އަތްބަކާއި ދަރިއަކާ އެކު އުފާވެރި ޒަވާޖީ ހަޔާތެއްގައި ދިރިއުޅެމުން އައި، އިހުސާން މުުހައްމަދުގެ މުޅި ދިއިރުޅުން ބަދަލުކޮށްލީ، އޭނާ އަށް ކިޑްނީގެ ބައްޔެއް ކަމަށްވާ އައިޖީއޭ ނެފްރޮތެޕީ ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ.
ގދ.ތިނަދު އަށް އުފަން އުމުރުން 29 އަހަރުގެ އިހުސާން ފާއިތުވި ތިން އަހަރު ހޭދަ ކުރީ މެދުނުކެނޑި މި ބައްޔަށް ފަރުވާ ހޯދުމުގައެވެ. ނަމަވެސް އެ ބައްޔަށް ފަރުވާއެއް ނުލިބި، ކިޑްނީ ބަދަލު ކުރަން ޖެހޭކަން ޑޮކްޓަރުން ވަނީ 2018 ވަނަ އަހަރު އޭނާ އަށް އަންގަވައިފައެވެ. އޭގެ ފަހުން މިދިޔަ އަހަރު އިހުސާންގެ ދެ ކިޑްނީވެސް ފެއިލްވެފައިވާ ކަމާއި، ކިޑްނީ ބަދަލުކުރަން ޖެހޭކަން އޭނާއަށް ޑޮކްޓަރުން އެންގެވިއެވެ.
މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ހަފްތާއަކު ތިން ދުވަހު ޑަޔަލިސިސް ހަދަން ޖެހުމުން، ބޯޓް ކެޕްޓަނެއްގެ ވަޒީފާ ދޫކޮށްލިއެވެ. އެއީ ގިނަ ވަގުތު ކަނޑުމަތީގައި އުޅެން ޖެހޭ ވަޒީފާއަކަށްވުމާ ގުޅިގެންނާއި އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.
ކިޑްނީގެ ބަލިތަކަށް ފަރުވާ ކުރަން ބޮޑެތި ހަރަދުތަކެއް ހިނގާ އިރު، އިހުސާން ކުރިން އަދާކުރި ވަޒީފާއިން ވަކިވުމާއި، އޭނާގެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ ވަރުގެ ތަނަވަސް މީހަކު އިހުސާންގެ އާއިލާގައި ނެތުމާ އެކު، އިހުސާންގެ ފަރުވާއަށް ހިނގާ މާލީ ހަރަދުތައް ކުރުންވެފައި ވަނީ ދަތި ކަމަކަށެވެ.
ސަރުކާރުގެ ފަރާތުން އިހުސާންގެ ބައްޔަށް ރާއްޖެއިން ބޭރުން ފަރުވާ ކުރަން އާސަންދަ ލިބުމުން އޭނާ މި ވަގުތު ހުރީ އިންޑިއާގެ ޗެންނާއީގައެވެ. އިހުސާނަށް އޭނާގެ ގާތް މީހަކު ކިޑްނީއެއް ދޭން ނިންމާފައި ވާއިރު، ސަރުކާރުން ދޭ އާސަންދައިން ކަވާ ނުކުރާ ބައެއް ބޭސްތައް އިހުސާންގެ ފަރުވާއަށް ހޯދަން ޖެހެއެވެ. އަދި އޭނާގެ ފަރުވާ އަށް ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވާ އިރު، އެކަމަށް ކުރާ ހުރިހާ ހަރަދަކަށް ބޭނުންވާ ފައިސާ ހޯދަން އިހުސާން އަށް ވަނީ އާންމުންގެ ދީލަތި އެހީއަކަށް ބޭނުންވެފައެވެ.
އިހުސާންގެ އެކައުންޓް ނަމްބަރަކީ 7704278156101، އަދި 7730000112943 އަކީ އޭނާގެ ޑޮލަރު އެކައުންޓެވެ. އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ 7993599 އަށް ގުޅުމަށް އޭނާ ވަނީ އެދިފައެވެ.
އިހުސާންގެ އެދުމަކީ ހުރިހާ ފަރާތްތަކުން ވެސް އޭނާއަށް ހެޔޮ ދުއާކޮށްދިނުމެވެ.
މާތް ﷲ އިހުސާން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން!
ދިވެހި މަހުޖަނުން އެބައިމީހުންގެ ފައިސާއާއި މުދާ ރައްކާތެރިކުރުމަށް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކިބައިން ސިޔާސީ މަދަދަށް އެދޭއިރު އެފަދަ ކަންކަން އެބައިމީހުންނަށް ހަމަޖައްސައިދިނުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑުން މިލިޔަނުން މިލިޔަނުން ފައިސާ އެމީހުންގެ އަތުން އަތުލައެވެ އަދި ދޭންވެސް ދެއެވެ. މިފައިސާ މިފަދަ ނިކަމެތިންގެ ހާލަތު ރަގަޅުކުރުމަށް ދޭނެނަނައެވެ. މަދަދަކަށް އެދި ސަލާންޖެހުމުންވެސް ދިއްކޮށްލާނީ ގިނަވެގެން 200 ޑޮލަރުގަނޑެވެ. ސިޔާސީ ހިމާޔަތަށް ދޭ މިލިޔަނުން މިލިޔަނުން އުކާލާ ފައިސާގެ އެއްވެސް ޝިފާއަތްތެރިކަމެއް ނެތްކަން އެބައިމީހުނަށް އިހުސާސްވާއިރު މާލަސްވެދާނެއެވެ.
ﷲ އޭނަ އަށް ރަހްމަތްލައްވާ ޝިފާ ދެއްވާށިއެވެ
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން
އާމީން
ކޮބާހޭ ފަންޑްފޮށި ހުއްޓުވަންވީވައުދު..ރައީސް މީހާއަށް ހަދާންކޮއްދީބަލަ މިވައުދު ނުފުއްދާއޮތީ....ނޫސްވެރިންގެ ޒިން މާ އަދާކޮއްބަލަ 4ވަނަބާރުގެގޮތުން..ސަރުކާރާ ރައީސްއަށް ސަނާކިޔާ ސަރުކާރުގެ ވަތުބަތާނަގެ މިލަފިލުވަން އެކަނިތިބިގެން ޒިން މާއަދާނުކުރެވޭނެ..ސަރުކާރުން ލިޔެފަދިންގޮތަކަށް ސުރުޙީއަޅު މަކުން ރައްޔިތުންނަ ކަންކަން އޮޅުވައެއް ނުލެވޭނެ..ރައްޔިތުން ނިކަ މެތިކަން އިތުރުވެ ބިކަވެއްޖެ..ބޮޑެތިބަލިތަކު މީހުންނަ އާސަންދައިން ލިބެ މުންދިޔަ ކިތައް މެކަ މެ މިހާރު ނުލިބޭ...އައިޖީއެ މްއެޗް އިންޑިޔާއަށް ވިއްކާފަ އާސަންދަ އެ މީހުންނަދީފަ ދިވެހިރުފިޔާ ޑޮލަރަށް ބަދަލުކޮއްގެން އިންޑިޔާއަށް ގެންދިޔު މުން ރައްޔިތުންގެ ސިއްހީފަރުވާ މެކުހަށްޖެހުނީ...
ކޮބާތަ ރަށު ކައުންސިލަރުންނާ ރައްޔިތުންމަޖިލީހުގެ މެ މްބަރުންނާ ދެންވެސް މި ދިވެހި ރާއްޖޭގަ ތިބި ބޮޑެތި ވިޔަފާރިވެރިން. މި މީސްމީހުން ރފ ފުނިފުންޏަށް ޖީބަށް އަޅަމުންދާއިރު ދެދުވަހުން އެއްދުވަހު އެއްރިޒޯޓުން ނޫނީ ކޮންމެވެސް ބޭރު ގައުމަކަށް ގޮސް ހިތް އުފާކޮށްލައިގެން އެތައް ލާރިއެއް ތަޅާ ބުރުވާލާފަ އަންނައިރު ނިކަމެތި ރައްޔިތުމީހާ މަރާ ހަގުރާމަ ކުރަމުންދާއިރުވެސް އަތުން ބައިލޯ ލާރިއެއްވެސް ދޭން ކެރެނީނުން...ތިމާޔައް ދެއްވާފަރާތަކީ މާތްﷲ ކަމާ ތިމާ އެއަށް ހަރާންކޯރު ވުމުން ތިމާޔައް ހުރި އަޒާބު ނޭގެނީތަ.... މުއްސަދިންގެ ބޮލުގަ އެޅިފައޮތް ހައްގެއް ތިމާގެ ދީލަތި އެހީއައް ބޭނުންޖެހިފަވާ ނިކަމެތިންނަށް އެހީވުމަކީ...ނިކަމެތިންނަށް ހެޔޮހިތުން އެހީވާމީހާޔަށް ދެދުނިޔޭގަ ވެސް އެކަމުގެ ހެޔޮ ޖަޒާ ދެއްވާނެކަން ކީރިތި ގުރުއާނުގަ މާތްﷲ ވަނީ ވ ތަފުސީލުކޮށް ބަޔާންކޮށްދީފަ...
އަހަރެންގެއަތުންނަންގަވާ ޖީއެސްޓީފައިސާއިންބޭނުމެއްނުވޭ ކުޅިވަރަށްޚަރަދުކޮށް ﷲ އެދިނުލައްވާ
ކަމެއްގައި ޚަރަދުކުރާކަށް ބޭނުންވަނީ ހާލުގައިޖެހިފައިވާ މިފަދަފަރާތަކަށް ޚަރަދުކުރަން ނަމަވެސް
މަޖުބޫރީހާލަތެއްގައި އަތުންނަންގަވާފައިސާއަށް ފަހުންބާރެއްލިބުމުގެ އެއްވެސްއުސޫލެއްނޯވޭ ވީމާ.
ފައިސާތަށްނަންގަވާފަރާތުން ވަކިފަރާތަކާޙަވާލްކުރުމުން އެފަރާތުން އެފައިސާވެސްހިމެނޭގޮތުން
ބައެއްފަހަރުހީވޭ ޚަރަދުކުރައްވާބޭފުޅަކު ޚަރަދުކުރައްވަނީ އެބޭފުޅެއްގެ އަމިއްލަފައިސާހެން ކިހާދެރަ
ހާލުގައިޖެހި