މާފުށީ މަގުމަތީގައި މަސްތުވެގެން، ނިވާކަން ކުޑަކޮށް އުޅުނު އިނގިރޭސިވިލާތުގެ އަންހެން މީހާ އަކީ "އާދައިގެ މީހެއް ނޫން" ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާފުށިން ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ސެސިލިއާ ޖަސްޓްޒެމްބްސްކާ އެވެ. ސެސިލިއާ އަކީ "ޓްރެވަލް ބްލޮގާ" އެކެވެ. އޭނާ އެކި ތަންތަނަށް ކުރާ ދަތުރުތަކާއި ބެހޭ ގޮތުން ވަރަށް ތަފްސީލް ލިޔުންތައް އޭނާގެ ބްލޮގްގައި އާއްމު ކުރަމުން ގެންދެއެވެ.

އެހެންކަމުން ސެސިލިއާއަށް މާފުށީގައި ދިމާވި ހާދިސާގެ ސަބަބުން އެރަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސެސިލިއާ މާފުށީގައި ހިންގި އަމަލުތަކަކީ ސަމާލުކަން ހޯދުމުގެ ގޮތުން އޭނާ ކުރި ކަމެކެވެ.

މާފުށީގައި ސެސިލިއާ އަށް ދިމާވި ކަންތައްތަކާއި ގުޅޭ ގޮތުން އޭނާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ސެސިލިއާ ރާއްޖެ އައީ ހަފްތާއެއްގެ ޗުއްޓީއަކަށް ކަމަށް ވެއެވެ. ނަމަވެސް ޗުއްޓީގެ ތިން ވަނަ ދުވަހު ދިމާވި ހާދިސާ އާއި ގުޅިގެން ޗުއްޓީ ކުރުކޮށްލުމަށް ފަހު އޭނާ ވަނީ ޖެހިގެން އަދި ދުވަހު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ.

ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވެއެވެ. އޭނާގެ ރަސްމީ ވަޒީފާ އަކީ ބައެއް ޤާނޫނުތަކުގައި ހިމެނޭ ކަންކަމަށް ޚިޔާލާއި މަޝްވަރާ ދިނުމެވެ.

ބިކިނީ ލައިގެން އުޅުނު ފަތުރުވެރިއަކު ބިޑި އަޅުވައިގެން ހައްޔަރުކޮށްފި

ސެސިލިއާ އަކީ ބައެއް ޓީވީ ޝޯތަކުން ވެސް ފެނިފައިވާ މީހެކެވެ. އޭނާ 2018 ވަނަ އަހަރު ކުޅުނު ޓީވީ ޝޯވއެއްގައި ފުރަތަމަ ޑޭޓަށް ގޮސް ފިރިހެން މީހާ ބިލް ދެއްކުމާއި ދެކޮޅަށް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް މީޑިއާގެ ސަމާލުކަމަށް އޭނާގެ ނަން އެރިއެވެ.

ވަރަށް ގިނަ އަންހެން ވަނީ ސެސިލިއާ "އަންހެނުން ބާރުވެރި ކުރުވަން" އެ ޝޯވ ގައި ދެއްކި ވާހަކަތަކަށް ތައުރީފް ކޮށްފައެވެ.

ސެސިލިއާ ހައްޔަރު ކުރުން އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން "ބޮޑު މައްސަލައަކަށް" ހަދާފައި ވީނަމަވެސް އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތައް ބައެއް ފަރާތްތަކުން އަންނަނީ ތައުރީފް ވެސް ކުރަމުންނެވެ.

ބިކިނީގައި ހުރި ފަތުރުވެރިޔާގެ މައްސަލަ: އިމްރާންގެ ވާހަކަ ނަޝީދަށް ގޯސް

ކިޔުންތެރިންގެ ހިޔާލު

116 ކޮމެންޓް

  1. ޢަންސާރު

    ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް

    375
    7
    • ބޭބެ

      މިހާރު ވަރަށް ސާފު! ހަމަ ދިވެހި ސަރުކާރުގެތެރެއިން ބާރުހުރި ބަޔަކު ރާވައިގެން ހިންގި ބޮޑު ޖަރީމާއެއްކަން ސާފުމިވީ! ލާދީނިއްޔަތު ފަތުރަން ރާވާފައިވާ ރޭވުމުގެތެރެއިން ކަމެއް މިއީ!!

      372
      18
      • Anonymous

        އެހެންވެ ހަމީދު މާފަށް އެދުނީ އެހާ އަވަހަށް

        240
        7
    • ސަޓޯ

      މިއީ އަންނި ރާވައިގރން ކުރި ކަމެއް

      98
      10
    • Anonymous

      ކެނެރީގެ ބުއްޅަބޭ އަށް ދޮން މީހުން ރާއްޖެ ގައި ކޮންމެ ގޮތަކަށް އުޅުނަސް އޯކޭވިޔަސް ދިވެހީން އޯކޭއެއްނޫނޭ

      39
      2
  2. ކުނބުރާން ކޮށާމީހާ

    އެއީ އަހަރެމެން ބަލަންޖެހޭކަމެއްނޫން އެނަކީ ކާކުކަން އޭއަކީ ތިފެންވަރުގެ މީހެއްނަމަ ހުންނަނީ އިސްލާމީގައުމުތަކުގެ ސަގާފަތާ އިސްލާމީ އުސޫލަތައް ރާއްޖޭގެގާނޫނުތައް ހިތުދަސްވެފަ ހަގީގަތުގަ މާފައްއެދެންޖިހޭނީ އެއަންހެންމީހާ އެނައަކީ ތިފެންވަރުގެ މީހެއްނަމަ އެކުރީ ވަރައް ދަށުދަރަގައިގެ އަމަލެއް ވަރައް ގޮތެއްފޮތެއްނެތް މީހެއް

    643
    10
    • ފަރުދެއް

      ރާއްޖެއެތެރެވުމުން ހިގާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ދަތުރަސް ފަތުރަސް ވާންޖެހެނީމިގޮތް:އިންސާﷲ

      30
      1
  3. ކުޑަ ގޮޅާ

    ތީ އަހަރެމެން ކުރިމަތީ ހައްޕުނޑު އެއްނު.

    417
    6
  4. މާރިޔަތު

    ހެޔޮ. ތިކަހަލަ މީހުންނަށް އެއްވެސް ގައުމެއްގައި އެއްވެސް ހަރުދަނާ ބަޔަކު އެއްބަހެއްނުވާނެ.
    ތިއީ މުޅިން ސަމާކުކަން ހޯދަން ކުޅޭ ޑްރާމާ.

    345
    7
  5. ފަޒީލް

    ތިމީހާގެ ހަގީގީ މަގްސަދު މިހާރު ވިސްނިއްޖެ. މިއީ ސުކުރިޕްޓު ކޮއްގެން ރާވައިގެން ހިންގި ޖަރީމާއެއް.. ވީޑިއޯ ކުރިމީހާވެސް ތިކަމުގައި ބައިވެރިވާނެ.

    312
    9
  6. ސިލްސިލާ

    ކޮން ސިލްސިލާ އެއްޗެކޭ ކިޔާކައްތަ.. ކޮންމެ އެއްޗެއްގައި ލިޔާއުޅުނެއްކަމަކު މިރާއްޖޭގައި އޮންނަ އުސޫލުތަކައް ތަބާވާންޖެހޭނެ...

    323
    7
  7. ޣާލް

    މީ އިންޝާ ﷲ ފުލުހުންގެ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބޭނެކަމެއް.

    336
    6
  8. ޢަޖައބު

    ސީދާ ނަށީދުގެ ޜޭވުން ބިކިނީގަ ރަށުތެރޭ އުޅެވޭގޮތް ހެދުމަކީ އޭނަ ދެކޭ ހުވަފެނެއް.

    288
    26
  9. މމ

    ތިހާ މަޝްހޫރު މީހެއް ކީއްކުރަން އާދައިގެ މީހުން ދާ ރަށަކަށް އެ ދިޔައީ???

    335
    8
  10. ގުއި

    މީނަ މީ ކޮންމެ ޒާތެއްގެ މީހަކަސް މީނަޔައް އެއަމަލު ހިންގަން ބާރުލިބުނު ގޮތެއް އޮންނަންވާނެ ދޯ....ބުއްޅަބޭގެ އަނެއްދިވެހިރާއްޖެ އައް މިގައުމު ބަދަލުކުރީމަ މިކަހަލަ މީހުނައް އެޒާތުގެ ކަންތައްކުރަން ކެރެނީ....ހިތުހުރިހާގޮތަކަށް އުޅުމުގެ މިނިވަންކަން އެ ކާފަރުނައް ދީފަ ކެނެރީގެ ނަޝީދު އޮތީ މ.ޑ.ޕ ވެރިކަމަށް އައިފަހުން...މީ އޭނަ ބޭނުންވާގޮތް...މިބޭނުމުގަ އެ ލާދީނީ ކާފަރުނަށް މި ގައުމު ވިއްކާލީ....އެހެންވެ އޭނަ މީހާރު ހޯމް މިނިސްޓަރުގެ ވާހަކަޔާހުރެ އެހާކަންބޮދު އެވަނީ....ކޮބާތަ އިބޫ ކިބޫ...(އަންނިގެ ޕަޕެޓް) ނެތްތަ މިކަމާމެދު ބުނެލާނެ އެއްޗެއްވެސް....

    203
    13
  11. އަންނި

    މަ ކުރީގަ ވެސް ބުނިން، އެއީ ކެނެރީގޭޖާލުގެ ރޭވުމެކޭ. ގުނޫތު ކިޔަންވީ އަންނި ދަލުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާތޯ

    212
    14
  12. އަލީ

    އެނގޭ އޮރިޔާމުން އާދައިގެ މީހުން ނޫޅޭނެކަން

    172
    6
  13. ހުސޭނުބޭ

    އާދައިގެ މީހެއްނޫން! އެއަށްވުރެ މާ ހަޔާތކޑ އެއްޗެއް! މިހާރު އެގިއްޖެ! އެހެންވެ ދޯ ބިކިނީގައި ރަށުތެރޭގައި އުޅޭނީ ނުވިތާކަށް ފުލުހުންނާ ދިމާލަށް ރޯ އަވަގުރާނަ ގޮވާނީ!

    218
    4
  14. ޖަހާލަތު

    ދިވެހީން ޖާހިލުކަން މަތީގަ ކުރިއަށް

    47
    125
  15. އިކުލީލް

    އެޖެންޑާ ނަވާރަ އިގިރޭސިންނާއި ގުޅިގެން ކުރިއަށް. އިޤްތިސޯދު ފުނޑާލާފައިނަމަވެސް ހަޤީޤީ އެޖެންޑާ ނަވާރަ ސަރުކާރު ގެންނަން އުޅޭމީހާ އެކަން ކުރާނެ. ނެކްސްޓް ޓާގެޓް އިޒް އިމްރާން.

    165
    8
  16. ދީބު

    ކިތައްމެ މަތީ މީހަކަސް މި ގައުމުގައި އުޅެން ޖެހޭނީ މިތަނުގެ ޤަވާއި ދުތަކާ އެއްގޮތަށް. ެ

    209
    4
  17. ހާދީ

    ބަލަގަ އޭނަޔަކީ މާކަލްޖެކްސަން އަށްވިޔަސް މިތާގަ މިގައުމުގަ އަހަރެމެންގެ ރަށުގެ ރަށްމެދުގައި ޖަނގިޔާކޮޅު ލައިގެން ނުހިނގޭނެ.

    192
    5
  18. މާމިގިލީ މީހާ

    ކޮން ސެސިލީއެއް ތަ. މީއީ ދިވެހިންގެ ގައުމޭ.

    194
    3
  19. ލުގުމާން

    އާދައިގެ މިހެއްނޫނޭ! ކިހާވަރެއްގެ މީހެއްބާތީ. ތިޔަހާގަދަމީހުން މާފުށިކަހަލަ ތަންތާގަ ހޮލިޑޭހަދާބާ؟

    163
    4
  20. ވަގުތުކިޔާމީހާ

    މާފުށީ ހާދިސާގެ ނުފެންނަ ފަރާތް: ފުލުހުންނަށް ތައުރީފް ޙައްޤު، ދެކޮޅަށް ނުލިޔެ ކޮންމެވެސް އެއްކޮޅެއް ނަގާބަލަ، އަހަރެމެންނައް އޯކޭ އެކޮންމެ މީހަކަށް ވިޔަސް

    92
    4
  21. ބޯކިބާ

    ޑޮނަލްޑް ޓްރަމްޕް ނުވަތަ މޯދީކަހަލަ މީހަކުވިއަސް ނިވާކަންކުޑަ ހެދުމުގަ ރަށުތެރޭ އުޅެންޏާ ޖެހޭނީ ހައްޔަރުކުރަން. އިނގިރޭސި މިވެނިމީހެކޭ ބުނީމަ އަހަރެމެން ބިރުން ތުރުތުރުއެޅި ޒަމާނެއްނޫން މިއީ. އަދި ދެތިން އަހަރަކުން ރާއްޖޭގެ ޓުއަރިޒަމުގަވެސް މާބޮޑު ހިއްސާއެއް ކުރާނެ ގައުމެއްނޫން ތިޔަ އިނގިރޭސިވިލާތަކީ. ދުނިޔެ ބަދަލުވެއްޖެ.

    117
    2
  22. ޗާލީ 13

    އާދައިގެ މީހެއް ނޫނޭ ތިކިޔަނީ ޔޯ، ގާނޫނު ހަދާ މީހެއްހަކަށްވީމަ ކޮންމެހެން ނުޖެހޭ މި ދިވެހިރާއްޖޭގެ ގާނޫނު މުގުރާކަށް، ކޮންމެ މީހެއް ކަމަށްވިޔަސް ދިވެހިން ޢަމަލުކުރާނީ ދިވެހިންގެ ގާނޫނު ހިމާޔަތް ކުރަން. އެމަންޖެއަކީ ކޮންމެ މީހެއް ކަމަށް ވިޔަސް މިރާއްޖޭގެ ރަށްރަށުގެ މަގުތައް މަތީގައި އޮރިޔާމުން އުޅުމުގެ ހުއްދައެއް އޭނަޔަކަށް ނޯންނާނެ. ފުލުހުން ކަންތައް ކުރީ ރަނގަޅަށް. ރާއްޖެތެރޭގެ ތަށްތަކުގައި ނުތިބޭ އަންހެން ފުލުހުންނެއް އޭނަ އަންހެނަކަށް ވީތީ މާލެއިން އަންހެން ފުލުހުން ގެނެސްގެން އޭނަ ހައްޔަރު ކުރާކަށް ނުޖެހޭ..

    106
    4
  23. ހޮޅިތެރޭ ބެދިފަ އޮތްމީހާ

    މަތިން ފޭބި މީހަކަށް ވިޔަސް ކަން އޮތީ މިހެން! #ނަމަ

    73
    5
  24. ބޯކިބާ

    ރާއްޖޭގަވެސް އުޅޭ ތިކަހަލަމީހުން. ކުއްޔަށް މަހަކު ލައްކައިން ލިބޭ ބައެއް އާއިލާތަކުގެ ކުދިން އުޅޭނެ ޔޫރަޕު ތަންތާ އަތުންފައިން ކަމެއްނުކޮށް. ދެން އެހެން އުޅެފަ ރާއްޖެ އަންނަފަހަރެއްވިއްޔާ ކޮންމެހެންވެސްޖެހޭ ނޫސްތަކަށް އަރަން، ދެން މިކަހަލަ ގޭސްގަނޑެއް އަނބުރައިގެން އެމްނެސްޓީއާއި އީޔޫއަށް ސިޓީލިޔެގެން އެމީހުން އައިސް ގެންދާނީ.

    66
    2
  25. ފުލީސް

    މާފުށީގައި ބިކިނީގައި އުޅެނިކޮށް ހައްޔަރުކުރީ "އާދައިގެ މީހެއް ނޫން" ބޮއިގެން އޮރިޔާމުން އުޅުނު ހިމާރެއް!

    108
    3
  26. ކޭޑީ

    އެއީ ކާކު؟ ކިހާވަރެެއްގެ މީހެއް؟ ކޮންތާކުން އައިމީހެއް؟
    ހާއްސަ ބާރެއް ލިބިގެންވާ މީހެއްތޯ؟ މި ދިވެހިރާއްޖޭގަ ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދު ތަކަށް ބޯލަބަން ނުޖެހެނީތޯ؟

    75
    2
  27. ފަރަަަަހަ

    ދަކަަަަަހަލައަދުެސެ

    12
    2
  28. އެދުރު

    ތީ ބާދައިގެ މީހެއްތާ އެހެން ވީއިރު. ބްލޮގެއް ހަދައިގެން އެއްޗެއް ލިޔުނަސް ،ދިވެހި ފުލުހުން ޖެހިލުމެއް ނުވާނެ ، ކެނެރީގެ ނަޝީދު އާ ސެސިލިއާ އާ ދެމީހުން މަހަށްދޭބަލަ

    66
    2
  29. ޢަލީ

    ފާޑުފާޑަށް ކޮޅުދިގުކުރާބެކަމެއްނެތް މިއީ ދިވެހިރާއްޖެ މީ އިގިރޭސި ވިލާތެއްނޫން އޭނަ ލޮޔާނެއެއްޗެއް ލިޔަންވީ ދިވެހިންގެ ގައުމިއްޔަތާ ދިވެހި ދިދައިގެ ކަރާމަތަކާ މި ފަސްގަނޑުގައި ހުރެ ނުކުޅެވޭނެ ރަނގަޅަށް އެހެދީ މިއީ އަދިކާކު ކޮސްނުގޮވާ އޭނަ އެކަންކުރީތީ އެކަމާ ދެލޮޅަށް ލިޔެބަލަ އޭރުން މާރަނގަޅުވާނެ ?

    58
    3
  30. ادم نبيه

    ސުވާލަކީ ސަމާލުކަން ހޯދަން ވެސް އޮރިޔާންވެ މީހާގެ އިއްޒަތާއި ޤަދަރުހޭ ނެތިކޮއްލަންވީ. ތީ އައު ކަންކަމެއް ނޫނޭ އެ ތަންދޮރު ނުދަންނަ ޖާހިލުންނަށް. އެ މީހުން ގެ ހުރިހާ ވެސް މޮޅަކީ މިއަދު ބޮޑު ފިތުނަޔަކަށް ވެފައިވާ ޝޯޝަލް މީޑިޔާގައި ފޮލޯވަރުންގެ އަދަދު އިތުރުކުރުން.
    އެ މީހުންނަށް ފޮލޯކޮއް އެ މީހުންގެ ފިޔަވަޅުތަކަށް ތަބަޢަ ވާނީ ހަމަ އެމީހުން ކަހަލަ ޖާހިލުން.
    އަހަރުމެން ބަލަންވީ އުޑުތަކުގައިވާ މަލާއިކަތް ބޭކަލުންނާއި ބިމުގައިވާ ހެޔޮލަފާ ސާލިހުން އަހަރުމެންނަށް ފޮލޯކޮއް އަހަރުމެން ދެކެ ލޯބިވެ އަހަރުމެންނަށް ހެޔޮ ދުޢާކުރާނެ ގޮތެއް.
    ތި ކަހަލަ ޖާހިލުންނަށް ފޮލޯކުރާނީ ހަމަ ތިކަހަލަ ޖާހިލުން. ވަރައް ވާހަކަ.

    73
    3
  31. ސަންތިމަރިޔަބު

    ގާނޫނުގެ ކިބަޅި ފަރާތް ވެސްނޭގޭ މީހަކު ދޯ އިގިރޭސިވިލާތުގެ ބައެއް ގާނޫނުތައް ހަދަން ލަފާދޭން މިހުން ނަނީ އެހެން ގައުމުތަކުގާއިވެސް ގާނޫނު ތަކާއި ގަވާއިދުތައް ހުންނަކަމެއް މި ދާތަޔަނޭގޭދޯ ތިހާ ކެރޭ ދާއިތައެއް ވިއްޔާ އަމިއްލަ ގައުމުގާ ތިގޮތައް އުޅެލަބަލަ ހަމަ ހިލާނުކެރޭނެ ތިޔައީ ބޮޑުވެގެންވާ ރޭވުމެއް
    ހަމަހިނިއަންނަނީ

    54
    2
  32. Anonymous

    އަވަސް ގޮތަކުން މިލާދީނީ ސަރުކާރު ނިމިގެން ދިއުން މިންވަރު ކުރައްވާށި އާމީން

    81
    9
    • Anonymous

      އާމީން

      18
      2
  33. ކކ

    ހަމަ ހެދުންގޮތެއް ހަމަ ހަދަންވީ މިރާއްޖޭގަ ގުޅެވޭނީ މިރާއްޖޭގެ އުޅެންއޮންނަގޮތަށް . ކިހިނެއްވީތަ އިނގިރޭސިވިލާތުގައި އަހަރުމެނަށް އެމިނިވަންކަން ނޯންނަނީ . އޮޅިގެން ބޮލުން އިސްތައްޓެއް މަގަށް ވެއްޓުނަސް އަނބުރާ ރައްޖެ ނާދެވޭނެ . ބޮޑު އުނދަގުލެއް މީ ހުވާ!

    51
    4
    • ާމުހައްމަދު

      ޢިސްލާމީ ޤައުމެއްގައި ބޭނުންހައި ގޮތަކަށް އުޅެވިގެން ނުވާނެ.

      42
      2
    • ޢަޒުމް

      ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ.
      އޮޅުވާލުމުން ކުރިމަތިވާނީ މުސީބާތްތަކެވެ. ކެރިގެން ބުނާ ހެޔޮބަހަކުން ލިބޭނީ ސުލްޙަވެރިކަމެވެ.
      ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.
      ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.

      18
      1
  34. ޙައި

    ތިވަރު މީހަކު ކުރާނެ ކަމެއްނޫން އޭނާ ކުރީކީ. ބޮލޮގަރެކޭ މަޖިލީހޭ ކިޔާނެ ކަމެއްނެތް.

    24
    2
  35. ދޯ

    މިކަހަލަ ޚަބަރެއް ވެއްޖިޔާ ނިކަން ފޯރިޔާއެކު ކޮމެންޓް ކޮއްލާނެ މީހުން ވެޔޯލަ

    13
    7
  36. ބަލާ

    ކޮން ސެންސީލާ އެއް. ފުލުހުން ކަންތައްކުރީ ބަރާބަރަށް.

    37
    2
  37. Anonymous

    ރިޒްގް ދެއްވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ. ޔަހޫދީންނާއި ނަސޯރާއިންނެއް ނޫން

    46
    2
  38. ޞަބީ

    އިނގިރޭސިވިލާތުގެ ރާނީ ވިޔަސް ދިވެހި ބިމުގައި ހުސް ބިކިނީގައި އުޅެންޏާ ހައްޔަރު ކުރަންޖެހޭނެއެވެ.

    42
    2
  39. ކައުންސެލަރު

    ލާދީނީމީހުން ރާއްޖެ ފުނޑާލުމަށް ޖަހާމަޅީގައި އާންމު ދެރަ ނިކަމެތި ރައްޔިތުމީހާ ޖެހި ހަލާކުވަނީ. ދިވެހިންގެ ގަމާރުކަން އޭގެ އެންމެ އުހުގައި. މާދަމާވެސް ލާދީނީ މީހާ އެއްޗެއް ބުނާއިރަށް އެއީ މާމޮޅު އެއްޗަކަށް ހަދައިގެން ދުވަންފަށާނެ. ދިވެހިންގެ ގަމާރުކަމާއެވެ.!

    21
    5
  40. އާދަނު

    ކޮން ބިރެއް ތިގަންނަނީ، ރިޒުގު ދެއްވަނީކީ ތި ސެސިލީ އެއް، އިނގިރޭސިވިލާތެއް ނޫން. މޮޔަނުވެބަލަ.

    37
    3
  41. ސޭކްސްތާން

    ތިޔައީ ކެނރީގޭ ބުއްޅަބޭ ރާވައިގެން ހިންގާފަ އޮތް ޖަރީމާއެއް. ގެސްޓުންނަށް ރަށްރަށުގައި ބިކިނީގައި އުޅުމުގެ ފުރުސަތު ހޯދައިދޭން ކުރާ ކަމެއް ކަމަކީ. ނުބައި އެޖެންޑާއެއްގެ ތެރެއިން ހިންގިކަމެއް. ދެން ބުނާނީ މިތަނުގައި މިނިވަން ކަމެއް ނެތޭ ފަޅޮލޭ. ބުއްޅަބޭ ފުލުހުން ކުށްވެރިކުރަނީ އެހެންވެ.

    23
    4
  42. ގައުމުގެ ދޫ

    ތިމާގެ ބުއްދިއަކީ ސިޔާސީވެރިން ބޭނުންވާގޮތަށް ޗާބީދޭ އެއްޗެއްކަމުގާ ނުހަދަމާ. ހަަމަ ކޮންމެ ކަމެއް ވާއިރަށް ނަޝީދު، ޔާމީނު ނުވަތަ ގާސިމު؟ މިދެން ކޮންކަމެއް. މައުލޫއާ ގުޅޭގޮތުން ދައްކާނެ ވާހަކަ ނޭންގެންޏާ ހައްޕުކިޔައިގެން ހުރެބަލަ، ކުއްވެރިނުވާނެ!

    12
    10
  43. ޢަލީ

    އިސްލާމްދީނާދެކޮޅު ރޭވުންތައް

    27
    2
  44. މުހައްމަދު

    ކޮނމެ މީހަކަސް އެމީހަކު އެހެން ޤައުމަކަށް ހިނގައްޖެ ނަމަ ހުންނަން ޖެހޭނީ އެ ޤައުމެއްގައި ހެދިފައިވާ ޤާނޫނު ތަކާއި ޤަވަޢިދު ތަކުގެ ތެރޭގަ

    31
    2
  45. އަހްމަދު

    މި މުޖުތަމައު އަކީ އިސްލާމީ މުޖުތަމައެއް.ބޭނުންހާ ގޮތަކަށް ނޫލެވޭނެ

    29
    2
  46. އަނެއްރާއްޖެނިވާ

    މީތޯ އެވިދށޅުވށ އެޖެންޓް 19 ގެފެށުން މީއަންހެން އެޖެންޓެއްދޯ އަދިކިރިޔާ މިފަޅާއަރަނީ މި އެޖެންޓް 19 މިގެންނަނީ އެބުނާ ވިލާތު ކަރައިންކަން އެކަރާގައި މީސްތަކުން އެބައިތިއްބަނީ މެންޗަސްޓަސްގެ ފުޓްބޯޅަޔައް މުޅިގައުމު އަނބުރުވާލާފައި ވެރިން ފިނިކުރި ކޮޓަރިތަކުގައި ޓެކްސް ޕޭޔަރުންގެ ޓެކްސް ފައިސާއިން އިނާޔަތާ ހިމާޔަތާނަގައިގެން ދެން ކީއްކުަންތޯ މިކުޑަ ގައުމަކައިގެން އެއުޅުއްވަނީ

    21
    3
  47. އަނެއްރާއްގޫސް

    މީތޯ އެވިދށޅުވށ އެޖެންޓް 19 ގެފެށުން މީއަންހެން އެޖެންޓެއްދޯ އަދިކިރިޔާ މިފަޅާއަރަނީ މި އެޖެންޓް 19 މިގެންނަނީ އެބުނާ ވިލާތު ކަރައިންކަން އެކަރާގައި މީސްތަކުން އެބައިތިއްބަނީ މެންޗަސްޓަސްގެ ފުޓްބޯޅަޔައް މުޅިގައުމު އަނބުރުވާލާފައި ވެރިން ފިނިކުރި ކޮޓަރިތަކުގައި ޓެކްސް ޕޭޔަރުންގެ ޓެކްސް ފައިސާއިން އިނާޔަތާ ހިމާޔަތާނަގައިގެން ދެން ކީއްކުަންތޯ މިކުޑަ ގައުމަކައިގެން އެއުޅުއްވަނީ

    13
    3
  48. ހަހުރަ

    ގާނޫނު ހަދާ މަޖިލީހުގައި އުޅޭތީތަ މާވަރަކަށް އެ ފުއްޕީ؟؟؟

    27
    2
  49. ކިންގފިޝަރ

    ކޮމަންވެލްތުގައި އަލުން ބައިވެރިވުމުން އިގިރޭސީންގެ މުށުގެ ތެރެއަށް ވަންކަން އަންގާލުމަށް ކޮށްލި ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

    24
    2
  50. ހާއުފާ

    ސެސިލިއާ އޭނާގެ ޤައުމު ކަމުގައިވާ އިނގިރޭސި ވިލާތުގަޔާއި، އޭނާ މަސައްކަތްކުރާ ޤާނޫނު ހަދާ މަޖިލީހުގައި އެގޮތަށް ބަރަހަނާވެގެން ހޭބުއްދި ނެތިގެން އުޅުނުނަމަ އަހަރެމެންނަކާ ކޮން ބެހޭކަމެއް؟
    އަހަރެމެންގެ ޤައްމުގައި އޮންނަ އިސްލާމްދީނަށާއި، އެދީނުގެ ހަމަތަކާ އުސޫލުތަކަށް ތަބަޢަ ނުވެވޭ ނަމަ އެފަދައިން ޢަމަލު ކުރަންވާނެ. ތިމާގެ ގެނޫން ގެތަކަށް ވަދެވޭނީ އެ ގެއެއްގެ އަހުލުވެރިންގެ ކިބައިން ރުހުން ލިބިގެން. އަދި އެގޭގެ ޙުރުމަތް ނުހިފެހެއްޓޭނަމަ އެގޭގައި މަޑެއް ނުކުރެވޭނެ. މީ ހަމަޔާ އުޞޫލަކީ!

    22
    3
  51. ސާޔާ

    ތިކަހަލަ މިލިއަން ބްލޮގަރުން ދުނިޔޭގައުޅޭ. އޭނަކުރިކަންތަކުގެސަބަބުން އޭނާގެ އަގުވެއްޓިވެސްދާނެ. ހޫނޯސް

    17
    2
  52. އަޙްމަދު

    އިމްރާން ގޯސްވީ މިހެންވެދޯ! ރާވައިގެން ހިންގި ޖަރީމައެއް!

    17
    2
  53. ީއިބުރޭ

    ތިޔަ މަސައްކަތް ކުރަނީ ބިކިނީގައި އުޅުމާ ދެކޮޅު ހެދީމަ އަހަރެމެން ހިތަށް ބިރުވެރިކަން ވައްދަން އުތަ؟

    14
    2
  54. ހޫދު

    ތިވަަރު ރޯފިލާފަ ހުރިގައްޑާ މީހުން ތިބާވަތުގެ ދަށުދަރަޖައިގެ ކަންތަކުރޭތަ.... މީނަޔަފިވަޅު އަޅަނަވީ.......

    15
    2
  55. ވަތަނީ

    ނަސީދުގެ އަތެއް ތިކަމުގައި އޮތުން ވަރަށްގާތެވެ ތިބާވަތުގެ
    މައްސަލަތަކާއި ހަމަނުޖެހުންތައް އުފައްދައިގެން ސަރުކާރުގެ
    ސިޔާސަތު ތަކަށާއި އޮނިގަނޑަށް އޭނާބޭނުންވާ ބަފަލުތައް
    ގެނެސްގެން އެކަންކަމުގެ ނަފާ ހޯދަންއުޅުމަކީ ރާއްޖެއަށް
    އެތަށްގޮތަކުން ބޮޑެތިގެއްލުންތައް ކުރިމަތިވާނެ ކަމެކެވެ.

    15
    2
  56. ހަމީދު

    މިރާއްޖެއަށް ބިކިނީ ތަޢާރަފުކުރަން އެ ބޮލުރޮދި ނކެނޑިފަވާ ސޮނިތަކުރު ކުރާމަސައްކަތް މާތްﷲ ގެ ވާގިފުޅާއެކު ދުވަހަކުވެސް ކާމިޔާބެއް ނުވާނެ.

    13
    2
  57. ޢާދަނުބެ

    ސަރުކާރު އަޑީގަ އޮވެގެން ރާއްޖޭގަ މިނިވަންކަން ނެތްކަން ދައްކަން ކުރިކަމެތް ތިހާ މަތީ މީހެތްނަމަ އާދައިގެ ރަށަކަށް ނާންމާނެ ތީ ހަމަ ކުޅުނު ޑުރާމާއެތް

    11
    2
  58. އަލިފު!

    ތި ބިކިނީ ކަސްބީ އަންހެނާއަށްވުރެ މާމަޝްހޫރު އެތައްބައެއް ވަނީ އިސްވެގޮސްފައެވެ. ޒިނޭޚާނާ ތަކުގައި އޮރިޔާމުން ތެޅިއަރުވަައި އުޅޭ ކަސްބީން މަޝްހޫރުވާނީ ހަމަ އެކަހަލަ މީހުންގެ ކުރިމަތީގައެވެ. މިހާރު އެކަހަލަ މީހުންތިބޭނީ ޓުއަރިޒަމަށް ހިޔަނި އެޅި ޑޮލަރު ނުލިބިދާނެތީވެ. ޝައިތޯނާގެ ކިބައިގާ ޝަކުވާކޮށްލަ ކޮށްލައެވެ. އެކަހަލަ މީހުންވެސް ބުނާނެ މަމީ މުސްލިމެކެވެ. (ނަންމުސްލިމްރާއްޖެ!)

    14
    2
  59. ޒާ

    ތީ މަށަކަށް އެއްވެސް މުހިއްމު މީހެއްނޫން. އޭނާއަށް އޭނާ ފެނިފައިހުއްޓަސް. ވަރަށް ގޮތެއްނެތް މީހެއް، ހަމަ ސުމެއް.

    17
    2
  60. ޙަސަން

    އާ މީ އާދައިގެ މީހެއް ނޫނެވެ، މީ ކެނަރީގެ ނަސީދުގެ އެކުވެރި އިގެރޭސި ވިލާތަށް އުފަން ބޮޑު ކާފަރަކެވެ، މި ކާފަރުގެ މަގުސަދަކީ ދިވެހިންގެ މި ރީތި ފޭރާން ވީދާލާ އޮރިޔާން ވުމެވެ.

    10
    2
  61. ސލްލް

    ކިތަންމެ ބާރު ހުރި މީހެއްވިޔަސް ގާނޫނަށް ބޯލަނބަން ޖެހޭނީ މިތަނަށް އައިއްޔާ. ރާވައިގެން ކުރިކަމެއް ކަމށް ލަފާ ކުރެވެނީ

    10
    2
  62. ޕޮލިސް

    މި އަންހެން މީހާ ޑީޕޯޓް ކުރަން ޖެހޭ. އެ ވާނެ އެހެން މީހުނަށް އިބުރަތަކަށް.

    12
    3
  63. ހަސަދު

    ބަ ލަ ބޮލޮގާ އަކަށް ވިއަސްމ ފިލްމް ސުޓާރަކްށް ވިއިސް ބޭރު ގައުމެއްގައި ހުއްދަ ނޫން ގޮތަކަށް އުޅެފިއްޔާ ކުރާނީ ހައްރު.

    12
    2
  64. ހަސަނާ

    ބިރުދަންކަންތަ ތިވާހަކަ ތިލިޔެލީ ދެން ދިވެހިރާއްޖޭގެ ގާނުނައް އޭނަބޯލަބްނުޖެހޭތަ އޭނާހިންގީހުއްދަ އަމަލެއްތަ ދިވެހިންކުރިމަތީގަ އޭނަހިންގީދަށުދަރަޖައިގެ އަމަލެއް ކުރިންވެސް އިގޭ ތިއަމަލުހިންގުމުގެ އަޑީގަ އެމްޑީ އެންގެ އަތެއްވާނެކަން.ހަގީގީ ތެރަރިސްޓުންނަކީ އެމްޑީއެން ގެ މެމްބަރުން އެމީހުން ހައްޔަރުނުކުރާހާހިދު ތިކަހަކަ ނުބައިރޭވުންތައްހިންގާނެ އޭނައައް އެދުވަހު ހިގަން ފުރުސަތުލިބުންނަމަ އަނެއްދުވަހު އޭނަހިގާނެ ނިވާކަމެއްނެތި ޔާﷲ މާފުށީރައްޔިތުންގެ ހިތްތަކުގަ އީމާންކަން ވަރުގަދަކުރައްވާންދޭ އެމީހުންގެ ހިތްތައް ނުބައިވިޔަފާރިއަކައްދަހިވެތިނުކުރައްވާންދޭ..

    7
    1
  65. ކާކު

    ޖަރީމާއެއް

    5
    1
  66. ހިތާމަ

    އާދައިގެ މީހެއްނޫނޭ؟ ކޮންކަހަލަ މީހެއް. މަވެސްމީ މިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގަ ނަސީދަށް ލަފާދޭ މީހެއް. އެކަމަކު މަށަކަށްވެސް އެއްވެސް ގައުމަކަށްގޮސް އެތާނގެ ގާނޫނުތަކަށް ގޮންޖަހާފައެއް ނޫޅެވޭނެ. އެހެންވިއްޔާ ތިޔަ ސިސިލާއަކީ، ގާނޫނު މުގުރަން ލަފާދޭ މީހަކަށްވާނީ. މީ 19ގެ ރަށަށް ބާރުވެރިކަން ދޭން ރާވައިގެން ބުއްޅަބޭ ހިންގި ޖަރީމާއެއް. ކަށަވަރެއްނު.

    7
    2
  67. ކަޅު މަންޖެ

    ކޮންމެ ގައުމަކަށް އަޔަސް އެ ގައުމެއްގެ ގާނޫނާއި ގަވާއިދު ތަކަށް އުޅެންޖެހޭނީ . ތިމީހާ ހަމަ ޑީ ޕޯޓް ކުރަންޖެހޭނީ... ތި ވާނީ ވެރިކަމާ ހެދި ބޫތު ކައިގެން އުޅޭ މި ގައުމު ފަނާ ކުރަން އުޅޭ ހިޔަޅުގެ ރޭވުމެއް ކަމަށް.

    10
    1
  68. ސޯލިހުބޭ

    އަހަރެން ތިކަމާ އެއްވެސް ފަރުވާލެއްނެތް. ތިޔަހޯދި ސަމާލުކަމުންވެސް އެނގުނީ ތިޔަމީހާއަކީ ހަމަފައްކާ ނަރަކައިގެ ދަރުގަނޑެއްކަން. ތިޔަ މީހާގެ ސަބަބަކުން ޓްއަރިޒަމަކަށް އެއްވެސް އަސަރެއް ނުކުރާނެ.

    10
    1
  69. އާދަނު

    ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވެއެވެ. އޭނާގެ ރަސްމީ ވަޒީފާ އަކީ ބައެއް ޤާނޫނުތަކުގައި ހިމެނޭ ކަންކަމަށް ޚިޔާލާއި މަޝްވަރާ ދިނުމެވެ.
    އެހެންވީމަ އިގި ރޭސި ވިލާތުގެ ގާނޫނުތަކުގަ އޮންނާނެތާ އެހެން ގައުމުގެ ގާނޫނުތަކަށް ބޯނުލެބުމަށް

    8
    1
  70. ހައް ހައް

    ކޮންމެތާކު ކޮންމެ ފެންވަރެއްގެ މީހަކަސް އެހެން ގައުމަކަށް ގޮސް އުޅެންވާނީ ގާނޫނީ އިމުގެ ތެރޭގަ. ފުލުހުން ކަންތައް ކުރީ ހަމަ ރަނގަޅަށް. އަހަރެމެން އޭނަގެ ގައުމަށް ގޮސް މޫނު ބުރުގާ އަޅައިގެން ނުކުމެބަލަ "މައި ޕާސަނަލް ސްޕޭސް" އޭ ގޮވަމުން، އޭރުން އެނގޭނެ ވާނެގޮތް. ހައްހައް. ޝީ އިޒް އަ ބިޗް

    7
    1
  71. ސަޓޯ

    ހެވޭ.. އޭނާ އާދަޔާހިޔާފައް އުޅެނީ އޭނާގެ ގައުުމުގަ.. މުޅި ދުނިޔެއަކީ އޭނަގެ ތަނެއްނޫން.. ބޭނުން ގައުމަކަށް ގޮސް ބޭނުންހާ ގޮތަކަށް އުޅެން.

    8
    1
  72. ބިކިނީ ސަރުކާރު

    ތީ މިސަރުކާރުން ރާވައިގެން އަންނި ބޭނުންވާ ގޮތަށް ކޯލިޝަން ރޫޅާލަން ފަށާފައިވާ ޕްރޮޕަގެންޑާގެ ދަށުން ކުރާ ކަންތަކުގެ ތެރެއިން 2 ވަނަ ކަންތައް! ތިޔަ ކާފަރު އަންހެނާ އަކީ އަންނިގެ ފުރެންޑެއް!

    7
    3
  73. އިބްރާ

    އާދައިގެ މީހަކަސް ، ކޮންމެ މީހަކަސް ގާނޫނަށް ފުރަގަހެއް ނުދެވޭނެ. މިތާނގެ ގާނޫނުތަށް މުގުރާލައި ތާއީދު އޮތްމީހާއަށް މޮޅުގޮތް ހަދަނީ އެމްޑީޕީން. އެމީހުން ދެކޭގޮތުގައި އަންނިއަކީ އޭނާ ކޮންމެ ގޮތަކަށް އުޅުނަސް އަދަބު ދެވޭނެ މީހެއްނޫނެވެ. ބޭރު ދުނިޔޭގަ ރާއްޖެ ބަދުނާމްކޮށް ވާހަކަ ދެއްކީމާވެސް ރާއްޖޭގެ ދައުލަތުން އޭނާއަށް ދިންއަދަބެއް ނެތެވެ. އެމްޑީޕީއަށް އޭނާގެ ނުބައިކަމެއްވެސް ނުފެނެއެވެ.

    9
    2
  74. ހާލާ

    ގާނޫނު ހަދާ މަޖިލީހުގަ އުޅޭ މީހެއްނަމަ އޭނާ އަށްވެސް އެގެން ޖެހޭނެ ދޯ ރާއްޖޭގަ ހަދާފަ އޮންނަގާނޫނު ތަކަށް މިތަނުގަ އުޅޭއިރު ތަބާވާން ޖެހޭނެކަން. ލާދީނީ މީހުން އޒެނާ އަކީ މަތީ މީހަކަށް ހަދައިގެން އުޅުނެއްކަމަކު އަހަރެމެން ނުދެކެން އޭނާ އަކީ ރާއްޖޭގެ ގާނޫނު ތަކަށްވުރެ މަތިން އުޅެންޖރހޭނެ މީހެއް ކަމަކަށް. ބިޑި އެއް ނޫން އަޅުވަންވީ. ޗޭނުވެސް ޖަހަންވީ އެވައްތަރަށް އުޅޭންޏާ.

    7
    2
  75. ޢެޑްމުންޑޯ

    ތީނާ ލިޔާއެއްޗަކުން ދެން ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ ، ދުވަސްކޮޅަކުން ފެންނާނެ ދެވަނަފަހަރަށްވެސް ތިމަންޖެ އަންަނަތަން. ބަލަންތިބޭ

    7
    2
  76. އަލީ

    އެއީ އެމީހުން އެހެން ގައުމުތައް އެމީހުންނަށް ބޯލަބައި ކިޔަމަންވާ މިންވަރު ބަލާގޮތް. ދިވެހީންނޭ ސަމާލުވޭ.

    6
    2
  77. ހިޔާލް

    މިއީ އިސްލާމީގައުމަކަށްވާގއިރު ކީވެބާ ރިސޯޓްތަކުގަ ރާ ވިއްކަނީ؟ކީވެބާ ރިސޯޓް ކުދިންނަށް ތުބުލި ނުބެހެއްޓެނީ؟މިކަމާ ވާހަކަ ނުދަކަނީ ކީވެތޯ؟

    6
    5
  78. ވަގުތު

    އޭނާއަކީ އޭލިއަން އެއްތަ؟

    8
    2
  79. ނުރަބޯ

    ޓުރެވަލް ބުލޮގަ އެކޭ....؟ ފުލުހުން އެކަންކުރީ ރަނގަޅަށް.

    13
    2
  80. އަންނި

    1އިނގިރޭސި ވިލާތުގަ ބޮއެގެން ބިކިނީ ލައިގެން ތިއްތި ދައްކާނީ!!! އަހަރެމެނަށް ވަރިހަމަ ފަނަރަ ސަތޭކަ ބޮލޮގުގަ ލިއުނަސް...އަހަރެމެން ގައުމަށް އައިސް އުޅެން ޖެހޭނީ މިގައުމުގެ ގާނޫނު ތަކަށް ތަބާވެގެން....އަހަރެމަނަކީ އެފުރިކާއަޅުންނެއްނޫން...އިނގިރޭސީ ފުލުހުސްމީހާގެ އައިނާ ޖަނގިޔަލާ އަތުލާކަށް..!!!

    8
    2
  81. ޭއެ ކުއްޖާ

    އައްތެއްޔޭ!މާތްކަލާކޯ!ރިޒުޤު ދެއްވަނީ އެ ކޮއި ދޮ?

    5
    3
  82. ސަރުދާރު

    މި ސަރުކާރު ބަދުނާމު ކުރަން އުޅޭނީ އެންމެ މީހެއް، ގޮޅީގަ އިން ކުއްޖާ

    4
    8
  83. ނަޔަންތަރާ

    ދިވެހި ފުލުހުންވެސް އެއީ އާދައިގެ ބައެއް ނޫން، ތިޔަ މީހަކު ކޮންމެ އެއްޗެއް ބްލޮގުގަ ޖެހިޔަސް ފަތުރުވެރިން އަންނަލެއް މަދެއް ނުވޭނެ، ތިއޮތޯ ރާކަނިމަސް ކެވިފަ ބިކިނީ ލައިގެން

    9
    1
  84. ދަރަޖަ

    އާދައިގެ މީހެއްނޫންނަމަ އެގައުމެއްގެ ގަވާއިދުތަކަށް އިޚްތިރާމުކޮށްގެން އެގައުމެއްގައިއުލޭނީ އެވަރުނޭގޭކަމަށްވަންޏާ އާދައިގެ މީހަކަށް ވުރެވެސް ދަށުދަރަޖާއިގެ މީހެއްތީ" ގައިގަހުންނަ ކުލައަކާއި ޝޭޕަކުން ޖަރަޖަ މަށްޗެއްނުވާނެ!

    6
    2
  85. މިހާދު

    މިހާރު މިފެންނަނީ ބޮޑުމަންޒަރު، އޭނާ ބަންދުކުރިބަޔަކު ބަންދުކުރަންޖެހޭނެ އަދި މާފައްވެސް އެދެންޖެހޭނެ. މިނިސްޓަރު އިސްތިއުފާ ދެއްވަންވެސް ޖެހޭނެ.

    3
    5
  86. މުރުޝިދު

    ފަތުރުވެރިޔާ އަކީ ހަމަ ރަނގަޅަށްވެސް އިގިރޭސި ރައްޔިތެއްތޯ؟ ނޫނީ އެހެންގައުމެއްގެ މީހެއްތޯ! އަދި ރަނގަޅަށް ޗެކްކޮށްލުން މުހިންމު....

    4
    1
  87. ސަޓޯ

    އައްޗީ އަންނި މާ ލައިކު ވެގެން އުޅޭ އިނގިރޭސިވިލާތު މީހުންގެ ގޮތްކުޑަން ފެނުނީނު.. ރާބޮއެގެން ބޭނުންގޮތަކަށް ތެޅެނީ.. އަންނި ބޭނުންވަނީ ދިވެހިންވެސް އެގޮތައް އުޅެން އައްޗީޗީ

    7
    2
  88. ދިވެހިރާއްޖެ

    ލަންޑަނުގައި ބޭރު ގައުމެއްގެ މީހަކު ނުގަވައިދުން ސިގިރޭޓް ބޯންުހުއްޓައި ކުއްލިއަކަށް ބިޑިއަޅުވައިގެން ގެންދިޔަތަން ދުށިން. އޮސްޓްރޭލިޔާގައި މަގު ހުރަސްކުރިއިރު ދުއްވާ އުޅަނދެއް ނެތްނަމަވެސް ޤަވައިދާ ޚިލާފަށް ހުރަސްކުރީތީ ވަގުތުން ޖޫރިމަނާގެ ގޮތުގައި 25 ޑޮލަރު ދައްކަން އެނގިތަން ދުށިން. ސިންގަޕޯރގައި ބިދޭސީއަކު މާ ބާރަށް ސައިކަލު ދުއްވީމާ ވަގުތުން އެ ސައިކަލު ޗިސްކޮށްލި ޚަބަރެއް އެތަނުގެ ނޫހަކުން ދުށިން. އަދި ސިންގަޕޯރުގައި ޗުއިންގަމު ކޭ މީޙަކު ހައްޔަރުކުރިތަންދުށިން. ވީއިރު މިތަނުގެ ޤާނޫނާ ޚިލާފުވީމާ އަމުރުކުރާނެ. އަމުރަށް ނުކިޔަމަންތެރިވީމާ ހައްޔަރުވެސްކުރާނެ. ކޮން ސިސިނީއެއް. އަބޫޖަހުލެއް.

    7
    2
  89. ސަހަރޯ

    ކިހާބޮޑު ދުއްތުރާލެއް. އޭނާ އޮންނަންވީނު އޭނާގެ ގިފިލީގައި. އެހެން ނޫނަސް މީހަކު ޖަހާ ޚަބަރަކުން އިރާދަ ބަދަލެއް ނކުރެވޭނެ.

    7
    2
  90. ނަރަކަ ކައުންސެލަރު

    މިލިޔަނަރަކުވިއްޔާ، ބްލޮގް ހިންގާ މީހަކުވިއްޔާ ނަރަކައަކަށް ނުލާނެތަ.

    8
    3
  91. ދިދަ ދަނޑި

    އާދައިގެ މީހެއް ނޫނަސް ކޮންމެ ކޮންމެ ތާކު ހިތުހުރިހައި ގޮތަކަށް ނޫޅެވޭނެ . . އަހަރެމެން ނުތިބޭނަން އޮރިޔާމުން މިސްކިތައް އަރަންދެން އަތް ޖަހާކަށް.. ހިތްޕަވައިގެން އޮރިޔާމުން ނަށާނީ އިނގިރޭސިވިލާތުގަ، ދިވެހިރާއްޖެއަކު ނޫން . .

    8
    2
  92. ،ދިވެހިން

    ފުޓްބޯޅަ މެޗް ކުޅެނި ކޮއް ބިކިނީގަ ދަނޑައް އެރި އަންހެން މީހާ ވެސް ހައްޔަރު ކުރީ ފިރިހެން ފުލުހުން. އެކަ މު ކޮބާ މީޑިޔާ

    8
    2
  93. ﷲގެ އަޅު

    ޢެމަންޖެ އަށް ﷲގެ ދަރުމަ ވަންތަ ވެރިކަމުން ރީތި ބުރު ސޫރަ އެއް ދެއްވުމުން ކިބުރު ވެރިވެ ބޮޑާކަމާއެކު އެކަލާންގެ ދީނަށް ގޮންޖަހާކަށް ނުޖިހެ އެފުރުސަތު ދިވެހިން ދޭކަށްވެސް ނުޖިހޭނެ

    3
    1
  94. ޔޫޓިއުބް

    އަންހެން ފަތުރުވެރިޔެއްވީމަ އުޅޭނީވެސް ވާނީވެސް އެހެން ޕޮލިހުންވެސް ހިސާބަށްވުރެ ރަނގަޅީ. ވަރަށް ރަނގަޅަށް ތިވީ އެކަމު އޭނަގެ ގައިގަ އަތް ނުލާ ހައްޔަރުކުރެވޭނެ އެހެން ގޮތްގޮތް ވެސް އޮއްނާނެ

    4
    3
  95. ސަންދާނު މޮޔަމީހާ

    ގެންގޮސް ޖަލައްގަޅާލަންވީ އަޅުގަނދުމެންނަކީ މުސްލލިމު ގައުމެއް އަންނަ ފަތުރުވެރިންވެސް ރާއްޖޭގެ ގާނޫނު ތަކައް އެމީހުން ތަބާވާންޖެހޭނެ ރަންބިސް އަޅާކުކުޅޭ ކިޔާފަ ރާއްޖޭގަ ބޭނުން ގޮތަކައް އުޅެން ފުރުސަތު ދީގެން ނުވާނެ

    7
    2
  96. ސ

    ކޮންމެ މީހަކަސް ގަވާއިދާ ގާނޫނު ތަކަށް ތަބާވާން ޖެހޭ

    7
    1
  97. އަހުމަދު

    މާލޭގެ މިސްކިތަކަށް އަރައި ނަމާދަށްތިބި މީހުންނަށް ހަމަލަދިން މީހާއާއި ތި މާފުށީގެ ހާދިސާގައި އުލޭ މީހާއަކީ އެކެއްތޯ ނުވަތަ ދެމީހެއްތޯ ބަލާލި މީހަކު އެބަހުރިތަ

    3
    1
  98. އަހުމަދު

    ތިއީ މާތް މީހަކަށް ވާނެ ހަމަ އެއްގޮތެއްވެސް ނެތް. ތިޔައީ ކާޅެއް. ހަމަ އެއް ލަމައެއް ނެތި ގައުމުތަކުގެ ޤާނޫނަށް ބެލުމެއް ނެތި ހިތު ހުރިގޮތަކަށް ނޫޅޭވޭނެ . އެއީ އިނގިރޭސި އަކަށް ވީމަ މީހަކަށް މާ ބޮޑުވިއަސް އަހަރެމެންނަށް ތީ ކާޅެއް. މަ މީ އެވަރުގެ މަޤާމެއްގަ ހުރި މީހެއް ނަމަ މިހާރު ރާއްޖެއިން ބޭރުކުރާނަނަން.

    6
    1
  99. ފުއްޕި

    ހާދަ ފޮނިވެގެން އައުރަނިވާނުކޮށް ތެޅޭ އަންހެނެކޭ ތީ. ވްލޮގޭ ފްލޮގޭ ކިޔާނެކަމެއްނެތް. ކުރާކަމެއް ކުރެވިދާނެއެއްނު ހެނދުން ލައިގެން ހުރެވެސް.

    4
    1
  100. ޣޯސް

    އަހަރެމެންގެގައުމުގައިހިނގާނީއަހަރެމެންގެގާނޫނު

    4
    2
  101. ފަންސުރު

    އާނ! އާދައިގެ މީހެއްނޫން. ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލެވޭފަދަ ތަނަވަސްކަމެއްނެތް ފަގީރެއް، ޤާނޫނަކަށް ބޯނުލަނބާ މުޖުރިމެއް، ނަސޭހަތްތެރިވުމުންވެސް ގަބޫލުނުކުރާ ޖާހިލެއް، ތިމާވަރުގެ މީހެއް ނެތްކަމަށް ދެކިގެންއުޅޭ މޮޔައެއް. އެހެންމީހުންގެ ޙައްޤުތަކަށް އިހުތިރާމުނުކުރާ ކިބުރުވެރި ބޮޑާމީހެއް.

  102. ބަލާމީހާ

    އާދައިގެ މީހެއް ނޫނޭ ބުނާއިރު ދިވެހީންގެ އާދަކާދައާއި ސަގާގަތާއި ގާނޫނައް ވުރެން މަތީގައި އުޅެވިދާނެބާ؟

  103. ޑަބިޔާ

    މަސްތުގެ ހާލުގަ އޮރިޔާމުން ސްކޫލް ކުދިން ނިމުނު ގަޑީ ސްކޫލް ކައިރި އުޅުނީމަ ދިވެހިންނަކަށް އޯކޭ އެއް ނުވާނެ، އަމިއްލަ ޤައުމުގަ ގާނޫން ހަދަން އޮތީމަ ނިމުނީއެއްނު..... މީހުން ދިރިއުޅޭ ރަށްރަށުގަ ގެސްޓްހައުސް ވިޔަފާރިކުރުން ހުއްޓާލާ ހަމަމިހާރުން މިހާރަށް!!!!!

  104. ވިޢާމް

    ތިއީ އިންޑިޔާއިން ރާއްޖޭގެ ޓުއަރިޜަމް ދަށަށް ޖައްސަން ފޮނުވި ސަފީރެއް ކަންނޭނގެ.

  105. ޅައްލަ

    ސެސިއުލަ އުލެއް ކިޔާނެެކަމެއްނެއި އޭނާ ވެސް ޖެހާނީ މިތަނުގަެއި އޭނާ އޭނާ އުޅެން ޖެހޭ ގަވައިދުއަށް އިހްތިރަާމު ކުރަށް .އޭނާ ލިޔާނެ އެއްޗެއް ލިޔެފަާނެ ނޫންތަ މީމުސްލިމުން ﷲ ގެ ލޯބައި މަދަދު އަހަރުމެއް ހޯދަން ވީ

  106. ކުމާ

    ޢެހެންވެދޮ ތިސޮރު މާފަން އެދުނީ..ފިލާއޮތް ތަން

  107. Anonymous

    އާ ތީ އާދައިގެ މީހެއް ނޫން ނުލަފާ ކަމުން ހައްދު ފަހަނަ އަޅާފައިވާ މީހެއް

  108. އަޖައިބެއް

    ސަތޭކަ އިންސައްތަ މުސްލިމު ގައުމެއްކަން އިނގި ހުރެ މި ކުރެވެނީ ގާނޫނާ ހިލާފުކަމެއްކަން އިނގިހުރެ މިވަރު ގަޅި ކަމެއް ކުރުމަކީ ހުރިހާ ފެމިނިސޓުންނަށް ހުތުރުނަމެއް ރައްދުވާނެ ކަމެއް.