކޫލް ކުއްޖާ

    ނަމޫނާ ލިބިގަނޭ

  4. ފިޒާމް

    ސޯޝަލްމީޑިއާގަ މީހުންގެ ސަމާލުކަން ހޯދަންވެގެން ނެގި ފޮޓޯއެއް.

  5. ޚެޕްޓަން

    ފޮޓޯނެގި މީހާ ހުރީ ދޯނި ދުއްވަން އެވަގުތު. ފޮޓޯއަށް ބެލީމާވެސް އެނގޭ އެފޮޓޯ ނަގާފަހުރީ ވީލްހައުސް ތެރޭގައިކަން

  6. ހެހެހެހެހހެހެހެ

    ހިތް ހަމަ ނުޖެހުނަސް ބުނެލަން އޮތީ ދިވެހިން ސޯސަލް މީޑީޔާއަށް އެކި އެކި ތަންތަނުގަ ނަމާދުކުރާ ފޮޓޯ ލައިގެން މިއުޅެނީ ސަމާލުކަން ހޯދަންށޭ.. ތާކު މީހަކު ނަމާދުކުރަން ހުއްޓާ ފޮޓޯ ނަގާ އެ ވައިރަލް ކުރުމުގެ މަގުސަދަކީ ކޮބާހޭ ؟ ގިނަ ލައިކު ހޯދުންހޭ ؟