އިންޑީއާގެ ކަޝްމީރުގައި މުސްލިމުންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ބޮލީވުޑްއަށް ނިސްބަތްވާ މަޝްހޫރު މުސްލިމު ތަރިން ކަމަށްވާ، ސަލްމާން ހާން، ޝާހްރުކް ހާން،އަދި ސައިފް އަލީ ހާން ފަދަ މަޤްބޫލް ބަތަލުންގެ ބަހެއް ނުބުނާތީ، އިންޑިއާގެ މުސްލިމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެ ތަރިންގެ މަޤްބޫލްކަމުގެ ބޭނުން ހިފާ، މުސްލިމުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑު އުފުލުމުގެ ބަދަލުގައި ސަރުކާރުގެ އެކި އިވެންޓްތަކުގައި ބައިވެރިވެ، ސަރުކާރަށް ހިއްވަރުދޭތީ އެ ތަރިންނަށް ވަނީ މުސްލިމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.

އެހެންމަވެސް ކަޝްމީރުގެ މުސްލިމުންނަށް ކުރާ އަނިޔާ އާއި މެދު އަޑުއުފުލާ، ބޮލީވުޑްގެ ކުރީގެ ބަތަލާ ޒާއިރާ ހާން ފާޅުގައި ކުރަމުންދާ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

ދަންގާލް އާއި ދަ ސްކައި އިޒް ޕިންކް ފަދަ ކާމިޔާބު ފިލްމްތަކުން ވިދާލި ޒާއިރާ ފިލްމް ކުޅުމާއި ދުރަށް ދިރައީ އޭނާގެ އަގީދާ ބަލިކަށިވާކަމަށް ބުނެއެވެ.

ބޮލީވުޑާއި ދުރަށް ދިޔަ ނަމަވެސް، ޒާޢިރާ ދަނީ އިންޑިއާގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ފާޅުގައި ފާޑުކިޔަމުންނެވެ. އަދި އިންޑިއާގައި މުސްލިމުންނާއި މެދު ޒަމާނުއްސުރެ ހިންގާ ތަފާތު ކުރުމާއި، ލާއިންސާނީ އަމަލުތަކަށް އޭނާ ދަނީ ފާޑުކިޔަމުންނެވެ.

"އަހަންނަކަށް ނުވިސްނޭ ކަޝްމީރުގައި ހިނގާ ކަންކަމުގެ ވާހަކަ އަހަރުމެންނަށް ނުދެއްކެންވީ ސަބަބެއް. އަހަރުމެންގެ އަޑު ކަނޑުވާލަނީ ކީއްވެތަ؟" ޒާއިރާގެ އިންސްޓަގްރާމްގައި ލިޔެފައިވެއެވެ.

https://www.instagram.com/p/B8HbAKKlUvT/

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުޝާ

    އަހަރެންނެއް ޤަބޫލެއްނުކުރަން ތިބުނާ ޙާނުންނަކީ މުސްލި މުންކަ މަށް.އޭނަ މެން އެއުޅޭ ސިފަޔަށް މުސްލި މުންނެއް ނޫޅޭނެ.އެހެންޏާ އެކެއް މުސްކުޅިވީއިރުވެސް ކައިވެންޏެއް ނުކުރޭ.ދެން ހުރި މީހާ ނަ މަކަށް މުސްލި މެއް އޭނަ އަޅުކަން ނުކުރާ އެއްޗެއްނެތް މިދުނިޔޭގަ.ދެން ހުރި މީހާ އޭނަގެ އަންހެންދަރި އޮރިޔާ މުން ފިލް މްކުޅޭން ފޮނުވައިގެން އުޅެނީ.

    62
    2
  2. މަ

    ނަސީމް ވަސީމެއް ނޫން

    9
    13
  3. ލޮލް

    މިހާރު ދިވެހިރާޖޭގަ ވެރިކަމުގަތިބީވެސް ހަމަ މުސްލިމުން ނަން ފޮހެލަން އުޅޭބައިގަނޑެއް

    12