އިނގިރޭސިވިލާތުގައި އުމުރުން 42 އަހަރުގެ ފިރިހެނަކު މީސް މީޑިއާ މެދުވެރިކޮށް އަންހެނަކާއި ފޮށޭކަން އޭނާގެ މައިންބަފައިންނަށް އެނގުމުން އެ ފިރިހެން މީހާ ފޭސްބުކް ބޭނުންކުރުން މަނާކޮށްފިއެވެ.

ބެން ނަމަކަށް ކިޔާ މި ފިރިހެން މީހާ ވަނީ ފޭސްބުކް މެދުވެރިކޮށް އޭނާ ނުވެސް ދަންނަ އުމުރުން 22 އަހަރުގެ ޒުވާން އަންހެން ކުއްޖަކާއި ފޮށިފައެވެ. އެތައް ފަހަރެއްގެ މަތިން އަންހެން ކުއްޖާ އަށް ފްރެންޑ ރިކުއެސްޓް ފޮނުވުމުން އަންހެން ކުއްޖާ ވަނީ އެކްސެޕްޓު ކޮށްފައެވެ.

މިއާއިއެކު ބެން ނުވެސް ދަންނަ އެ ކުއްޖާ އަށް ތައުރީފްކޮށް، އެކިއެކި މެސެޖުތައް ފޮނުވައި ދުވަސްކޮޅެއް ފަހުން ވަނީ ދިމާކުރަންވެސް އެދިފައެވެ. މިކަމަށް އަންހެން ކުއްޖާ އިންކާރުކޮށް ބެން އާއި އެއްކޮށް އުޅުމުގެ ޝައުގެއް ނެތް ކަމަށް ބުނުމުން ބެން ވަނީ ވަރަށް ރުޅިއައިސްފައެވެ. އަދި އެ ކުއްޖާ އާއި ދިމާލަށް ”ފަލަ ގެރި“ އަށް ގޮވައި އެއްވެސް މީހަކާއި އެކު ނޫޅެވޭނެ ކަމަށް ބުންޏެވެ.

މި ވާހަކަތަކުގެ ސްކްރީންޝޮޓު އަންހެން ކުއްޖާ ފޭސްބުކުގައި ހިއްސާ ކުރުމުން ބެން ވަނީ އޭނާ ކުރި ކަންތަކަށް މާފަށް އެދިފައެވެ. ނަމަވެސް އޭރު މިކަން ބެންގެ މައިންބަފައިންނަަށްވެސް އެނގުމުން އެމީހުން ވަނީ ވަގުތުން ބެން އަށް އިތުރަށް ފޭސްބުކް ބޭނުން ނުކުރެވޭނެކަމަށް ބުނެ އަދަބު ދީފައެވެ. ބެން އަކީ އުމުރުން 42 އަހަރުގެ މީހަކަށް ވެފައި އޭނާގެ މައިންބަފައިން އަދަބު ދިނުމުން ގިނަ ބައެެއްގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ.