އިންޑިއާގައި ސައިކަލެއްގައި މީހަކު ދިގު ދަތުރެއް ކޮށް ނިމުނު ފަހުން ހެލްމެޓް ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.

ރަންޖިތް ނަމަކަށް ކިޔާ އެ ފިރިހެން މިހާ ބުނެފައިވަނީ އޭނާ ކޮށްފައިވަނީ ގާތްގަނޑަކަށް 7 މޭލުގެ ދިގު ދަތުރެއް ކަމަށެވެ. އެހެން ނަމަވެސް އަޅައިގެން ހުރި ހެލްމެޓް ތެރޭގައި ވިހަ ގަދަ ހަރުފައެއް އޮތް ކަމަކަށް އެނގިފައެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

ރަންޖިތް އަކީ ކަންޑަނަޑް އަވަށުގެ މަރީސް ހައި ސްކޫލްގައި ކިޔަވައި ދެމުން އަންނަ ޓީޗަރެކެވެ.

"އަހަރެން ދިޔައީ ގެއިން ސްކޫލަށް. ގާތްގަނޑަކަށް 7 މޭލުގެ ދަތުރެއް. ދުއްވާފައި ދިޔައިރު ހެލްމެޓް ތެރޭގައިހަރުފައެއް އޮތް ކަމެއް ނޭނގޭ. ސްކޫލަށް ގޮސް ސައިކަލު ޕާކު ކޮށްފައި ހެލްމެޓް ނެގި އިރު ފެނުނީ ވިހަގަދަ ހަރުފައެއް. އޭތި އޮތީ ހެލްމެޓް ތެރޭގައި ވަރަށް ރީއްޗަށް" ރަންޖިތް ކިޔައިދިނެވެ.

އޭނާ ވަގުތުން ހެލްމެޓް އެއްލާލުމަށްފަހު އަވަސް ވެގަތީ އެ ހަރުފަ އެއްވެސް ކަހަލަ ގޯނާއެއް އޭނާ އަށް ކޮށްފައިވޭތޯ ބެލުމަށް ހޮސްޕިޓަލަށް ދިއުމަށެވެ. އަދި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކައި ބެލިއިރު އެއްވެސް ކަހަލަ ގޯނާއެއް ހަރުފަގެ ސަބަބުން ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ވަނީ އައި ރުޅީގައި ހެލްމެޓް ހަލާކު ކޮށް، ހަރުފަވެސް މަރާލާފައެވެ.

މިއީ އިންޑިއާގައި އަލަށް ދިމާވެފައިވާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ހަރުފައެއް ސައިކަލަކުން ދިޔަ މީހަކު ފަހައި ދުވެފައިވާތީ އެކަންވެސް ވަނީ ގިނަ ބައެއްގެ ސަމާލު ކަމަށާއި މީޑީއާގެ ސަމާލު ކަމަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮސް

    އޭނާގެ މޮޔަކަން އެނގުނީ. ހެލްމެޓް ކޮންމެހެން ހަލާކު ކޮށްލަން ޖެހޭތަ.

  2. އަލީ

    ޓީޗަރުކަން ކުރާ ވަރަށް ވުރެ ރުޅިގަދަ މީހެއްނު ތިއީ؟