ޖެކްލިން ފަރާންޑޭޒް އޭނާގެ މޭކަޕް އާރޓިސްޓުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ކާރެއް ހަދިޔާކޮށްފިއެވެ.

ޖެކްލިން ފަރާންޑޭޒްގެ މޭކަޕް އާރޓިސްޓްވަނީ ޝާންވަނީ މިކަން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

https://www.instagram.com/p/BhgS3cEDnLi/?utm_source=ig_embed

ރޭސް 3 އަދި ކިކް 2 ފަދަ ބޮޑަތި ފިލްތަކެއްގެ ޝޫޓިންގައި ބިޒީކޮށް އުޅެމުންދާ ޖެކްލިން ފަރާންޑޭޒްއަކީ އޭނާގެ ޓީމްގެ މެންބަރުންނަށް ވަރަށްވެސް ހިތްހެޔޮ މީހެއް ކަމަށް އެޓީމްގެ ގިނަ މެންބަރުން ބުނެއެވެ، މިގޮތުން ގިފްޓްދުނުމަކީ އާއްމު ކަމެއްކަމަށްވެސް މިމީހުންބުނެއެވެ.

ޖެކްލިން ފަރާންޑޭޒްގެ ދަނީ އޭނާގެ މޭކަޕް އާރޓިސްޓާއެކު ގިނަ ޕޮޓޯތަކެއް ޕޯސްޓް ކުރަމުންނެވެ. އަދި ގިނަ ބަޔަކު ބުނަމުންދަނީ މިދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި ޕުރޮފެޝަނަލް ރިލޭޝަންޝިޕެއް ނޫންކަމަށެވެ، މި ގިފްޓާއެކު މިވާހަކަތަކުގެ އަޑު މިވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު