ޔޫކޭގެ ލީޑިން ވެބްސައިޓަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ބޭވަފާތެރިވާ ފިރިހެނުން ގެއިން ބޭރަށް ގިނަ ފަހަރު ދަނީ އެއްގޮތް ބަހަނާތަކެއް ދެއްކުމަށް ފަހުގައެވެ.

2000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ދިރާސާއިން އެނގިފައިވާ ގޮތުގައި، އެންމެ ގިނަ ފިރިހެނުން ދައްކާ ބަހަނާ އަކީ މިދަނީ ރައްޓެއްސަކާއި އެއްކޮށް މެޗެއް ބަލަން ކަމަށް ބުނުމެވެ.

ގިނަ އަންހެނުންނަކީ މެޗްތައް ބަލަން ފޯރި ހުންނަ ބަޔަކަށް ނުވުމާއި، މެޗް ބަލަން ގިނަ ވަގުތު ހޭދަ ވާތީ، މެޗް ބަލަން ދާ ކަމަށް ފިރިހެނުން ބުނުމުން ސުވާލު ކުރާ ގޮތް މަދު ވެއެވެ.

މި ސަބަބާއި ހުރެ ބައިވެރިޔާ އަށް ސިއްރުން އެހެން އަންހެނުންނާއި ގުޅުން ބާއްވާ ފިރިހެނުން އެންމެ ގިނައިން ގެއިން ބޭރަށް ދަނީ، "މެޗެއް" ބަލަން ދާކަމަށް ބުނެއެވެ.

އެ ދިރާސާއިން އެނގިފައިވާ ގޮތުގައި، ގިނަ ފަހަރު މިގޮތަށް މެޗް ބަލަން ކަމަށް ބުނެ އެހެން އަންހެނަކާއި އެކު ތަނަކަށް ދާނަމަ، އާއްމުކޮށް މެޗް ބަލަން ދާ މީހުންނަށް އެކަން އޮންނަނީ އަންގާފައެވެ.

މިގޮތަށް ދާއިރު ފޯނު ނުނެގުމަށް ފަހު އެހެންމީހުންނަށް މެޗް ބަލަން އުނދަނގޫވެދާނެތީ ފޯނު ނުނެގީ ކަމަށް ބުނުމުން މާ ބޮޑު ޝަކުވާއެއް ކުރާނެ ފުރުސަތެއް ނޯވެއެވެ.

އެއީ މެޗް ބަލަން ތިބޭ އިރު ކަމާއި ނުގުޅޭ ބޭކާރު އަނގަތެޅުމަކީ ގިނަ ފިރިހެނުން ކުރާހިތްވާ ކަމަކަށް ނުވާތީއެވެ.

މެޗް ބަލަން ދާ ކަމަށް ބުނުމުގެ އިތުރުން އެންމެ އާއްމުކޮށް ފިރިހެނުން ދައްކާ ބަހަނާއަކީ އޮފީސްކަމަކު ބޭރަށް ދިއުމާއި، ކޮފީ އަކަށް ބޭރަސް ދިއުމެވެ. އަދި ވަރަށް އަވަހަށް ތަނަކަށް ޖައްސާލާފައި އަންނަ ކަމަށް ބުނެ ބައެއް ފިރިހެނުން ދޮގުހަދައިގެން ބޭރަށް ދެއެވެ.

ގިނަ ފަހަރު މި ފަދަ ބަހަނާތައް ބޭނުން ކުރަނީ އަނބިމީހާ ނޫނީ ބައިވެރިޔާއަށް މާގިނަ ސުވާލު ކުރަން ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

މިގޮތަށް ބޭވަފާތެރިވާ މީހުންގެ ތެރޭގައ ހުންނަ އާއްމު އިތުރު ސިފަތަކެއް ހުރެއެވެ. އެއިން އެއްކަމަކީ ބޭވަފާތެރިވާ މީހުން، ސިއްރުން އެހެން މީހަކާއި އެކު ތަނަކަށް ގޮސްފި ނަމަ އަނބި މީހާ ނުވަތަ ބައިވެރިޔާ އަށް އެ ދުވަހަކު ދޭ ސަމާލުކަން ވަރަށް ކުޑަ ވުމެވެ.

އެހެންނޫނީ މާ ބޮޑަށް ސަމާލު ކަން ދީ އާދަޔާ ޚިލާފަށް ލޯބިވާ ކަމަށް ދައްކައެވެ.

އެއީ މި ދެ ހާލަތުގައިވެސް އެ މީހުންނާއި ސުވާލު ކުރުމުގެ ފުރުސަތު ކުޑަ ވާނެތީއެވެ.

އަދި ބޭރަށް ގޮސް ކުރީތޯ އެހުމުން މާބޮޑަށް ރުޅިއައިސް، އަބަދު ޒުވާބު ނުކުރާށޭ ބުނުމަކީ، ތިމާ ސިއްރުން ކުރި ކަންތައް ފަޅާ އަރާފާނެހެން ހީވީމަ، ބައެއް ފިރިހެނުން ބޭނުން ކުރާ އުކުޅެކެވެ.

މީގެ މާނައަކީ މެޗް ބަލަން ފޯރި ހުންނަ ކޮންމެ މީހަކީ ބޭވަފާތެރިއެކޭ ނޫނެވެ. އެކަން ހަނދާން ބަހައްޓައްޗެވެ.

މެޗް ބަލަން އެއްތަނަކަށް އެއްވެ ފޯރި ނެގުމަކީ ކިތަންމެ ވަފާތެރިޔަސް، ކުޅި ވަރަށް ލޯބި ކުރާ ފިރިހެނުން ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އާދަނު

  އަންހެނުންނާ އެކީ މި ހަބަރު ކިޔާލީމަ ދެން މެޗެއްބަލާލަން ނުދެވޭގޮތް މިވީ ވަރަށް ދެރަ!!!

  17
 2. ހުސޭނުބޭ

  ބޭވަފާތެރި އަންހެނުން ބުނަނީ މިދަނީ މެޗް ކުޅެންކަމަށް! އެމީހުން އުޅެނީ ތިކަމުގައި ހަތަރު ފިޔަވަޅު ކުރީގައި!

  7
  8
 3. Anonymous

  މީ ހަމަ ވާ ކަންކަން

 4. އަންހެނާ

  ގިނަ ފިރިހެނުން ނަކީ މަކަރު ހަދައިގެން ބައިވެރިޔާ އަށް އޮޅުވާލާ މީހުން... ވަރަށް ދެރަ ވެއްޖެ ކަމެއް

 5. އ. ޖ. އ

  އަންހެނުން ބުނަނީ ރައްޓެއްސެއްގެ ގެއަށް ކަމަށް

  2
  2