"ކަތިނަޒަރުން" ގިނަ ބައެއްގެ ހިތްތަށް ފަތަހަ ކުރި ޕްރިޔާ ޕްރަކާޝް ވަރިއާ ބޮލީވުންޑްގެ ރަސްގެފާނު ޝާހްރުކް ޙާން އާއި އެކުގައި ފިލްމެއް ކުޅެން ބޭނުން ކަމުގައި ބުނެފިއެވެ.

މި ހަފްތާގައި އާންމުކުރި "އޮރޫ އަދާރް ލަވް" ކިޔާ ފިލްމެއްގެ ލަވައެއްގެ މަންޒަރެއްގައި ކަތި ނަޒަރުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނި އެތަށް ބައެއްގެ ނަޒަރު ވަނީ ޕްރިޔާއަށް ހުއްޓިފައެވެ. ނަތީޖާއެއްްގެ ގޮތުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޕްރިޔާ ވަނީ މުޅި ދުނިޔޭގައި ވެސް މަޝްހޫރުވެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޮން" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔާ ވަނީ ކަތި ނަޒަރުގެ ސަބަބުން އޭނާ މަޝްހޫރުވެއްޖެ ކަމަށާއި އެންމެ ރެޔަކުން ލިބުން ބޮޑު ކާމިޔާބީ ބަލައިގަންނާނެ ގޮތެއް އަދިވެސް ނުވިސްނޭ ކަމުގައި ބުނެފައެވެ.

އަދި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ބޮލީވުޑްގައި މަސައްކަތްކުރުން ކަމަށާއި ޝާހްރުކް ހާން އާއި ރަންވީރު ސިންގް ފަދަ ތަރިންނާއި އެކު ފިލްމު ކުޅެން ބޭނުން ވާ ކަމުގައި ބުންޏެވެ. ބޮލީވުޑްގެ ފިލްމަކުން ޖާގައެއް ލިބިއްޖެ ނަމަ ހިންދީ ފިލްމު ކުޅޭނެ ކަމަށްވެސް ޕްރިޔާ ބުނެފައިވެއެވެ.

ޕްރިޔާގެ ކުޅުނު ފުރަތަމަ ފިލްމުގެ ލަވައިން ލިބުނު ބޮޑު ސަމާލުކަމާއި އެކު އެއް ދުވަހުގެ ތެރޭގައި އޭނާ އިންސްޓަގްރާމުގައި ފޮލޯކުރާ މީހުންގެ އަދަދު ވަނީ 2.9 މިލިއަނަށް އަރާފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމަ

    އޮއްސޭލެއް އަވަސްވާނެ ތިހާއަވަހައްފޯދުނީމަ

  2. މާމަ

    މޮޔަފުޅުވަނީތޯ މިތިންދުވަހު ބައްލަވައިގެހުންނަވާފައި ހަމަވިސްނުންއައީތަ އަދިވެސް ތިހުންނެވީ ހަމަޔަކުނޫން